Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލެޓް މައްސަލަ

ފުލެޓް މައްސަލައިގެ ތަހުގީގަށް މީހުން ހާޒިރުކުރަން ފަށައިފި

އޭސީސީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިން މިނިސްޓްރީން ދީފައިވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޑިސެމްބަރު 2023 | އާދީއްތަ 18:26
އޭސީސީ މެމްބަރުން މަޖިލީހުގެ ކޮމިޓީގައި

އޭސީސީ މެމްބަރުން މަޖިލީހުގެ ކޮމިޓީގައި

ފުލެޓް މައްސަލައިގެ ތަހުގީގަށް މީހުން ހާޒިރުކޮށް ބަޔާން ނަގަންފަށައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުޤީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް، މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން އެކޮމިޝަނަށް ދިނުމާއެކު، ތަޙުޤީގުގެ މަސައްކަތް އިތުރަށް ފުޅާކޮށް އެކާމާ ގުޅޭގޮތުން ތަޙުޤީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ތަޙުޤީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ކޮމިޝަނުން ނަގަމުންދާ ކަމަށެވެ.

އަދި މިއީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށްވުމުން، ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ތަޙުޤީގު ނިމުމަށް ކޮމިޝަނުގައި މިކަމަށް ބޭނުންކުރެވެންހުރި، ފަންނީ އަދި އިންސާނީ ވަޞީލަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިން މިނިސްޓްރީން ދީފައިވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި 4000 ފުލެޓް ލިބިފައިވާ މީހުންގެ މެދުގައި ކަންބޮޑުވުންތަކެއް ވެސް މިކަމުގައި އެބަހުއްޓެވެ. ސަރުކާރު ބަދަލުވެ އޭސީސީން މި މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ބައެއް ފަރާތްތަކުން އަންނަނީ މި ސަރުކާރުގައި ހިމެނޭ ސިޔާސީ އިސް ފަރާތްތައް ބޭނުންވާ ގޮތަށް މިހާރު ފުލެޓް ލިބިފައިވާ ފަރާތްތަކުގެ އަތުން ފުލެޓްތައް އަތުލާ، ސަރުކާރުން ބޭނުންވާ މީހުންނަށް ފުލެޓް ދޭން އުޅޭކަމަށް ތުހުމަތުކޮށްފައެވެ.

މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންފުޅުވާ ބައެއް ފަރާތްތަކާއި، އޭސީސީގެ މެންބަރުން ބޭނުންވެގެން ބައެއް ފުލެޓްތައް އަތުލަން ނިންމާފައިވާކަމަށް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މީހުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު