Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއިން އިތުރު 30 މީހުން ޝަހީދުކޮށްލުން

އިސްރާއީލުގެ ވައިގެ ހަމަލާތަކެއްގައި ޣައްޒާއިން 30 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

18 ޑިސެމްބަރު 2023 | ހޯމަ 09:00

ޒަޚަމްވި މީހުންނާއި، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 18 ޑިސެމްބަރު 2023 | ހޯމަ 09:00
ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ އިތުރުންވެސް އެތައް ތާކަށް ވަނީ ހަމަލާދީފައި

ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ އިތުރުންވެސް އެތައް ތާކަށް ވަނީ ހަމަލާދީފައި

ރެއާއި މިއަދު ހެނދުނު ޣައްޒާއަށް ދިން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި މީހުން ދިރިއުޅޭ ބްލޮކަކަށް ހަމަލާދީ، އާންމުންގެ 30 ށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއަށް މައުލޫމާތު ދިން މަސްދަރު ތަކުން ބުނި ގޮތުގައި މި ވައިގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޖަބަލިއާ ޓައުންގެ މީހުން ދިރިއުޅޭ ބްލޮކަކަށް ކަމަށްވާއިރު، އެ ހަމަލާގެ ސަބަބުން 30 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. މީގެ އިތުރުން ވެސް އެތައް ބަޔަކު ގެއްލުނު ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، އެކަމުގެ ސަބަބުން ހާލަތުވަނީ ވަރަށް ގޯސްވެފައެވެ.

30 މީހުން މަރުވި އެ ހަމަލާ އަށްފަހުވެސް ޣައްޒާއަށް ދިން އިތުރު ހަމަލާއެއްގައި އިތުރު އަށް މީހުން މަރުވެފައި ވާކަމަށް ވަފާއިން ރިޕޯޓްކުރެއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި އަންހެނަކު ހިމެނޭ އިރު، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

މި ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ އާއިލާއެއްގެ ގެއަށެވެ.

މީގެ އިތުރުން ނުސީރަތު ކޭމްޕްގައި ހުންނަ އެހެން އާއިލާއެއްގެ ގެއަކަށްވެސް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ އަލްމަގްޒާޒީ ރެފިއުޖީ ކޭމްޕްގެ ބައެއް ތަންތަނާއި ޣައްޒާގެ އުތުރުގައި އޮންނަ އަލް ތުއްފާ އަވަށުގެ ސަރަހައްދުތަކަށްވެސް ހަމަލާތައް ދީފައެވެ.

މީގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ދެކުނުގެ ޚާން ޔުނިސް ސިޓީގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ އިތުރު ހަމަލާތައް ދޭން ފަށާފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މެދުތެރޭގެ ސްޓްރިޕްގެ ދީރް އަލް-ބާލާހުގައި ހުންނަ ގެއަކަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަދުވަހު އިސްރާއިލަށް އަމާޒުކޮށް ދިން ޙަމާސްގެ އަސްކަރީ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 18,700 އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 50,000 އަށް އަރައެވެ.

ޒަޚަމްވި މީހުންނާއި، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް