Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅައިގެ ހާލަތު

ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރަން އެންމެން އެކައްޗެއް ކިޔައި، އެއް މިސްރާބަކަށް ދިޔުން ނޫންގޮތެއް ނެތް: މޯހަން

21 ޑިސެމްބަރު 2023 | ބުރާސްފަތި 02:07

ފުޓްބޯޅައިގެ ނެގެޓިވް ވާހަކަ ދައްކަން މޯހަން ބޭނުމެއް ނުވޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 ޑިސެމްބަރު 2023 | ބުރާސްފަތި 02:07
ޕްރޯ ލައިސަންސް ކޯޗު މޯހަން

ޕްރޯ ލައިސަންސް ކޯޗު މޯހަން

ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރަން އެންމެން އެކައްޗެއް ކިޔައި, އެއް މިސްރާބަކަށް ދިއުން ނޫން ގޮތެއް ނެތްކަމަށް ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.

މިސީޒަންގައި އީގަލްސް އަށް އިރުޝާދު ދިން ކޯޗު, ސީޒަންގެ ފަހު މެޗަށްފަހު ބުނީ ފުޓްބޯޅައިގެ ނެގަޓިވް ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އެކަމަކު އެންމެނަށްވެސް އެނގޭނެހެން ފުޓްބޯޅައިގެ ހާލަތު މި އޮތީ ވަރަށް ގޯސްކޮށް ކަމަށާއި, ރަނގަޅުކުރަންހުރި ބައިވަރު ކަންކަން ހުރިކަންވެސް އެންމެނަށް ވެސް އެނގޭ ކަމަށެވެ.

މޯހަން ބުނީ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް އެންމެ އެކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ކުރަން އޮތީ ވަރަށް ޗެލެންޖިންގ މަސައްކަތްތަކެއް ކަމަށް ޤައުމީ ޓީމާއެކު ފުރަތަމަ ސާފް ޗެމްޕިއަން ހޯދި ޓީމްގެ އެސިސްޓެންޓް ކޯޗު މޯހަން ބުންޏެވެ.

ފުޓްބޯޅަ އެސޯސިއޭޝަން ދަރަނިވެރިވެ, މުވައްޒަފުންނަށް ވެސް މުސާރަ ނުދެވޭ ހާލަތަށް ގޮސްފައި ވަނިކޮށް, އައު އިންތިޚާބަކަށް ވަނީ ގޮވާލާފައެވެ. އައި ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވާނެކަން މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އިއުލާނުކުރައްވާފައެވެ. ފުޓްބޯޅަ އެސޯސިއޭޝަނުން މިއަހަރުގެ ސީޒަންވެސް ނިންމާލީ އެފްއޭކަޕް ނުކުޅެއެވެ. ދެވަނަ ޑިވިޝަން އަދިވެސް ނުފެށެއެވެ. ދިވެހި ލީގުވެސް ތިން ބުރު ކުޅޭ ގޮތަށް އޮތަސް, ލީގު މެދުން އެނިންމުން ބަދަލުކުރީ ދެބުރު ކުޅޭ ގޮތަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް