Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުންފުންޏާބެހޭ ބިލު

އެންމެ މީހަކަށްވެސް ކުންފުނި އުފެއްދޭ ގޮތަށް ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އިގުތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިގުތިސާދީ އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސުލްމާލު އިންވެސްޓްކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2023 | ބުދަ 13:38
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏާ ބެހޭ ބިލު  ތަސްދީޤުކުރައްވާ ސޮއިކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏާ ބެހޭ ބިލު ތަސްދީޤުކުރައްވާ ސޮއިކުރައްވަނީ

އެންމެ މީހަކަށްވެސް ކުންފުނި އުފެއްދޭ ގޮތަށް ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުތަސްދީގުކުރައްވައިފިއެވެ.

ކުންފުނިތަކާ ބެހޭ އައު ބިލަކީ މިދިޔަ ސަރުކާރުން ހުށަހެޅި ބިލެކެވެ. މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 5 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

Advertisement - newsAdvertisement

ކުންފުނިތަކާބެހޭ އައު ބިލަކީ، ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމާއި އެނޫންވެސް ކަމާބެހޭ ކަންކަމުގައި ޢަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކޮށް, އައު ގާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށްޓަކައި އެކުލަވާލާ ގާނޫނެކެވެ. މިހާރު އަމަލުކުރަމުން އަންނަ ކުންފުންޏާބެހޭ ގާނޫނަކީ މީގެ ފަންސަވީހަކަށް އަހަރު ކުރިން އެކުލަވާލައި، އަމަލުކުރަމުން އަންނަ ގާނޫނެކެވެ.

ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ތަރައްގީވެފައިވާ ގައުމުތަކުންވެސް އެ ގައުމުތަކުގެ ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އިންވެސްޓްމަންޓަށް ފަހި، ދެފުށް ފެންނަ މިންގަނޑުތައް ޚިޔާރުކޮށްފައިވެއެވެ. އެހެންކަމުން ރާއްޖޭގައިވެސް ކުންފުންޏާބެހޭ ގާނޫނަށް ޒަމާނީ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ކުރީ ސަރުކާރުން ގަބޫލުކޮށް، މި ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުއެވެ.

ކުންފުންޏާބެހޭ ބިލުގެ އެންމެ މުހިއްމު މަގުސަދަކީ އިގުތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިގުތިސާދީ އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސުލްމާލު އިންވެސްޓްކޮށް، އިގުތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ގައުމުގެ އިގުތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި ދިވެހިރާއްޖޭގައިވެސް ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި ރަޖިސްޓަރީ ކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަންކަމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2024ން ފެށިގެންނެވެ.

ކުންފުނީގެ ބިލުޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު