Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާދަމް އާޒިމް

ގިނަ ދުވަސްތަކަކަށްފަހު ފައިސަލް އެމްޑީޕީ ޕޯޑިއަމުން ވިދާޅުވީ ރަނގަޅު އެއްޗެއް ލިބެން އޮއްވާ ގޯސް އެއްޗަކާ ދިމާއަށް ނުދިޔުމަށް

18 ޑިސެމްބަރު 2023 | ހޯމަ 18:01

ރަނގަޅު މީހުންނާއި ނުރަނގަޅު މީހުން ވެސް އެނގޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޑިސެމްބަރު 2023 | ހޯމަ 18:01
ހޯމަ ދުވަހުގެ ރޭ ބޭއްވި ބޮނޑިބަތް އިވެންޓުގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ

ހޯމަ ދުވަހުގެ ރޭ ބޭއްވި ބޮނޑިބަތް އިވެންޓުގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ

ރަނގަޅު އެއްޗެއް ލިބެން އޮއްވާ ގޯސް އެއްޗަކާ ދިމާއަށް އެއްވެސް މީހަކު ނުދިޔުމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް އާއިއެކު ހުޅުމާލެ ރުއްގަނޑު 1 ސަރައްހައްދުގައި ބޭއްވި ބޮނޑިބަތް އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މި މަގާމަށް ކުރިމަތިލައްވާ ރަނގަޅު މީހުންނާއި ނުރަނގަޅު މީހުން ވެސް އެނގޭ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ސާލިހުގެ ސަރުކާރަކީ ތާރީޚުގައި އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ސަރުކާރެއް ކަމަށާއި އެ މަޝްރޫއުތަކުގެ މާލިމީއެއްގެ ގޮތުގައި ހުންނެވީ އާޒިމް ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޒިންމާ އަދާކުރުމުގެ ރަނގަޅު ގޮތަކީ ކޮބައިތޯ އާޒިމް އަބަދުވެސް ބައްލަވާ ކަމަށާއި އާޒިމް އަކީ އަބަދުވެސް މީހުން ގޮވައިގެން އުޅޭ ރަނގަޅު މީހެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރައްޔިތުންނާއެކު މީހާ ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ވަޒީފާ ދޭ މީހާ ބުނާހާ ހުރިހާ ކަމެއް އެއީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިވަގުތު މާލޭގެ މަގުތައް ސާފުކުރުމާއި އެކްސިޑެންޓްތައް މަދުކުރުމަށާއި ޕާކިންގ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އާޒިމް އަކީ ކޮންމެ ކަހަލަ ބަޔަކާއެކު ވެސް ގުޅިގެން މަސައްކަތް ކުރެއްވޭނެ ބޭފުޅެއްކަން ފާހަގަކުރައްވާ ފައިސަލް ވަނީ ހުރިހާ ރައްޔިތުން އެއްބާރުލުން ދީ އާޒިމަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް