Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ފްރާންސްގެ މީހަކު މަރާލުން

އިސްރާއީލުން ފްރާންސްގެ ޑިޕްލޮމެޓަކު މަރާލުމުން، ހަމަލާތައް މެދުކަނޑާލުމަށް ގޮވާލުމަށް ފްރާންސްގެ ދާޚިލީ ވަޒީރު އިސްރާއީލަށް!

17 ޑިސެމްބަރު 2023 | އާދީއްތަ 11:21

އިސްރާއީލުން ފްރާންސްގެ ޑިޕްލޮމެޓަކު މަރާލާފައިވަނީ ޣައްޒާގެ ދެކުނުގައި ހުންނަ ޢާންމު ދިރިއުޅޭ ގެއަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 17 ޑިސެމްބަރު 2023 | އާދީއްތަ 11:21
ފްރާންސްގެ ދާޚިލީ ވަޒީރު ކެތަރިން ކޮލޮންނާ

ފްރާންސްގެ ދާޚިލީ ވަޒީރު ކެތަރިން ކޮލޮންނާ

ނިރުބަވެރި އިސްރާއީލޭ ކިޔުނު ދައުލަތުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ތެރޭގައި ފްރާންސްގެ ޑިޕްލޮމެޓިކް ސްޓާފެއް މަރުވުމާއި ގުޅިގެން، ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލުމަށް އެގައުމުގެ ދާޚިލީ ވަޒީރު ކެތަރިން ކޮލޮންނާ އިސްރާއީލަށް ވަޑައިގަންނަވައިފިއެވެ.

އިސްރާއީލުން ފްރާންސްގެ ޑިޕްލޮމެޓަކު މަރާލާފައިވަނީ ޣައްޒާގެ ދެކުނުގައި ހުންނަ ޢާންމުން ދިރިއުޅޭ ގެއަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައެވެ.

އެއާއެކު ހޮނިހިރު ދުވަހު ފްރާންސްގެ ސަރުކާރުން އެކަން ކުށްވެރިކޮށްފައިވާއިރު، އެގައުމުގެ ބޮޑު ވަޒީރު އިސްރާއީލަށް ވަޑައިގެންނެވީ "ދެމިގެންދާގޮތަށް އަދި ވަގުތުން" ޙަމަލާތައް ހުއްޓާލުމަށް ގޮވާލެއްވުމަށް ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަދި ހަމަލާތައް މެދުކަނޑާލުމާއިއެކު ދެ ފަރާތުން ހައްޔަރުކޮށްފައިވާ ހުރިހާ އަސީރުން މިނިވަންކޮށް، ޣައްޒާއަށް ފެނާއި ކާބޯތަކެތީގެ އިތުރުން އިންސާނީ އެހީ ވެއްދުމަށް ވެސް ފުރުސަތު ދެވެން ޖެހޭނެ ކަމަށް ފްރާންސުގެ ސަރުކާރުން ވަނީ ޑިމާންޑްކޮށްފައެވެ.

ކެތަރިންގެ މި ދަތުރުފުޅުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު އެލީ ކޯހެންއާ ތެލްއަވީވްގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލް މާލިކީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލްއާންމުގައި މިހާތަނަށް 18,000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާ އަންހެނުންނެވެ. މީގެ އިތުރަށް ވެސް، އިތުރު އެތައް ހާސް މީހުން ވެއްޓިފައިވާ ގެތަކުގެ ދަށުގައި މަރުވެފައި ނުވަތަ ތާށިވެފައި ތިބޭނެ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 މެއި 2017

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް