Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްމަޓީގެ ޝަރީއަތް

އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމައިފި

ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޑިސެމްބަރު 2023 | އަންގާރަ 06:43
 އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.

އަންގާރަ ދުވަހު ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅުއްވީ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔުންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. އެގޮތުން ފަނޑިޔާރު ހުސައިން މަޒީދު ވަނީ އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އައްމަޓީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން 16 ޖޫން 2021 ދުވަހު ބޭއްވި އަޑުއެހުމެއްގައި ވަނީ، ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

މި އަމުރު މުރާޖައާކުރުމަށް އެދި އައްމަޓީގެ ފަރާތުން 29 ނޮވެންބަރު 2023ގައި އެދުމުން، އަމުރު މުރާޖައާކޮށް 06 ޑިސެންބަރު 2023 ދުވަހު ވަނީ ޕާސްޕޯޓު ދޫކުރުމަށް އަމުރެއް ނެރެފައެވެ. އެ އަމުރު ބާތިލު ކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާއިރު، މައްސަލަ ކުރިއަށް ދިޔައިރު ދައުލަތުން ވަނީ އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އެގޮތުން އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ، އެ ހާލަތުގައި ރާއްޖެއިން ފަރުވާ ކުރެވެން އޮވެމެ، ރާއްޖެއިން ބޭރަށް ދިއުމަށް ދައުލަތުން އިއުތިރާޒު ކުރާކަމަށް ދައުލަތުން ތަކުރާރުކޮށް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގެ ސަބަބުން އައްމަޓީ މިހާރު ހުރީ މުޅިން ބަންދުން މިނިވަންވެފައިކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލު ވަނީ އެކަމުގެ ސަބަބުން އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަން ދައުލަތުގެ ހެކިތަކާއި، މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެނގޭކަމަށް ހައިކޯޓުގައި ވިދާޅުވެފައެވެ.

އައްމަޓީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2024

ޚިޔާނާތްތެރިވުމުގެ ގިނަ ދައުވާ ތަކެއް އުފުލާފައިވާ އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދީފި

18 ޑިސެމްބަރު 2024
ޚިޔާނާތްތެރިވުމުގެ ގިނަ ދައުވާ ތަކެއް އުފުލާފައިވާ އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދީފި
27 ޑިސެމްބަރު 2023

އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ނުކުރުމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް

27 ޑިސެމްބަރު 2023
އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ނުކުރުމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް
07 ޑިސެމްބަރު 2023

އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން ހައިކޯޓުގައި އެދިއްޖެ

07 ޑިސެމްބަރު 2023
އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން ހައިކޯޓުގައި އެދިއްޖެ
18 ސެޕްޓެމްބަރު 2023

އައްމަޓީއަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް

18 ސެޕްޓެމްބަރު 2023
އައްމަޓީއަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް
09 މެއި 2022

އެއްވެސް އިރެއްގައި ފިލައިގެން އުޅެފައެއް ނުވާނެ: އައްމަޓީ

09 މެއި 2022
އެއްވެސް އިރެއްގައި ފިލައިގެން އުޅެފައެއް ނުވާނެ: އައްމަޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު