Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ފުޓުބޯޅައަށް ސިޔާސީ ކުލަ ވަންނަން ފެށީ ވަޙީދުގެ ވެރިކަމުގައި: އާޒިމް

ކުރިން ދުވަހަކު ވެސް ފުޓުބޯޅަ ހިންގުމުގައި ނުވަތަ ފުޓުބޯޅަައިގެ ކަންކަމުގައި ނުވެސް އުޅުއްވާ ބޭފުޅަކު އެ އިންތިޚާބަށް ނެރުނީ ސަރުކާރުން ނުފޫޒު ފޯރުވަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 02:29
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިޔާސީ ކުލަ ވަންނަން ފެށީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ކަމަށް، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން އަންނަ އާޒިމް މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ އެފްއޭއެމަށް ސިޔާސީ ނުފޫޒު ފޯރުވަން ފެށީ އެ އެސޯސިއޭޝަންގެ ރައީސްކަމުގައި އޭނާ ހުންނަވަނިކޮށް، 2012 ވަނަ އަހަރު އޭރުގެ ސަރުކާރުން ކަމަށެވެ. އެއީ އެފްއޭއެމްގެ ރައީސްކަމުން އޭނާ ދުރުކުރަން ސަރުކާރުން ފެށި ކެމްޕޭނެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އާޒިމް ފާހަގަ ކުރެއްވި ގޮތުގައި އެ އަހަރުގެ އިންތިޚާބުގައި އެންމެ ފުރަތަމަ ވާދަކުރާ ގޮތަށް އޮތީ އޭނާ އެކަންޏެވެ. ނަމަވެސް، އެހާތަނަށް ދުވަހަކު ވެސް ފުޓުބޯޅަ ހިންގުމުގައި ނުވަތަ ފުޓުބޯޅަައިގެ ކަންކަމުގައި ނުވެސް އުޅުއްވާ ބޭފުޅަކު ސަރުކާރުގެ ފަރާތުން އެ އިންތިޚާބަށް ނެރުނީ ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންކަން އާޒިމް ފާހަގަކުރެއްވި އެވެ. އާޒިމް ޤަބޫލު ކުރައްވާ ގޮތުގައި ފުޓުބޯޅަ އަށް ސިޔާސީ ކުލަ ވަންނަން ފެށީ އެ ހިސާބުންނެވެ.

އާޒިމް ދެކިވަޑައިގަންނަވާ ގޮތުގައި އެ ދުވަހު އެ ކަންތައް އެގޮތަށް ހިނގައިދިޔަ ފަހުން، ފުޓުބޯޅައިގެ ތެރެއަށް ސިޔާސީ ކަންތައް އިންތިހާ އަށް ވަދެ، ފުޓުބޯޅައިގެ މިސްރާބު ގޯސްވިއެވެ. އެގޮތުން އެފްއޭއެމްގެ ރައީސްކަމުން އާޒިމް ދުރުކުރަން އުޅުނީ، އެކަމުން ފުޓުބޯޅަ އަށް ވާން އޮތީ ފައިދާއެއްތޯ ނުވަތަ ގެއްލުމެއްތޯ ބެލުމެއް ނެތި ކަމަށާއި، ހަމައެކަނި ބޭނުމަކަށްވީ އެފްއޭއެމުން އާޒިމް ދުރުކުރުމަށްފަހު، އޭނާ އަށް އޮތް އިތުބާރެއް ގެއްލުވާލުން ކަމަށް އާޒިމް ވިދާޅުވި އެވެ. އިތުރަށް އާޒިމް ވިދާޅުވީ އެ އަހަރު އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނެވި ޑރ. ވަޙީދު އަމަލީ ގޮތުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިއަދު ވެސް އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަން ބޭނުންފުޅުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އާޒިމް ވިދާޅުވީ، އެފްއޭއެމްގެ ނުވަތަ އެެހެން ވެސް ފުޓުބޯޅަ އިދާރާއެއްގެ ހިންގުމުގެ ތެރެއަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުމަކީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި އޮލިމްޕިކް ޗާޓަރ ބުނާ ގޮތުން ކޮށްގެންވާނެ ކަމަކަށް ނުވާތީ އެވެ. އެހެންކަމުން، އޭރުގެ ސަރުކާރުން އެ ކުރި ކަމަކީ ސީދާ ފުޓުބޯޅައިގެ ހިންގުމުގެ ތެރެއަށް ވަނުން ކަމަށް އާޒިމް ވަނީ ސިފަކުރައްވާފަ އެވެ.

އާޒިމް އަކީ އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސެވެ. އިންތިޚާބު ކާމިޔާބުކޮށް، އާޒިމް އެފްއޭއެމްގެ ރައީސްކަމަށް ވަޑއިގެންނެވީ 2008 ވަނަ އަހަރު އެވެ. ހަތަރު އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު، 2012 ވަނަ އަހަރު އޮތް އިންތިޚާބުގައި، ދެ ވަނަ ދައުރަކަށް އާޒިމް ކުރިމަތިލެއްވި އެވެ. ނަމަވެސް، އެ އިންތިޚާބުގައި އާޒިމްގެ މައްޗަށް ކުރި ހޯއްދަވައި، އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވީ، އޭރު އޮތް ރައީސް ވަޙީދު ސަރުކާރުގެ ކޯލިޝަން ޕާޓީއެއްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދެވެ. ނަމަވެސް އިލްހާމުގެ މަސްލަހަތު ބޮޑުވާން ފެށުމުން އޭނާގެ ދައުރުގެ މެދުތެރެއިން ފީފާއިން އޭނާ މަގާމުން ދުރުކުރި އެވެ.

އެފްއޭއެމްގެ ރައީސްކަމުން ދުރަށް ވަޑައިގެންނެވި ފަހުން ވެސް، އާޒިމް އަންނަނީ ދިވެހި ފުޓުބޯޅައިގެ ކަންކަމުގައި ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން ފުޓުބޯޅަ އަށް ކުރިމަތިވަމުން އައި މައްސަލަތަކާއި، ފުޓުބޯޅަ ގޯސް މިސްރާބެއްގައި ކުރިއަށްދާ ވާހަކަ އެންމެ ފުރަތަމަ ދެއްކެވި އެއް ބޭފުޅަކީ ވެސް އާޒިމް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ނެޓްބޯޅަ ޓީމް އެކުލަވާލައިފި

ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ނެޓްބޯޅަ ޓީމް އެކުލަވާލައިފި

05 އެޕްރީލު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު