Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްތައް ބްލޮކްކުރުން

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަންޖެހޭ، އެކަން ބަންދުކުރަން މަސައްކަތް ކުރާނީ ޚުދުމުހްތާރު ސަރުކާރެއް: އެމްޑީޕީ

22 ޑިސެމްބަރު 2023 | ހުކުރު 13:45

ޕީޕީއެމްގެކުރީގެ ވެރިކަން ފަދައިން މި ސަރުކާރުން ވެސް ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތްކުރަމުންދާތަން ދަނީ ފެންނަމުން ކަމަށް އެމްޑީޕީން ބުނޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 22 ޑިސެމްބަރު 2023 | ހުކުރު 13:45
ފުލުހަކު ނޫސްވެރިޔަކަށް ހުރަސް އަޅަނީ

ފުލުހަކު ނޫސްވެރިޔަކަށް ހުރަސް އަޅަނީ

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭ ކަމަށާއި، އެކަން ބަންދުކުރަން މަސައްކަތް ކުރާނީ ޚުދުމުހްތާރު ސިފަތަކެއް ލިބިފައިވާ ސަރުކާރެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ޚަބަރުފެތުރުމުގައި ހަރަކާތްތެރިވާ ތިން ނޫހެއް ބްލޮކް ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މިނިވަންކަމާއެކު ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި، އެކަމަކީ އެ ޕާޓީން އަބަދުމެ ވަކާލާތު ކުރާ ކަމެއް ކަމަށެވެ.

އެގޮތުން އެ ހައްގުތަކަކީ އެ ޕާޓީން ގުރުބާންވެގެން ހޯދި ހައްގުތަކެއް ކަމަށާއި، އެއީ ތިމާގެ ބުއްދިއަށް ފެންނަ ވިސްނުންތައް ބަޔާންކުރުމުގެ ފުރުސަތު ނެތް މުޖްތަމައުއަކީ ދިމިގްރާތީ މުޖްތަމައު އެއް ކަމުގައި އެ ޕާޓީއަށް އެއްބަސްނުވެވޭތީ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، އެމްޑީޕީގެ ފަރާތުން ކުރި ދެ ވެރިކަމުގައި ވެސް ސަރުކާރާ ދެކޮޅަށް ރޭވިގެން އަދި އިންތިޒާމުވެވިގެން ދޮގު ޙަބަރު ފެތުރެމުން ދިޔައިރު ވެސް، މީޑިޔާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައިވާ ނުވާނެ ކަމަށާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމާއި، ވަކިން ޚާއްސަކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް އެ ސަރުކާރުތަކުގައި ކަށަވަރުކޮށްދެވުނު ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އިތުރަށްބުނީ ސަރުކާރަށް ފާޑުކިޔުމުގައި މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭ ކަމަށާއި، އެކަން ބަންދުކުރާނީ ޚުދުމުހްތާރު ސިފަތަކެއް ޖެހިފައިވާ ސަރުކާރުން ކަމަށެވެ. އަދި މިހާރު ވެރިކަމުގައި އޮތް ޕީޕީއެމްގެ ކުރީގެ ވެރިކަމުގެ ފަދައިން މި ސަރުކާރުން ވެސް ދުލާއު ގަލަމުގެ މިނިވަންކަން ނިއުޅައިގަންނަން މަސައްކަތްކުރަމުންދާތަން ދަނީ ފެންނަމުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ކަންބޮޑުވެ، ސަރުކާރުގެ ނިންމުންތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައިވާއިރު، ނިމިދިޔަ އެެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ނޫސްތަކުން ސަރުކާރާ ދެކޮޅު އަދި ފިތުނަވެރި ޚަބަރުތައް ލިޔުނު ނަމަވެސް، އެ ސަރުކާރަކުން އެފަދަ ނޫސްތަކަށް އަދި ނޫސްވެރިންނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ނޫސްވެރިންގެ މަސައްކަތް ހަނިކުރުމުގެ އެފަދަ މަސައްކަތްތަކެއް ކުރެވި އަދި ފެނުނީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެވެ. އެގޮތުން "ރާއްޖެ ޓީވީ" ޖޫރިމަނާކޮށް ބައެއް ނޫސްތައް ބަންދުކުރި އިރު، ބައެއް ނޫސްވެރިން ޖަލަށް ލައި ވެސް ހެދި އެވެ. އަދި އެއް ނޫސްވެރިއަކު މިއަދާ ހަމައަށް ވެސް ގެއްލިފައިވާއިރު، އިތުރު ނޫސްވެރިއަކު ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފަ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް