Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްއެން ކެރަމް އެކަޑެމީ

އެސްއެން އެކަޑެމީގެ ފުރަތަމަ މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި

މުބާރާތުގައި ތިން އުމުރުފުރާއެއްގައި 130 ކުދިން ވާދަކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޑިސެމްބަރު 2023 | ހޮނިހިރު 03:57
މުބާރާތުގެ އެކި އުމުރުފުރާތަކުން އެއް ވަނަ ހޯދި ކުޅުންތެރިން

މުބާރާތުގެ އެކި އުމުރުފުރާތަކުން އެއް ވަނަ ހޯދި ކުޅުންތެރިން

އެސްއެން ކެރަމް އެކަޑެމީގެ ފުރަތަމަ މުބާރާތްކަމަށްވާ "ޑްރީމާސް ކެރަމް ޗެމްޕިއަންޝިޕް" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސްކޫލް ބަންދާ ދިމާކޮށް އެސްއެން ކެރަމް އެކަޑެމީ އިން ކުރިއަށް ގެންދިޔަ ކެރަމް މުބާރާތަކީ، ރާއްޖޭގެ ކެރަމް އެކަޑެމީއަކުން އިންތިޒާމްކުރި ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ތިން އުމުރުފުރާއެއްގައި 130 ކުދިން ވާދަކުރި އެވެ. ހަތަރު އުމުރުފުރާގެ ތެރެއިން ތިން އުމުފުރާއެއް ކުރިއަށް ގެންދިޔައީ ވަނަތައް ހޮވާގޮތަށެވެ. އެންމެ ޖޫނިއާ އުމުރުފުރާކަމަށްވާ 10 އަހަރުން ދަށުގެ ބައި ކުރިއަށްގެންދިޔައީ ވާދަވެރި އުސޫލަކުން ނޫނެވެ.

ޑްރީމާސް ކެރަމް ޗެމްޕިއަންޝިޕްގެ ހުރިހާ ޗެމްޕިއަނުންނަށް ޓްރޮފީ ހަވާލްކޮށްދެއްވީ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު، ކުޅިވަރާ ބެހޭ ވުޒާރާގެ މިނިސްޓަރުގެ ނައިބު، އާމިނަތު ޝަޖަން އެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އަލީ އަހުކަމް އަދާމް އެވެ. ދެވަނަ ހޯދީ މުހައްމަދު ނީލް އާސިފް އެވެ. ތިންވަނަ ހޯދީ މުހައްމަދު ޝީފާން ސަޑިކީން އެވެ. މިބައިގެ އަންހެން އެއްވަނަ ހޯދީ ސާފިޔާ ސުނާން ޝާކިރު އެވެ. ދެވަނަ ހޯދީ ސޯފިއާ ނައުރާ ޝިފާއު އެވެ. ތިންވަނަ ހޯދީ ހާޖަރު ބިންތް މުހައްމަދު ތައުފީގް އަލީ އެވެ.

15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ  އަލްސަން އުބާދަތު މުހައްމަދު އެވެ. ދެވަނަ ހޯދީ އަހުމަދު އަލްސަން އާމިރު އެވެ. ތިންވަނަ ހޯދީ އަހުމަދު މައިޝާން އެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ އައިޝަތު މަންޝާ ޝަމީމް އެވެ. ދެވަނަ ހޯދީ އައިޝަތު އަލީޝާ ނާފިއު އެވެ. ތިންވަނަ ހޯދީ އާޔާ ރަމީޒު އެވެ.

17 އަހަރުން ދަށަށް ބަލާއިރު ފިރިހެން އެއްވަނަ ހޯދީ ޝާބިލް އަބްދުއްވައްހާބު އެވެ. ދެވަނަ ހޯދީ މުހައްމަދު އަޔާން އަހުމަދު ސައީދު އެވެ. ތިންވަނަ ހޯދީ އީނާލް ހުސައިން އަބްދުއްރަޝީދު އެވެ. 17 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އައިކާ ލަތީފް އެވެ. ދެވަނަ ހޯދީ އައިޝަތު އަނާމް އަހުމަދު އެވެ. ތިންވަނަ ހޯދީ ފާތިމަތު އަލީ ރަޝީދު އެވެ.

އެސްއެން ކެރަމް އެކަޑެމީ އަކީ ރާއްޖޭގެ އެއްވަނަ ފިރިހެން ކެރަމް ކުޅުންތެރިޔާ އިސްމާއިލް އަޒްމީން އާއި ކެރަމް ގައުމީ ސްކޮޑުގެ އަންހެން ކުޅުންތެރިޔާ އާމިނަތު ޝުބާ އާދަމް އިސްވެ ހިންގަމުން އަންނަ އެކަޑެމީ އެކެވެ. ރާއްޖޭގައި ކެރަމް އައު ޖީލެއް އުފައްދައި، ޕްރޮފެޝަނަލް ކެރަމް ކުޅެން ކުދިންނަށް ދަސްކޮށްދިނުމަކީ މި އެކަޑެމީގެ އެންމެ ބޮޑު އަމާޒެވެ. މިދިޔަ ނޮވެމްބަރު މަހު ތަމްރީންތައް ރަސްމީކޮށް ފެށި އެކަޑެމީގެ އެންމެ ބޮޑު އެއް އަމާޒަކީ، އިންޓަރ ސްކޫލް މުބާރާތުގެ އިތުރުން ޖޫނިއާ ކުޅުންތެރިންނަށް ފުރުސަތުތައް ލިބޭނެ ގިނަ މުބާރާތްތަކެއް ބޭއްވުމެވެ. 

އެސްއެން ކެރަމް އެކަޑެމީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު