Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަވާއިދާ ޚިލާފަށް ބަންގްލަދޭޝް މީހުން އެތެރެކުރުން

ގަވާއިދާ ޚިލާފަށް ބަންގްލަދޭޝް މީހުން އެތެރެކުރަން ސަރުކާރުން ނިންމުން: ޖަވާބެއް ނެތް ސުވާލެއް!

ބަންގްލަދޭޝްއިން މީހުން ގެންނަ ކޯޓާ ވަނީ މިދިޔަ ސަރުކާރުގައި ހަމަވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2023 | އާދީއްތަ 13:37
ބިދޭސީންތަކެއް

ބިދޭސީންތަކެއް

ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން, މި މަހުގެ 17ން ފެށިގެން އަލުން ހުއްދަ ދޭން ފަށާފައިވާކަމަށް ސަރުކާރުން ކުރި އިއުލާނެއް ފެނުނެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނެރުނު އިއުލާނެއްގައި ބުނީ، އެ ހުއްދަ ދޭން ފެށުމާއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައި ވާކަމަށެވެ.

ސަރުކާރުގެ މި އިއުލާން ފެނުމާއެކު އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ހަމަ ކުއްލިއަކަށް މިފަދަ ނިންމުމެއް މި ނިންމީ ކީއްވެގެންބާއޭ ހިތަށްއެރިއެވެ. މާކުރިއެއް ނޫނެވެ. މީގެ އެއް ހަފުތާ ކުރިއަށް ޖެހިލަމާ ހިނގާށެވެ. ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އޮޕަރޭޝަންތަކެއް ފަށާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން މަދުކުުރުމަށް ކަމަށް އޭރު ބުންޏެވެ. އެހެންނަމަވެސް ސަރުކާރުން ބަންގްލަދޭޝްގެ ލޭބަރުން އަލުން އެތެރެކުރަމުން ހުއްދަ ދިނުމާއެކު އެ ބުނި މަގުސަދު މިވަނީ ބާތިލްވެގެން ގޮސްފައެެވެ.

ސަރުކާރުން ބަންގްލަދޭޝްގެ ލޭބަރުން އަލުން އެތެރެކުރަމުން ހުއްދަ ދިންނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން، އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނެވޭނެ އަދަދަކީ އެއްލައްކަ ކަމަށެވެ. ސަރުކާރުން މިހެން ބުނިނަމަވެސް، ކުރީ ސަރުކާރުން ވަނީ ބަންގްލަދޭޝް މީހުން ގެންނަ ކޯޓާ ހަމަވެފައިވާ ކަމަށް ބުނެފައެވެ. އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ކޮންމެ ގައުމަކަށް 150،000 ގެ ކޯޓާއެއް ކަނޑައެޅުމުން، ބަންގްލަދޭޝްގެ ކޯޓާ ހަމަވެފައިވާ ކަމަށާއި، އެހެންވެ އިތުރަށް އެ ގައުމުން މީހުން ނުގެނެވޭނެކަމަށެވެ.

މި އަހަރު ނެރުނު ފޮރިން ލޭބަރ ސްޓެސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓުގައިވާގޮތުން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް 139،220 ބަންގްލަދޭޝް މީހުން މަސައްކަތް ކުރަމުން އެބަދެއެވެ. ސަރުކާރުން ގަވާއިދާ ޚިލާފަށް ބަންގްލަދޭޝް މީހުން އެތެރެކުރަން ހުއްދަ ދިނުމާއެކު، މި އަދަދު ދެ ގުނަ އިތުރުވެގެންދާނެއެވެ. ގާނޫނަށް ބަދަލު ނުގެނެސް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ގާނޫނާ ޚިލާފަށް މިގޮތަށް އަމަލުކުުރުމަކީ މަނާކަމެކެވެ.

މި ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ކޯޓާ ފްރޯޑް ތުހުމަތުގައި، ފުލުހުންގެ އިދާރާގައި ކޭސް ފައިލްކުރެވިފައިވާ ފަރާތަކާ ކޯޓާގެ ކަންކަން ހަވާލުކޮށް، ގާނޫނުގައި ކަނޑައެޅިފައިވާ އަދަދު ހަމަވެފައިވާ ގައުމަކުން، ގާނޫނާ ޚިލާފަށް ހަމައެކަނި މީހުން އެތެރެކުރަން ނިންމުމުން، އެކަމާމެދު ސުވާލު އުފެދޭކަމަށެވެ. 2019ގެ ކުރިން، އަހަރަކު އެތައް ބިލިއަން ރުފިޔާއިން ބަންގްލަދޭޝް މީހުންގެ ވަގުފާރި، މުޑުދާރު ބަޔަކު ކުރަމުން ދިޔަކަމަށްވެސް ވިދާޅުވިއެވެ. އަދި 5 އަހަރު ފަހުން، ގާނޫނާ ޚިލާފަށް މިކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގުތިސާދީ އަދި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލު ދެންނެވުމުން، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުހައްމަދު ޝަހީބް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވެން ނެތްކަމަށެވެ. ވާނީވެސް އެހެންތާއެވެ. ޖަވާބު ނުދެވޭފަދަ އަމަލުތައް ހިންގާނަމަ، މި ސަރުކާރު ކީއްކުރަންތޯއެވެ، އެއްވެސް މީހަކަށް ދޭނެ ޖަވާބެއް ނޯންނާނެ ނޫންތޯއެެވެ. ގާނޫނުގެ ތެރެއިން އަމަލުތައް ބަހައްޓާނަމަ ދޭނެ ޖަވާބުތައް ބައިވަރު ހުންނާނެއެވެ. އެހެންނަމަވެސް ކަނޑައެޅިގެން ގާނޫނާ ޚިލާފަށް މި ނިންމި ނިންމުމުގެ ސަބަބުން، ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ. ދެފުށް ފެންނަ، ހާމަކަން ބޮޑު ސިޔާސަތުތަކުގައި ކޮޅުފައިން ޖެހިކަހަލައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް މަހެއް ފުރުނީ ކިރިޔާއެވެ. ގާނޫނާއި ގަވާއިދުތަކުގެ ބޭރުން މި ސަރުކާރުން އަމަލުތައް ބެހެއްޓުމަށް ފޫގަޅާލާފައިވާ "އައްޗި" މަންޒަރުތައް މިހާރު ދަނީ ފެންނަމުންނެވެ. ހާމަކަން ބޮޑު ސިޔާސަތުތަކުގައި އޮންނަނީ ގާނޫނާ ޚިލާފަށް އަމަލުތައް ބެހެއްޓެވުމަށްތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!

21 ފެބުރުއަރީ 2018
މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

09 ފެބުރުއަރީ 2018
ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

28 ޖެނުއަރީ 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު