Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުމެއިދު ހޯދުން

ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް

ތަހުގީގުގައި ފުލުހުންނާއެކު ސިފައިންވެސް ހަރަކާތްތެރިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 26 ޖޫން 2017 | ހޯމަ 11:01
ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ

ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ

ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މުޙައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި ކަނޑުގެ ސަރަހައްދު ހުއްޓާނުލާ ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ސަދާން އޭރިއާގެ ސިފައިން މިހާރު ވެސް ގެންދަނީ ކަނޑުގެ މަތީ ފަށަލަ ބަލަމުން ކަމަށާއި މި ބެލުންތައް ކުރިއަށްގެންދަނީ ކަނޑުގެ އޮއި ހުންނަ ގޮތަށް ބަލައިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ ކަނޑުގެ ބޮޑު ސަރަހައްދެއް މިހާރު ވެސް ބަލާފައިވާއިރު އައްޑޫ ފްލައިން ސްކޫލުގެ އެހީތެރިކަމާ އެކު ވައިގެ މަގުން އަދިވެސް ހުއްޓުމެއް ނެތި ބަލަމުން އަންނަ ކަމަށެވެ.

އުމުރުން 27 އަހަރުގެ ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ އިރު، މިހާތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް، އަދި ލިބިފައިނުވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު ސުމައިދުގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިޒޯޓްކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ފަޅު ރަށްތައް ވެސް ބަލަމުންނެވެ.

މިމައްސަލާގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ސުމައިދާ އެކު މަހަށް ދިޔަ ސ. ފޭދޫ ފަހާގޭ ހުސައިން ސައީދު ބައެއް މީޑިޔާތަކަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން މަހަށް ދިޔަ 17 ފޫޓުގެ ޑިންގީ ބަންޑުން ޖަހާލީ، ނެނގި ބޮޑު ރާޅަކާ އެކުގަ އެވެ. މި ހާދިސާގައި ސުމައިދުއާ އެކު މަހަށް ދިޔަ އަނެއް ދެ މީހުން ސަލާމަތްވީ ފަތާފައި ގޮސް ސަންގްރި-ލާ ރިސޯޓަށް އަރައިގެންނެވެ.

"ބަންޑުން ޖަހާލި" ޑިންގީ ފަޅު ރަށުން ފެނުނު އިރު، އޭގެ ތެރެއިން ޑިންގީގައި ހުރި ގިނަ ސާމާނުތައް ހުއްޓެވެ. އެހެންވެ ސުމައިދުގެ އާއިލާ އިން ވަނީ ޑިންގީ ބަންޑުން ޖަހާލި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ބުނަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު