Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާއަށް އެހީ ފޯރުކޮށްދިނުން

ޣައްޒާ ހަނގުރާމަ: ފުރަތަމަ ފަހަރަށް ކަރްމް އަބޫ ސަލީމް ހުރަސްކޮށް ޣައްޒާއަށް އެހީ ވަދެއްޖެ

އިތުރު ބޯޑަރު ކްރޮސިންތައް ހުޅުވާލުމުން އދ.އިން ވަނީ މަރުޙަބާ ކިޔާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2023 | ހޯމަ 03:01
ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިޒްރޭލާއެކު ކަރްމް އަބޫ ސަލީމް ހުރަސްކުރުން

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިޒްރޭލާއެކު ކަރްމް އަބޫ ސަލީމް ހުރަސްކުރުން

ޣައްޒާ ހަނގުރާމަ ފެށުނުފަހުން ފުރަތަމަ ފަހަރަށް ކަރްމް އަބޫ ސަލީމް ހުރަސްކޮށް ޣައްޒާއަށް އެހީ ވަދެއްޖެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

މިސްރުގެ ރެޑް ކްރެސެންޓްގެ ދެ އޮފިޝަލަކު އޭއެފްޕީ އާއި ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންސާނީ އެހީގެ ގާފިލާއެއް އިސްރާއީލުގެ ކަރްމް އަބޫ ސަލީމް ބޯޑަރު ހުރަސްކޮށް އާދީއްތަ ދުވަހު ޣައްޒާއަށް ވަދެފައިވާ ކަމަށެވެ.

ރޮއިޓާސް އާއި އޭއެފްޕީން ބުނި ގޮތުގައި އާދީއްތަ ދުވަހު 79 ޓްރަކް އެހީ ވަނީ ޣައްޒާއަށް ވައްދަން ފަށައިފައެވެ.

އިސްރާއީލުން ހުކުރު ދުވަހު ވަނީ ޣައްޒާގެ ކަރްމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ކްރޮސިން މެދުވެރިކޮށް ޣައްޒާއަށް ބޭނުންވާ "ވަގުތީ" އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދީފައެވެ.

ޣައްޒާގައި އިންސާނީ ޙާލަތު ނުތަނަވަސްވެފައިވީ ނަމަވެސް، އިސްރާއީލުން ވަނީ މިޞްރާއި އެކު އޮންނަ ރަފާ ބޯޑަރު ހުރަސްކޮށް އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދީފައެވެ.  އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން މީގެ ކުރިން ބުނެފައި ވަނީ، މި ކްރޮސިން ހުޅުވުމުން، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދުވާލަކު އެހީދޭ 200 ޓްރަކް އެތެރެވުމުގެ ހުއްދަ ދިނުމަށް ވެފައިވާ ވައުދަށް އިހުތިރާމް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކަރްމް އަބޫ ސަލީމް ބޯޑަރު ކްރޮސިންއިން އިންސްޕެކްޓްކޮށްފައިވާ އެހީގެ ގާފިލާތަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށް އިސްރާއީލުން ވެފައިވާ އެއްބަސްވުމުގެ ސަބަބުން، ރަފާ ބޯޑަރު ކްރޮސިން މެދުވެރިކޮށް ޣައްޒާއަށް ވަނުމަށް އެހީދޭ ޓްރަކްތައް އެނބުރި މިސްރަށް ދާކަށް ނުޖެހެއެވެ.

އެހީދޭ ޖަމާއަތްތަކުން ވަނީ މިސްރުގެ ރަފާ ބޯޑަރު ހުރަސްކުރުމަށް އެނބުރި ދާން މަޖުބޫރު ކުރުމެއް ނެތި އިންސްޕެކްޝަނަށް ފަހު ސީދާ ޣައްޒާއަށް އެހީގެ ގާފިލާތައް ވަނުމަށް ގޮވާލާފައެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އަވަސްކުރުމަށް އިސްރާއީލާއެކު ވެވުނު އެއްބަސްވުމަށްފަހު މިސްރުން ވަނީ މިދިޔަ އަންގާރަ ދުވަހު ކަރްމް އަބޫ ސަލީމް ބޯޑަރު ހުރަސްކުރުމުގެ މަސައްކަތް ފަށާފައެވެ.

ފަލަސްތީނުގެ މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ދިފާއީ ވުޒާރާގެ އިދާރާ، ކޯގަޓް އިން އާދީއްތަ ދުވަހު ބުނީ އާދީއްތަ ދުވަހުން ފެށިގެން އދ.ގެ އެހީގެ ޓްރަކްތައް ސެކިއުރިޓީ ޗެކްކޮށް، ސީދާ ކަރްމް އަބޫ ސަލީމް މަގުން ޣައްޒާއަށް ބަދަލުކުރާނެ ކަމަށެވެ. އދ އިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ މި އެއްބަސްވުމަށް ހަލުވިކަމާއެކު އަމަލުކުރަން ފެށުމުން އެހީ ގެނައުން އިތުރުވެގެންދާނެ ކަމަށާއި އިންސާނީ ހަނގުރާމަ ހުއްޓާލުމުން ޣައްޒާގެ އެކި ހިސާބުތަކުގައި އެ އެހީ ތައް ބެހުން އިތުރަށް އިތުރުވެގެންދާނެ ކަމަށެވެ.

އެހެންނަމަވެސް، ކޯގަޓްގެ ސިވިލް ޑިޕާޓްމަންޓްގެ ހެޑް ކާނަލް އެލާޑް ގޯރެން ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންކްލޭވްގެ ދެކުނު ފަރާތަށް ބަދަލުވުމަށް އިސްރާއީލުގެ އިރުޝާދާ އެއްގޮތަށް އުޅުނު ޣައްޒާގެ ރައްޔިތުންނަށް އެހީ ބެހުމުގެ ޤާބިލުކަން އިންސާނީ އިދާރާތަކުން އިތުރުކޮށްފައި ނުވާ ކަމަށެވެ.

އދ.ގެ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޖޫލިއަޓް ޓޫމާ ވަނީ މި ވާހަކަތައް ދޮގުކުރައްވައިފައެވެ. އޭނާ އެކްސްގައި ވިދާޅުވީ "ވައިގެ ހަމަލާތަކުން ފުރިފައިވާ ޣައްޒާގެ އުޑުގެ ދަށުގައި" އެއްވެސް އެހީއެއް ދެވެން ނެތް ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އަލްއަޤްޞާ އޮޕަރޭޝަން ފެށުމުގެ ކުރިން ކަރްމް އަބޫ ސަލީމް ބޯޑަރު ބަންދުކޮށް ފަލަސްޠީނުގެ ސަރަޙައްދަށް ވަންނަ މުދަލުގެ 60 އިންސައްތަ އިސްރާއީލުން ވަނީ ހުއްޓުވާފައެވެ.

މިސްރާއި އިސްރާއީލާއި ޣައްޒާގެ ބޯޑަރުގެ ޖަންކްޝަންގައި ހުންނަ ކަރްމް އަބޫ ސަލީމް އިންސްޕެކްޝަނަށް ފަހު ވަގުތުން އެ ސަރަހައްދަށް ޓްރަކްތައް ވަނުމުގެ ހުއްދަ ދޭތީ ރަފާ ބޯޑަރު ކްރޮސިންއަށް މިހާރުވަނީ ވަރަށް ބޮޑަށް ލުއި ލިބި ހަރަކާތްތައް ހަލުވިވެފައެވެ.

މީގެ ކުރިން އާދީއްތަ ދުވަހު އަލްކަހެރާ ނިއުސް ޗެނަލްގެ ވެބްސައިޓުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ހަ ފިއުލް ޓްރަކާއި އެހީ ހިފައިގެން ދިޔަ އިތުރު 40 ޓްރަކެއް ވަނީ ވަދެފައެވެ.

އެ ވެބްސައިޓުގައި އިތުރަށް ބުނެފައިވަނީ ޒަހަމްވި ފަލަސްތީނުގެ ހަތަރު މީހަކު މިސްރުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދުމަށް ވަށާލާފައިވާ ސްޓްރިޕުން ރަފާއަށް އައިސްފައިވާ ކަމަށެވެ.

އދ.އިން އަންދާޒާކުރާ ގޮތުގައި 1.9 މިލިއަން މީހުން ގެދޮރު ގެއްލިފައިވާއިރު، އެހީދޭ ޖަމާއަތްތަކުން ބިރުގަންނަނީ ވަރަށް އަވަހަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުން އެ ސަރަހައްދުގެ ޙާލަތު އިތުރަށް ގޯސްވެދާނެތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު