Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިޑްރޯގްރަޕިކް ސަރވޭ

އިންޑިއާއެކުވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު، ކަނޑުގެ ސަރވޭ ހަދާ ޗައިނާގެ ބޯޓެއް ރާއްޖެ އަންނަން ހުއްދައަށް އެދިއްޖެ

18 ޑިސެމްބަރު 2023 | ހޯމަ 02:07

ދިރާސާކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަހުކޮޅާ ހަމައަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޑިސެމްބަރު 2023 | ހޯމަ 02:07
ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

އިންޑިއާއެކުވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު، ކަނޑުގެ ސަރވޭ ހަދާ ޗައިނާގެ ބޯޓެއް ރާއްޖެ އަންނަން ހުއްދައަށް އެދިއްޖެއެވެ.

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިމުމަކަށް ގެނައިކަން ސަރުކާރުން ހާމަކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުމުގައިވާގޮތުން އެ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އިންޑިއާއަށް އަންގަންޖެހެއެވެ. އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދެއެވެ. އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމާ އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ސަރުކާރުން ބުނެއެވެ.

Advertisement - newsAdvertisement

އަދި ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާކުރުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމްކޮށް ދިވެހި އަސްކަރިއްޔާއިން އެކަން ކުރުމަށް ބަޖެޓްވެސް ވަނީ ހޯދާފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެ ފަހިގޮތަކީވެސް އެއީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް އިންޑިއާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިތާ ހަފްތާއެއް ނުވަނީސް، ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދެއް ރާއްޖެ އައުމުގެ ހުއްދައަކަށްވަނީ އެދިފައެވެ. އަދި އެ ބޯޓު އޮތީ ހުއްދަ ލިބުމާއެކު އަންނަން ތައްޔާރަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއާއި އިތުރު ނޫސްތައް އަދި ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު، އަންނަ މަހުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ.

ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓެއް ދެކުނު އިންޑިއާ ކަނޑުގެ ދިރާސާކުރުމަށް ރާއްޖެއަށް ބަނދަކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާއިރު، އޮކްޓޯބަރު މަހު ލަންކާއަށްވެސް، ޗައިނާގެ ދިރާސާކުރާ ބޯޓެއް ބަނދަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ލަންކާއަށް ބަނދަރުކުރީ "ޝި ޔާން6" އެވެ. ލަންކާއިން ވެސް މިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ފައިސާ ނުދެއްކިގެން ޗައިނާއަށް ނަގާފައިވާ ލަންކާގެ ހަންބަންޓޯޓާ ބަނދަރުގައި ޗައިނާގެ ކަނޑުގެ ދިރާސާތައް ކުރާ ބޯޓު ބަނދަރުކޮށްފައި އޮތް ކަމަށް ލަންކާގެ ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖެ އަދި ލަންކާގައި ބަނދަރުކުރާނީ ޗައިނާގެ ކަނޑުގެ ދިރާސާކުރާ "ޝިއާން ޔޭން ހޮންގ 3" ނަމަަކަށް ކިޔާ އުޅަނދެވެ. ހުއްދަ ލިބެންދެން އެބޯޓު މިހާރު އޮތީ ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައެވެ. މިއީ 4813 ޓަނުގެ އުޅަނދެކެވެ. މި އުޅަނދުގައި އެންމެ ފަހުގެ ސަރވޭ އަދި ސަރވައިލެންސް އާލާތްތައް ގާއިމްކޮށްފައިވެއެވެ.

ދިރާސާކުރުމަށް އަންނަ ބޯޓު ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާއިރު، ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަހުކޮޅާ ހަމައަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

18 އޯގަސްޓު 2017
އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި
08 އޯގަސްޓު 2017

ރަސްފަންނުގައި ޕެވެލިއަން ހިންގަން ހެދި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާންކޮށްފި

08 އޯގަސްޓު 2017
ރަސްފަންނުގައި ޕެވެލިއަން ހިންގަން ހެދި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާންކޮށްފި
06 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު

06 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު
05 ޖުލައި 2017

ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް

05 ޖުލައި 2017
ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް
26 ޖޫން 2017

ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް

26 ޖޫން 2017
ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް
26 ޖޫން 2017

ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެއުމަކީ އަޅުގަޑުމެންގެ އަމާޒު: ނަޝީދު

26 ޖޫން 2017
ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެއުމަކީ އަޅުގަޑުމެންގެ އަމާޒު: ނަޝީދު
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް