Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރުފަޅު ހިއްކުން

ފުށިދިއްގަރުފަޅު ހިއްކުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރުމުން، މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވަނީ

 އާބަންކޯގެ މަސައްކަތެއްގެ ގޮތުގައި ކަމަށް ބުނެ މި މަސައްކަތް ކުރިއަށް ގެންދާއިރު މި މަޝްރޫޢު އާއި މެދު އެނގެން ހުރި ތަފްސީލްތައް ވަރަށް މަދުކަން ފާހަގަކޮށްލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ޑިސެމްބަރު 2023 | އާދީއްތަ 02:19
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން

ފުށިދިއްގަރުފަޅު ހިއްކުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރުމުން، އެކަންކަމާއި މެދު ސަރުކާރު ޖަވާބުދާރީކުރަން މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާކޮށްފިއެވެ.

ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއަކީ އެންމެ ފުރަތަމަ މި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމެނި ކަމެކެވެ. އެގޮތުން އެ ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެކަމާއި ގުޅޭ މާލީ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާތީ އެ މަސައްކަތް ބަޖެޓުން ވަނީ އުނިކޮށްފައެވެ. އެހެންނަމަވެސް ބަޖެޓުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް އުނިކޮށްފައި ވަނިކޮށް، މި ހިނގާ 18 ޑިސެންބަރު 2023ގައި މިމަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތް ހަވާލު ކުރީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި އެވެ.  އާބަންކޯގެ މަސައްކަތެއްގެ ގޮތުގައި ކަމަށް ބުނެ މި މަސައްކަތް ކުރިއަށް ގެންދާއިރު މި މަޝްރޫޢު އާއި މެދު އެނގެން ހުރި ތަފްސީލްތައް ވަރަށް މަދުކަން ފާހަގަކޮށްލެވެއެވެ.

އެ މަޝްރޫޢު އާއި މެދު މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވަން މަޝްވަރާކޮށްފައި ވަނީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ. މި މައްސަލަ އާއި ގުޅޭގޮތުން މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށާއި، މި މަހުގެ 31ގެ ކުރިން އިތުރު ޖަލްސާތައް ބޭއްވުމާއި މެދު ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާއި މެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.

މިއީ މިހާތަނށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢުކަމަށް ސަރުކާރުން ބުނެފައިވާއިރު އެ މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާއި ނުލައެވެ. ފުށިދިއްގަރު ފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސީއެމްސީއަށް ދޭގޮތަށް ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފައެވެ. މި މަސައްކަތް ސީއެމްސީ އާއި ހަވާލުކުރި ނަމަވެސް މަސައްކަތް ފެށީ އެމްޓީސީސީ އިން ގެނެސްފައިވާ ޑްރެޖަރެއްގެ އެހީގައެވެ. މި މަސައްކަތުގެ ސްކޯޕާއި މަސައްކަތުގެ ތަފްސީލްތައް ހިއްސާކޮށްފައި ނުވާއިރު ސީއެމްސީ އަށް ދޫކުރާ ބިމުގެ އަގު ފަދަ މުހިންމު ތަފްސީލްތައް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންކަމުން މި މަޝްރޫޢުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމަށް އާއްމުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި ދިވެހި ބިމުން ކައިވަތެއްވެސް އެހެން ބަޔަކަށް ނުދޭނެ ކަމަށް ބުނެ ސަރުކާރަށް އައި ބަޔަކު މިހާއަވަހަށް އެ ވައުދާއި ޚިލާފުވެ އެކަން ރައްޔިތުންނަށް ސިއްރުކުރަން މަސައްކަތްކުރާތީ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ފުށިދިއްގަރުފަޅުމަޖިލިސް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
06 އޮކްޓޯބަރު 2025

ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް

06 އޮކްޓޯބަރު 2025
ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު