Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބު ރައީސް ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތު

ފަސްޓު ކުލާހުގައި ދަތުރު ނުކުރައްވާނެ ކަމަށް ވިދާޅުވިނަމަވެސް، ފަސްޓު ކުލާހުގައި ދަތުރުކުރައްވައި 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަަދުކޮށްފި

މި ދަތުރުފުޅުގައި ޕޮކެޓް މަނީގެ ގޮތުގައު ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2023 | ހުކުރު 01:16
ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފު ފަސްޓު ކުލާހުގައި ދަތުރުނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ނައިބު ރައީސް ފަސްޓު ކުލާހުގައި ކުރެއްވި ދެ ދަތުރުފުޅެއްގެ ޖުމްލަ ޚަރަދު ތިން މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުސެއިންގެ ރަސްމީ ދަތުރުފުޅުތައް ވީހާވެސް ޚަރަދު ކުޑަވާނެގޮތަކަށް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު، ތުރުކީގެ ދަތުރުފުޅަށްފަހު ނޫސްވެރިންނާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

Advertisement - newsAdvertisement

އެގޮތުން އެދުވަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ނައިބުވެސް ފަސްޓު ކުލާހުގައި ދަތުރުކުރައްވަން ބޭނުންފުޅުނުވާކަމަށާއި، އެކަމަކީ އެ ދެބޭފުޅުން ވެސް ނިންމެވި ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.،" ރައީސް މުއިއްޒު އެދުވަހު ވިދާޅުވިއެވެ.

އެހެން ނަމަވެސް ނައިބު ރައީސް ހުސެއިން ޗައިނާ އަދި ސްވިޒަލެންޑްގެ ޖެނީވާ އަށް މި ޑިސެމްބަރު މަހުގެ ހަތަރަކުން 14 ގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގައި، ނައިބު ރައީސް ދަތުރުކުރެއްވީ ފަސްޓުކުލާހުގައެވެ. އެގޮތުން އެ ދަތުރުތަކުގެ ޓިކެޓަށް ނައިބު ރައީސަށް އެކަނި ވެސް 353،750.22 ރުފިޔާ ޚަރަދުކުރި އިރު، އެ ދަތުރުފުޅުގައި ނައިބު ރައީސް އާއެއްކޮށް އިތުރަށް ބައިވެރިވެވަޑައިގެންނެވި 16 ބޭފުޅުންގެ ޓިކެޓަށް، ގާތްގަޑަކަށް ދެ މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އޭގެ ތެރޭގައި ބިޒްނަސް ކުލާސް އަދި އިކޮނޮމީ ކުލާހުގައި ދަތުރުކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މުޅި ދެ ދަތުރުގެ ޖުމްލަ ޓިކެޓުގެ އަގަށް އެކަނި ވެސް 2،413،029.54 ރުފިޔާ ނުވަތަ 2.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ޗައިނާ ދަތުރުގައި ޖުމްލަ 12 ބޭފުޅަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ޕޮކެޓް މަނީގެ ގޮތުގައި އަދި އެހެނިހެން ޚަރަދުތަކުގެ ގޮތުގައި އެ ދަތުރަށް އެކަނި ވެސް ފަސްދޮޅަށް ހަހާށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ނައިބު ރައީސްގެ ޗައިނާގެ ދަތުރުފުޅުގައި ޗައިނާގެ ވަފުދުގެ ބޭފުޅުންނަށް އެކަމޮޑޭޝަން، ފަރިއްކޮޅުގެ ޚަރަދު އަދި އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖެއްސީ ޗައިނާ ސަރުކާރުންނެވެ.

މީގެ އިތުރުން، ނައިބު ރައީސް ސްވިޒަލެންޑްގެ ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގައި:

އެ ދަތުރުގެ މުޅި ޖުމްލައަށް 595،779.14 ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.

އެއާއެކު މުޅި ދެ ދަތުރުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 3،189،544.58 ރުފިޔާ ނުވަތަ 3.18 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު