Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބް ވޯލްޑް ކަޕް

ގާޑިއޯލާ އެޓޭކަށް، ޑިފެންސްގައި ވެންގާ!

މުބާރާތުގެ އައު ފޯމެޓްގެ ސަބަބުން ޔޫރަޕާ އެއްހަމައަކަށް އައުމަށް މަގުފަހިވާނެ

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 10:48
ގާޑިއޯލާއާއި ވެންގާ

ގާޑިއޯލާއާއި ވެންގާ

ދުނިޔޭގެ ކްލަބް ވޯލްޑްކަޕުގެ ފޯމެޓާމެދު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކުރުމުން، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ދިފާއުގައި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވާހަކަދައްކައިފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް ގިނަ ބަޔަކު ދެކޭ ގާޑިއޯލާ ބުނީ، 2025 ވަނަ އަހަރުން ފެށިގެން 32 ޓީމު ވާދަކުރާ ގޮތަށް، އެއް މަސް ދުވަހަށް ދިގުދެމިގެންދާނެހެން ކުލަބު ވޯލްޑްކަޕް ބޭއްވުން ރަނގަޅު ނޫން ކަމަށެވެ. އޭނާ ބުނީ މީގެ ސަބަބުން ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު މަދުވުމަކީ އެންމެ ކަންބޮޑުވާ ސަބަބު ކަމަށެވެ.

އޭނާ ބުނީ އައު މުބާރާތްތައް ތައާރަފް ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި، އެކަމާ ދެކޮޅުހަދާ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އެކަމަކު މައްސަލައަކީ ކުޅުންތެރިންނަށް ލިބޭ ރެސްޓުގެ މުއްދަތު ކުރުވުމުން، މޮޅު ކުޅުންތެރިން އަވަސް އަވަހަށް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުން ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެމުން ފީފާގެ ޗީފް ގްލޯބަލް ފުޓްބޯޅަ ޑިވޮލޮޕްމަންޓް އާސެން ވެންގާ ބުނީ، ކްލަބް ވޯލްޑްކަޕުގެ އައު ފޯމެޓްގެ ސަބަބުން ޓީމުތަކާއި ކުޅުންތެރިން ކުރިއަރަން ފުރުސަތު ލިބޭނެކަމަށެވެ.

އާސެނަލްގެ އެންމެ ކާމިޔާބު ކޯޗު ބުނީ ބައްރުތަކުގެ ޗެމްޕިއަނުން އެކަނި ހިމަނައިގެން ކުޅޭ ކުރު މުބާރާތެއްހެން ކުލަބު ވޯލްޑް ކަޕް ނިންމާލުމުން، ގިނަ ފަހަރަށް ހަގީގީ ފައިދާ ނުފެންނަ ކަމަށެވެ. އަދި 32 ޓީމު ހިމަނައިގެން މުބާރާތް ދެން ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކަމަށާއި، ދެ މެޗެއްގެ ދޭތެރޭގައި ޓީމުތަކަށް އަރާމުކުރަން ލިބޭ ވަގުތު މަދުނުވާނެ ކަމަށެވެ. އަދި މުބާރާތަށް ފަހު އައު ސީޒަނާ ދެމެދުވެސް ހަތަރު ހަފުތާ ލިބޭތީ، އެއީ އަރާމުކުރަން އެކަށީގެންވާ ވަގުތެއް ކަމަށެވެ.

ވެންގާ ބުނީ، ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ލީގުތައް މެދުކަނޑާލުމަށްފަހު އަލުން ފަށައި، ނިންމާލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި، ގިނަ ލުއިތަކަކާއެކު ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅުމަކީ މައްސަލައެއް ނޫންކަމަށެވެ.

ކުލަބް ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް

ދުނިޔޭގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް

23 ޑިސެމްބަރު 2023
ފައިނަލުގައި ކުޅެން ހާލަންޑަށް ހުރަސްއަޅަނީ ގަވާއިދު

ފައިނަލުގައި ކުޅެން ހާލަންޑަށް ހުރަސްއަޅަނީ ގަވާއިދު

21 ޑިސެމްބަރު 2023
އަހަރެން ހުއްޓައި ކްލަބް ވޯލްޑްކަޕް ކާމިޔާބު ކުރަންޖެހޭ: ގާޑިއޯލާ

އަހަރެން ހުއްޓައި ކްލަބް ވޯލްޑްކަޕް ކާމިޔާބު ކުރަންޖެހޭ: ގާޑިއޯލާ

19 ޑިސެމްބަރު 2023
ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

13 ފެބުރުއަރީ 2022
ލުކާކޫގެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

ލުކާކޫގެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

10 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު