Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންނަށް ރުހުން ދިނުން

ކޯރަމް ހަމަނުވާތީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ބޭއްވި ކޮމިޓީ ކެންސަލް

23 ޑިސެމްބަރު 2023 | ހޮނިހިރު 06:43

ކޮމިޓީ ކެންސަލްކޮށްފައިވަނީ ކަނޑައެޅިފައިވާ އަދަދަށް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ނެތުމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޑިސެމްބަރު 2023 | ހޮނިހިރު 06:43
ރައްޔިތުންގެ މަޖިލީހުން މި ކޮމިޓީ ތާވަލުކުރީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00ށް

ރައްޔިތުންގެ މަޖިލީހުން މި ކޮމިޓީ ތާވަލުކުރީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00ށް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ތާވަލުކުރި ކޮމިޓީ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން މި ކޮމިިޓީ ބައްދަލުވުން އެޖެންޑާކުރީ 23 ޑިސެމްބަރުވީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00ށެވެ. ނަމަވެސް ކޮމިޓީ ކެންސަލް ކޮށްފައިވަނީ ކަނޑައެޅިފައިވާ އަދަދަށް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ނެތުމުންނެވެ.

Advertisement - newsAdvertisement

ކޮމިޓީ ބައްދަލުވުން ފެށުމަށް ހަތަރު މެމްބަރުން ތިއްބަވަން ޖެހޭއިރު، ހޮނިހިރު ދުވަހުގެ ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވީ 3 މެމްބަރުންނެވެ.

މީގެ ކުރިން މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ޖަލްސާއަށް އެޖެންޑާކުރިއެވެ. އެއީ ނިމިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަން ފާހަގަކޮށް މަޖިލީހަށް ހުށަހެޅި ނިޒާމީ ނުކުތާ ބަލައިގަނެ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއިން ނެގުމަށްފަހު، ރުހުން ދިނުން އަނބުރާ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން ނިންމަވާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ.

އެ މައްސަަލަ އަނބުރާ ކޮމިޓީއަށް ފޮނުއްވާލެއްވީ މިދިޔަ ހޯމަ ދުވަހު މަޖިލިސް ފެށުމާއެކު، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނިޒާމާބެހޭ މައްސަލައެއް ނަންގަވައި ފާހަގަކުރެއްވި ކަންކަމަށް ބެއްލެވުމަށް ފަހުގައެވެ.

އޭނާ އެ ނިޒާމީ ނުކުތާ ނެންގެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުންނެވެ.

އެ ނިޒާމީ ނުކުތާ ބަލައިގަތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރުމަށް ފަހުގައެވެ. އެގޮތުން ކުރި މަޝްވަރާތަކަށްފަހު، އެ މައްސަލަ ގަވާއިދާ އެއްގޮތްކުރުމަށް ކޮމިޓީއަށް އަނބުރާ ފޮނުއްވާލެއްވިކަން ވަނީ އިއުލާންކުރައްވާފައެވެ. އެ ޖަލްސާއާ ހަމައަށް ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައެއްވެސް ނުވެއެވެ.

ރުހުން ދިނުމުގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގޮތް، މަޖިލީހުގެ ހިންގާ ގަވާއިދުގެ 200 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ މާއްދާގެ (ރ)ގައި ކޮމިޓީގެ ރިޕޯޓް އޮންނަންޖެހޭ ގޮތް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމަށް އެދި، ނުވަތަ މަޝްވަރާއަށް އެދި، ނުވަތަ ލަފައަށް އެދި ފޮނުވާ ކަމަކާ ގުޅޭގޮތުން، ކޮމިޓީއަށް 2 ގޮތަކަށް ގޮތް ނިންމިދާނެކަމަށެވެ. ނަމަވެސް ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ނޮވެމްބަރު 17 2023ގައި އައްޔަންކުރި ވަޒީރުންގެ ކިބައިގައި، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް އެކަންޏެވެ. އެ ރިޕޯޓުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ)ގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކުރުން މަނާ ކަންކަމުގެގޮތުގައި ބަޔާންކުރާ ކަމެއް އެއިން ބޭފުޅަކު ކުރައްވަމުން ނުގެންދަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އެ ރިޕޯޓުގައި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ރުހުން ދިނުމަށް ފެންނަކަމަށްވެސް ނުވަތަ ނޫންކަމަށްވެސް ފާހަގަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓުގައި، ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަން ނުވަތަ ނޫންކަން ސާފުކޮށް ނެތުމުން ،ރުހުން ދިނުމުގެ މައްސަލަތަކުގައި ކޮމިޓީން އެކުލަވާލާ ރިޕޯޓުގައި ހިމެނެންޖެހޭ ކަންކަން ކޮމިޓީގެ ނިންމުމުގައި ސާފުކޮށް ނިންމާފައިނުވާކަން ފާހަގަކޮށްލެވެއެވެ. ކޮމިޓީއަށް ރިޕޯޓް ފޮނުއްވާލެއްވީ އެކަންކަން އިސްލާހުކުރެއްވުމުގެ ގޮތުންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ތިއްބަވައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްުޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ގޮތެއް ނިންމާފައިވަނީ 10 ޑިސެމްބަރު 2023ގައި އޮތް އެ ކޮމިޓީގެ 09 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް