Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބް ވޯލްޑް ކަޕް

ލުކާކޫގެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

ހިލާލްގެ މައްޗަށް ޗެލްސީން ކުރިހޯދީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2022 | ބުރާސްފަތި 12:25
ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ހިލާލް ބައްދަލުކުރި މެޗުގެ ތެރެއިން

ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ހިލާލް ބައްދަލުކުރި މެޗުގެ ތެރެއިން

ކްލަބް ވޯލްޑް ކަޕުގައި އޭޝިއާގެ ޗެމްޕިއަން އަލް ހިލާލް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

ޔޫއޭއީގެ އަބޫދާބީގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޗެލްސީން ހިލާލްގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ހަކީމް ޒިޔެޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެކަމަކު މެޗުގެ 32 ވަނަ މިނެޓުގައި ލުކާކޫ ވަނީ ހިލާލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލަނޑު ޖަހާ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީން ހިލާލްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ހަވާޓްްޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ޒިޔެޗް ފޮނުވާލި ހަމަލާ ހިލާލްގެ ކީޕަރު އަލް މަޔޫފް ވަނީ މަތަކޮށްފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވިތާ މިވީ 379 ދުވަސް ތެރޭ އޭނާ ޗެލްސީ ގޮވައިގެން ނުކުތް ހުރިހާ މުބާރާތެއްގެ ފައިނަލުގައި ވަނީ ކުޅެފައެވެ

ޗެލްސީ އަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތެރެއިން ތަށި ނުހޯދި އޮތީ ކްލަބް ވޯލްޑް ކަޕްގެ އެވެ. ޗެލްސީން 2012 ވަަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް ވަނީ ބްރެޒިލްގެ ކޮރިންތިއަންސް އަތުން 1-0 އިން ބަލިވެފަ އެވެ. މި ފަހަރުގެ ފައިނަލުގައި ވެސް ޗެލްސީ ކުޅެން ޖެހިފައި އޮތީ ބްރެޒިލްގެ ކްލަބަކާއެވެ.

ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީން ނުކުންނަން ޖެހޭނީ ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށެވެ. ޕަލްމެއިރާސް އިން ފައިނަލުގެ ޖާގަ ހޯދީ އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ އަތުން ސެމީ ފައިނަލުގައި 2-0 އިން މޮޅުވެގެންނެވެ.

ކުލަބް ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް

ދުނިޔޭގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް

23 ޑިސެމްބަރު 2023
ގާޑިއޯލާ އެޓޭކަށް، ޑިފެންސްގައި ވެންގާ!

ގާޑިއޯލާ އެޓޭކަށް، ޑިފެންސްގައި ވެންގާ!

21 ޑިސެމްބަރު 2023
ފައިނަލުގައި ކުޅެން ހާލަންޑަށް ހުރަސްއަޅަނީ ގަވާއިދު

ފައިނަލުގައި ކުޅެން ހާލަންޑަށް ހުރަސްއަޅަނީ ގަވާއިދު

21 ޑިސެމްބަރު 2023
އަހަރެން ހުއްޓައި ކްލަބް ވޯލްޑްކަޕް ކާމިޔާބު ކުރަންޖެހޭ: ގާޑިއޯލާ

އަހަރެން ހުއްޓައި ކްލަބް ވޯލްޑްކަޕް ކާމިޔާބު ކުރަންޖެހޭ: ގާޑިއޯލާ

19 ޑިސެމްބަރު 2023
ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

13 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު