Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޑރ މުޙައްމަދު މުޢިއްޒު

ސަރުކާރަށް މަހެއް، އަދި ހަމަ ސުމެއް!

ރަށު ތެރެއިން ގިނަ ރައްޔިތުން ބުނާ އަޑު ވެސް އަހަމެެވެ. މިއޮތީ ވާ ސަރުކާރެކެވެ. ހަމަ ބޯކޮޅު ވަތަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2023 | އާދީއްތަ 07:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އެއް މަސް ދުވަސް ކުރިން، ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްޙޫރިއްޔާ ކަމުގެ މަޤާމާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވީ ވަރަށް ގިނަ ވަޢުދުފުޅުތަކާ އެކުއެވެ. އެ މަޤާމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިން މުޅިން ބިނާ ކުރެއްވީ ދެ ތިން އަސާސެއްގެ މައްޗަށެވެ. އެންމެ ފުރަތަމަ ކަމަކަށް ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމެވެ. އެއީ މި ޤައުމުގައި ހަތިޔާރާއެކު އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ، ރައްޔިތުންގެ ހިތަށް ވަސްވާސް ވައްދައިގެންނެވެ. ދެ ވަނަ ކަމަކަށް، ކުރީގެ ސަރުކާރުން ވިއްކާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމަށެވެ. ތިން ވަނަ ކަމަކަށް، ކުރިން އޮތީ މަތި ބަރު، ބުރަހެލި ސަރުކާރެއް ކަމަށް ވިދާޅުވަމުންނެވެ. ހަމަ އެހެންމެ، ރާއްޖެ ބަނގުރޫޓު ވަނީ ކަމަށް އިއުލާން ކުރައްވަމުންނެވެ.

މިއަދު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އެއް މަސް ދުވަސް ވެފައިވާއިރު، ސަރުކާރު ކުރިއަށް ދަނީ ބަރަވެލި ދުވެލީގައެވެ. ވި ވަޢުދުތައް މަތިން ހަނދާން ނެތިއްޖެ ކަހަލައެވެ. ގެއްލިގެން ދާން އޮތް މިނިވަންކަމުގެ ވާހަކަ މިއަދު ދައްކާނެ މީހެއް ސަރުކާރުގައި ކީއްކުރަންތޯ، ސަރުކާރުގެ ވަސް ޖެހޭ ހިސާބުގައި ވެސް ނެތެވެ. ބަނގުރޫޓުވާން ކައިރިވެފައި ކަމަށް ބުނި ޤައުމުއްގައި، ސަރުކާރުން އެއޮށް ޚަރަދުކޮށް ނަގާލަނީ ފަޓާސް ބަރިއެއް ހެންނެވެ. މަތި ބަރު ސަރުކާރަކުން، މަތި ލުއި ސަރުކާރެއް ޤާއިމު ކުރަން އައިސް، މިއޮށް ޖަހާ ސަކަރާތެއް ނިކަން ދެކިބަލާށެވެ.

ވެރިކަމަށް ބަރާބަރު އެއް މަސް ދުވަސްވީއިރު، މި ޤައުމުގައި ތިބި ކަމަށް ބުނާ ހަތިޔާރު އެޅި އިންޑިއާ ސިފައިންގެ މައްސަލައިގައި ސަރުކާރެކޭ، ކަނު މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. ނުވަތަ މިހެން ވެސް ވެދާނެއެވެ. ކަނީއެއް ނޫނެވެ. ދެ ލޮލަށް ފެންނައިރު ވެސް، އަމިއްލަ އަށް ކަނު ކަމަށް ހެދެނީއެވެ. އިންޑިއާ ސިފައިން ތިބި އަދަދު ސަރުކާރަށް އަދިވެސް ކަށަވަރުވީ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ފުރަތަމަ ވިދާޅުވީ ހާހެއްހާ ސިފައިން ތިބި ކަމަށެވެ. ދެން ބުނީ 77 ސިފައިން ތިބި ކަމަށެވެ. އޭގެ ފަހުން އަދަދު ޔަގީން ނުވެ، ޔަގީން ކޮށްލުމަށް ވެސް ވެއްޓުނެވެ. ދެން މިހާރު 89 އެކޭ ވެސް އެބަ ކިޔައެވެ. އެހެން ވިޔަސް، ތިބި އަދަދެއްގެ ސިފައިން ވިއްޔާ މިހާރު ބާލަން ވެއްޖެތާއެވެ! މިނިވަންކަމާއި އިސްތިޤުލާލަކީ ރައީސް ވިދާޅުވެގެން ނުގެއްލި މަޑުކޮށްލާނެ އެއްޗެއް ނޫންވީއްޔާއެވެ!

ދެން އޮތީ ވިއްކާލި ކަމަށް ބުނާ ކަނޑުގެ މައްސަލައެވެ. އެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ ރާއްޖެއާ އެއްކޮޅަށެވެ. އެހެން ނަމަވެސް، ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑު ވަޒީރަށް ސިއްރު ސިޓީއެއް ފޮނުވި ކަމަށް އޭރު މިބައި މީހުން ގޮވަމުން ދިޔައީ ތަސްބީހަ ފައްޗެއްހެނެވެ. އެ ސިޓީ އާންމު ކުރުމަށް ވެސް ގޮވާލިއެވެ. ނަމަވެސް، ދެ ޤައުމުގެ ވެރިންގެ މެދުގައި މަތީ ފަންތީގައި ދެކެވޭ ވާހަކަތަކުގެ ލިޔެކިޔުންތައް އެއްވެސް އިރަކު، އެއްވެސް ސަރުކާރަކުން ހާމަކޮށެއް ނޫޅެއެވެ. ކުރީގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވިދާޅުވަމުން ގެންދެވީ އެ ވާހަކަފުޅެވެ. އަދި އެ ސިޓީގައި ރާއްޖެ އަށް ގެއްލުމެއް ލިބޭނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ވެސް ކުރީ ސަރުކާރުން ޔަގީންކޮށްދިނެވެ.

އެ ސިޓީގެ ވާހަކަ ވިއްކައިގެން ވެރިކަމަށް ވަޑައިގެން މި ކުރެއްވީ ކޮން ކަމެއް ހެއްޔެވެ؟ މީގެ ކުރިން އާންމު ކުރުމަށް ގޮވާލި ސިޓީ، އާންމު ކުރުމަށް މިހާރު ދެކޮޅު ހަދަނީ ސަރުކާރުގެ ކޯލިޝަންގެ މެންބަރުންނެވެ. މިހާރު އެ ވެރިން ވިދާޅުވަމުން އެ ގެންދަވަނީ އެއީ ވެރިންގެ މެދުގައި ދެކެވޭ ވާހަކަތަކެއް ކަމަށާއި އެކަން އާންމު ކުރަން ނުޖެހޭނެ ކަމަށެވެ. ސަރުކާރުތަކުގެ ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް މިހާރު އެވެެރިން އެބަ ވިދާޅުވެއެވެ. ކުރިން ހާމަކުރަން ބޭނުންވި ސިޓީއެއް ހާމަކުރުމަށް، މިހާރު ދެކޮޅު ހަދަންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ކެމްޕެއިންގެ ތެރޭގައި ރައްޔިތުންނަށް ވިއްކި ދޮގުތައް ފަޅާއަރައި އަމިއްލަ ސޯޓު ބެލިދާނެ ކަމުގެ ބިރު ބޮޑުވީ ހެއްޔެވެ؟

ދެން އޮތީ މަތި ލުއި ކުރުމުގެ ވާހަކައެވެ. ކުރީ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަ ކަމަށާއި ތިމަންނާ މީހުންގެ ސަރުކާރުގައި އެކަން އެހެން ނުވާނެ ކަމަށް ބުނި މީހުން މި ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ؟ ބަރިބަރިއަށް ވަޒީރުން ލައްވާފައި ނުވިތާކަށް ވަޒީރުންގެ ފެންވަރުގައި އޭގެ ދެ ގުނަ އެބަތިއްބެވެ. ވަރު ވަރުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރައްވައިފިއެވެ. މިހާރު ވެސް، ކުރީ ސަރުކާރަށް ވުރެ ސިޔާސީ މަޤާމުތައް ވަކި މަދެއް ނުވާނެއެވެ. އެންމެ ފަހުން ހެދޭ ނުހެދޭއެއް ނޭންގިގެން މި ބުނަނީ، އަދި ސިޔާސީ މަގާމުތަކަށް 50 އިންސައްތަ މީހުން ވެސް އައްޔަންނުކުރެވޭ ކަމަށެވެ. ފިރިމީހާ އަށް ވަޒީރު ފެންވަރުގެ މަގާމެއް ދެއްވާފައި އަނބިމީހާ އަށް ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ވެސް ދެއްވައިފިއެވެ. ގައިމު މަތި ބަރެއް ނުވާތާއެެވެ! އާދޭހެވެ! ބަރެއް ނުވެއެވެ! އަޑި އަށް ދަނީއެވެ!

ބަނގުރޫޓުވާން ކައިރިވެފައިވާ ޤައުމެއްގައި ސަރުކާރުން އެއޮށް ޚަރަދުކޮށްލާ ގޮތެއް ނިކަން ދެކިބަލާށެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް، 23 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. މުލީއާގެ އަށް ބަދަލުވެވަޑައިގެންނެވުމުގެ ކުރިން އެތަނުގެ މަރާމާތަށް ކަމަށް ބުނެ، މިލިއަނުން ޚަރަދު ކޮށްލަނީއެވެ. ނުވިތާކަށް އިހަކަށް ދުވަހު އަޑު އިވުނީ، ސަރުކާރުގެ ބޭނުމަށް ވަޒީރުންނަށް އައު ކާރު ކޮޅުތަކެއް ގެންނަން 140 މިލިއަން ޚަރަދު ކުރަން އުޅޭ ވާހަކައެވެ. ގައިމު މިއީ ބަނގުރޫޓުވާން ކައިރިވެފައިވާ ޤައުމެއްގައި ކުރެވޭނެ ކަންކަން ހެއްޔެވެ؟ އެތައް ސިޔާސީ މަގާމުތަކަކަށް ބޮޑު މުސާރަ ދޭން ޖެހޭނެއެވެ. ދެން މިހުރިހާ ޚަރަދެއް ވެސް ހަމަ ކުރަންވީ ހެއްޔެވެ؟

އަދި އިތުރު އެއް ވާހަކައަކަށް އަލިއަޅުވާލާނަމެވެ. މިއީ އާއިލީ ވެރިކަމާ ދެކޮޅު ކަމަށް ގޮވަމުން އައި ސަރުކާރެކެވެ. އެހެން ވިޔަސް، މިހާތަނަށް ފެންނަނީ އާއިލީ ވެރިކަމެކެވެ. ބައެއް ވާހަކަތަކަށް ބަލާލަމާ ބަހީއެވެ. ރައީސް ޑރ. މުޢިއްޒުގެ ކޮއްކޯފުޅު ފ.ނިލަންދޫ ދާއިރާ އަށް ވާދަކޮށް، ގޮނޑި ކާމިޔާބު ކުރަން ބޭނުންވާތީ، އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރާ އެހެން މީހުންނަށް މަޤާމު ދީގެން ނަން ނަގުވަނީއެވެ. ރައީސްގެ އެންމެ އަރިސް ބޭފުޅާ، ޢަބްދުއް ރަހީމް ޢަބްދުالله (އަދުރޭ)ގެ މުޅި އާއިލާ އެއްކޮށް ސަރުކާރުގައެވެ. އޭނާގެ ބޭބެ އިންނާއި ކޮއްކޮމެން އަދި ޚުދު އަމިއްލަ ދަރިފުޅު ވެސް ސަރުކާރުގައެވެ. ގާތްގަނޑަކަށް އަދުރޭ އާއިލާގެ 30 އެއްހާ މީހުންނަށް ސަރުކާރުން މަގާމުތައް ދީފި ކަމަށް ވާހަކަ ދެކެވެއެވެ. މިއީ ދެ އާއިލާއަކަށް ބަރޯސާވެ، ހުސްވެފައިވާ ސަރުކާރެއް ނޫން ހެއްޔެވެ؟

ކޮންމެ ގޮތެއް ވިޔަސް، ސަރުކާރަށް އެއް މަސް ދުވަސް ފުރުނުއިރު، އަދި ހަމަ ސުމެކެވެ. ރައްޔިތުންނަށް ވީ ވައުދާ ދިމާ އިދިކޮޅަށް ސަރުކާރު ދަނީއެވެ. ރަށު ތެރެއިން ގިނަ ރައްޔިތުން ބުނާ އަޑު ވެސް އަހަމެެވެ. މިއޮތީ ވާ ސަރުކާރެކެވެ. ހަމަ ބޯކޮޅު ވަތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު