Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ޤައުމީ އަންހެން ޓީމު

ފީފާ އަންހެން ރޭންކިންގެ އެއްވަނައިގައި ދުނިޔޭގެ ޗެމްޕިއަން ސްޕެއިން

ދުނިޔޭގެ އެއް ވަނަ އަށް ސްޕެއިން ޖެހިލީ ކުރިން އެ މަގާމުގައި އޮތް ސްވީޑްން ފަހަތަށް ޖައްސާލުމަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2023 | ހޮނިހިރު 03:52
ވޯލްޑް ކަޕްގެ ތައްޓާއެކު ސްޕެއިންގެ ކުޅުންތެރިން ބަހުގައި

ވޯލްޑް ކަޕްގެ ތައްޓާއެކު ސްޕެއިންގެ ކުޅުންތެރިން ބަހުގައި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަންހެން ރޭންކިންގެ އެއް ވަނަ އަށް، ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ޖެހިލައިފި އެވެ.

ދުނިޔޭގެ އެއް ވަނަ އަށް ސްޕެއިން ޖެހިލީ ކުރިން އެ މަގާމުގައި އޮތް ސްވިޑްން ފަހަތަށް ޖައްސާލުމަށްފަހު އެވެ. ފީފާ އިން އާންމު ކުރި އެންމެ ފަހުގެ ރޭންކިންގައި ސްވިޑްން އޮތީ ހަތަރު ވަނައިގަ އެވެ.

މިދިޔަ އޮގަސްޓް މަހު، ފީފާ ވޯލްޑް ކަ ޕްފައިނަލުގައި އިންގްލެންޑް ބަލިކޮށް ސްޕެއިން ވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދައި ދެ ވަނައަށް ޖެހިލައިފަ އެވެ. އެކަމަކު ޔުއެފާ ވިމެންސް ނޭޝަންސް ލީގުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު، އެ ޓީމުން ވަނީ އެންމެ ފަހުން އެއް ވަނަ ހޯދައިފަ އެވެ. ސްޕެއިން ހިމެނޭ ގްރޫޕްގެ އެއްވަނައިގައި އެ ޓީމު އޮތީ ސްވިޑްންއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. މުބާރާތުގެ ސެމީގައި ނެދަލެންޑްސްއާ ދެކޮޅަށް އަންނަ ފެބްރުއަރީ މަހު ކުޅޭނެ އެވެ.

ރޭންކިންގެ ދެ ވަނައަށް އެމެރިކާ ޖެހިލިއިރު ތިން ވަނައިގައި އޮތީ ފްރާންސް އެވެ. ފްރާންސް ވެސް ވަނީ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެމީ ފައިނަލްގައި އެ ޓީމު ނިކުންނަނީ ޖަރުމަނާ ދެކޮޅަށެެވެ. ޕެރިސް އޮލިމްޕިކްސްގެ ޖާގައެއް ގެއްލުނު ޔޫރަޕްގެ ޗެމްޕިއަން އިންގްލެންޑް ހަތަރު ވަނައިގައި އޮތްއިރު، ނޭޝަންސް ލީގުގެ ގްރޫޕްގެ ތިން ވަނައިގައި އޮތް ސްވިޑްން ފަހަތަށް ވެއްޓުނީ ކުޅުނު ހަ މެޗުން، އެންމެ ދެ މެޗުން މޮޅުވެގެންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު