Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުށިދިއްގަރު ފަޅު ހިއްކުން

ހިތެއް ހުރި މީހެއްނަމަ ރައްޔިތުންނަށް ގޮންޖަހާ، ފުށިދިއްގަރު ފަޅު ހިއްކާކަށް ނުފަށާނެ: އާޒިމް

18 ޑިސެމްބަރު 2023 | ހޯމަ 17:36

މަޝްރޫއު ފެއްޓެވުމަކީ ވަރުގަދަކަން ދެއްކުމަށް ކުރެއްވި ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޑިސެމްބަރު 2023 | ހޯމަ 17:36
އާޒިމް ވާހަކަފުޅު ދައްކަވަނީ

އާޒިމް ވާހަކަފުޅު ދައްކަވަނީ

ހިތެއް ހުރި މީހެއްނަމަ ރައްޔިތުންނަށް ގޮންޖަހާ، ފުށިދިއްގަރު ފަޅު ހިއްކަން ނުފަށާނެ ކަމަށް އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ބޮނޑިބަތް އިވެންޓްގައި އާޒިމް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކަން ފެށުމަކީ މާލޭގެ ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށެވެ. އެއީ ސީދާ ރައްޔިތުންނަށް ގޮން ޖެހުން ކަމަށާއި ރައްޔިތުންނަށް ގޮންޖަހައިގެން މި ޤައުމުގައި ކުރެވޭނެ ވެރިކަމެއް ނޯންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފެއްޓެވުމަކީ ވަރުގަދަކަން ދެއްކުމަށް ކުރެއްވި ކަމެއް ކަމަށެވެ. މާލެއިން އެތަނަށް ދެވޭނީ ދެ ގަޑީއިރު ދަތުރުކުރުމަށްފަހު ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ހައްޤުވާ މިންވަރު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރު ވެސް ގުޅީފަޅާއި ގިރަވާޅު ފަޅާއި އުތުރުތިލަފުޅު ތަރައްޤީކޮށް، އެތަނުގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށް ގިނަ ރައްޔިތުންތަކެއް އާދޭސް ކުރަމުންދާއިރު އެ މަޝްރޫއުތަކުގެ މަސައްކަތް ނުކޮށް، އައު މަޝްރޫއެއް ފެށުމަކީ ގޯތި ލިބުނު ރައްޔިތުންނަށް މި ސަރުކާރުން ކުރާ ޖެއްސުމެއް ކަމަށެވެ.

އާޒިމް ވަނީ މާލެ ރައްޔިތުންނާއި ދަފްތަރުގައި ތިބި ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ރައީސް ސާލިހު ނިންމުމުން އެއީ ހިތްވަރުގަދަ ނިންމުމެއް ކަމަށް ވިދާޅުވެ، ތައުރީފު ކުރައްވާފައެވެ.

މާލެސިޓީ ކައުންސިލްގެ ފައިސާ އާއި ބިންތަކާއި ވަސީލަތްތަކަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި މިހާތަނަށް އައިރު ސިޓީ ކައުންސިލަށް ލިބުނު ފައިސާ ޚަރަދުތައް ކުރިގޮތުގެ ތަފްސީލު ހާމަނުކުރާ ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެބޭފުޅާ މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ކައުންސިލުން ކުރާ ހުރިހާ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

ތަނެއް ހަލާކުވާން އެންމެ މުހިންމު ކަމަކީ ކޮރަޕްޝަނާއި ވައްކަން ގިނަވުން ކަމަށާއި ޤައުމުތައް ހަލާކުވެ ދަރަނިވެރި ވަނީ ވައްކަން ގިނަވުމުން ކަމަށް އާޒިމް ވިދާޅުވިއެވެ. މި ސަރުކާރު އައި ރައްޔިތުންނަށް ދޮގު ހަދައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ކޮންމެ ތިން މަހުން އެއް މަހު ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށާއި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް