Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިއާގެ ރަނުގެ ރިޒާވް

ރަޝިއާގެ ރަނުގެ ރިޒާވް އައު ރެކޯޑަކަށް!

ޑިސެމްބަރު މަހުގެ ނިޔަލަށް ރަޝިއާގެ ޖުމްލަ ބައިނަލްއަގުވާމީ ރަނާއި ފޮރިން އެކްސްޗޭންޖް ރިޒާވް 592.352 ބިލިއަން ޑޮލަރަށް އަރާ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 15 ޑިސެމްބަރު 2023 | ހުކުރު 06:36
ރަޝިއާއަކީ ރަނާއި އެހެނިހެން އެސެޓްގެ ގޮތުން ދުނިޔޭގައި ފާހަގަ ކޮށްލެވޭ ގައުމެއް

ރަޝިއާއަކީ ރަނާއި އެހެނިހެން އެސެޓްގެ ގޮތުން ދުނިޔޭގައި ފާހަގަ ކޮށްލެވޭ ގައުމެއް

ބޭންކް އޮފް ރަޝިއާގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ރަޝިއާގެ ރަނުގެ ރިޒާވް ވަނީ 151.9 ބިލިއަން ޑޮލަރަށް އަރާފައެވެ.

އަދި މަހުން މަހަށް ބަލާއިރު 2.2 އިންސައްތަ ނުވަތަ 3.198 ބިލިއަން ޑޮލަރުގެ ސްޓޮކައިލް ވަނީ އުފުލިފައެވެ. އެހެންނަމަވެސް، ޖިސްމާނީ ގޮތުން ބަލާއިރު، ރަޝިއާގެ ރަނުގެ ރިޒާވް ގާތްގަނޑަކަށް 16 ޓަނުން ދަށަށް ގޮސް، 2،315 ޓަނަށް ވެއްޓިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރަޝިއާގެ ރަނުގެ ރިޒާވްގެ އަގު އުފުލިގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު އުފުލިގެން ދިއުމުގެ ސަބަބުންނެވެ.

ޑިސެމްބަރު މަހުގެ ނިޔަލަށް ރަޝިއާގެ ޖުމްލަ ބައިނަލްއަގުވާމީ ރަނާއި ފޮރިން އެކްސްޗޭންޖް ރިޒާވް 592.352 ބިލިއަން ޑޮލަރަށް އަރާއިރު، ބޭރުގެ ފައިސާއަކީ 412.261 ބިލިއަން ޑޮލަރެވެ.

ރަޝިއާގެ ބޭރު ފައިސާގެ ރިޒާވްގައި ހިމެނެނީ މަނިޓަރީ ރަނާއި އައިއެމްއެފްގެ ސްޕެޝަލް ޑްރޯއިން ރައިޓްސް (އެސްޑީއާރު) ގެ އިތުރުން އެ ގައުމުގައި ހިފަހައްޓާފައިވާ ބޭރު ފައިސާ އާއި ފިޒިކަލް ރަނެވެ.

ޔޫކްރެއިންގެ މައްސަލައާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަޝިއާއިން ބޭރުގައި ހިފަހައްޓާފައިވާ ރަޝިއާގެ ބޭރު ފައިސާގެ ރިޒާވްގެ ދެބައިކުޅަ އެއްބައި ހުޅަނގުގެ މަރުކަޒީ ބޭންކުތަކުން ފްރީޒްކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ޗައިނާ ޔުއާން ހިމެނޭ ގޮތަށް ރަނާއި ބޭރު ފައިސާ ހިމެނޭ ބާކީ ހުރި އެސެޓްތައް ހުރީ އެ ގައުމުގެ އެތެރޭގައެވެ.

ހުޅަނގުގެ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިނަށް އެހީވުމުގެ ގޮތުން ފްރީޒްކޮށްފައިވާ ރަޝިއާގެ މުދާ ހިފެހެއްޓޭނެ ގާނޫނީ މެކޭނިޒަމެއް ގެނައުމަށެވެ.

ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގައުމުތަކަކުން ރަނުގެ ރިޒާވް އަނބުރާ ގައުމަށް ފޮނުވާލަން ފަށާފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އިންވެސްކޯއިން ކުރިއަށް ގެންދިޔަ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓް މީހުން ބުނީ ރަޝިއާގެ ބޭރު ފައިސާގެ ރިޒާވްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިފެހެއްޓުމުގެ ސަބަބުން ރަނުގެ ހިތްގައިމުކަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މަރުކަޒީ ބޭންކުތަކާއި ސޮވެރިން ވެލްތް ފަންޑުތަކުން އެ ގައުމުތަކުގެ ރިޒާވް ރައްކާކުރުމަށް ހިޔާރުކުރާ ފަރާތްތަކުގެ ހިއްސާ 2020 ވަނަ އަހަރު 50 އިންސައްތައާ އަޅާބަލާއިރު 68 އިންސައްތައަށް އަރައެވެ.

ރަނަކީ މާލީ އެސެޓެއްގެ ގޮތުގައި އިންޓްރިންސިކް ވެލިއު އަދި މުއްސަނދި ތާރީޚެއް އޮތް މައުދަނަކަށް ވާއިރު، ދުނިޔޭގެ އެކި ގައުމުތަކުންނާއި މުއައްސަސާތަކުން ރަނުގެ ރިޒާވް ވަރަށް ބޮޑަށް ހިފަހައްޓާފައި ވެއެވެ. ފޯޓް ނޮކްސް އާއި ނިއުޔޯކް ފެޑް ފަދަ ފޯޓިފައިޑް ވޯލްޓްތަކުގައި 8،000 ޓަނަށް ވުރެ ގިނަ ރަން ރައްކާކޮށްފައި ހުންނައިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި އެއްގައުމެއްގައި އެންމެ ގިނަ ރަން ރައްކާކޮށްފައިވަނީ އެމެރިކާ އިންނެވެ. އެހެންނަމަވެސް، އާދަޔާ ޚިލާފު އެސެޓް ޓްރާންސްފަރގެ ގޮތުގައި ޗައިނާއަށް މިއަށްވުރެ ބޮޑު ރިޒާވްއެއް ހިފެހެއްޓޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޖަރުމަނުވިލާތް، އިޓަލީ، ފަރަންސޭސިވިލާތް، ރަޝިޔާ އަދި ސްވިޒަލޭންޑް އަކީވެސް ދުނިޔޭގެ ނިސްބަތުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑެތި އިޤްތިޞާދު ތަކެވެ.

ޖުމްލަގޮތެއްގައި މަރުކަޒީ ބޭންކުތަކުން މިހާރު ވެސް 35،000 ޓަނަށް ވުރެ ގިނަ ރަން ރައްކާކޮށްފައިވާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ރިޕޯޓް ނުކުރާ ޕްރައިވެޓް، އިންސްޓިޓިއުޝަނަލް އަދި ރީޓެއިލް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ރަނުގެ ސްޓޮކްގެ ޖުމުލަ އަދަދު ގާތްގަނޑަކަށް ދެ ލައްކަ ޓަނަށް އަރައެވެ.

ބާޒާރުގެ ހަލަބޮލިކަމާއި، އިންފްލޭޝަން މައްޗަށްދާއިރު ވެސް މާލީ ރައްކާތެރިކަމަށް ރަނުގެ ރިޒާވް ޤައުމުތަކުން ދަމަހައްޓަމުން އަންނައިރު، ބޭރުގެ ފައިސާއާއި ބޮންޑާއި އެހެނިހެން ރިޒާވް އޮލްޓަނޭޓިވްތަކުން ދޭ މުއްސަނދިކަމަށްވުރެ ރަނުގެ ރިޒާވްއަށް ގައުމުތަކުން ސަމާކަން ދެއެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2019

އައު ސަރުކާރާއިއެކު ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން

17 އެޕްރީލު 2019
އައު ސަރުކާރާއިއެކު ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން
29 ޑިސެމްބަރު 2018

ހަފްތާ ރެސް: ޒުވާނުންނަށް ރަނުގެ ފުރުސަތެއް!

29 ޑިސެމްބަރު 2018
ހަފްތާ ރެސް: ޒުވާނުންނަށް ރަނުގެ ފުރުސަތެއް!
11 ޑިސެމްބަރު 2018

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

11 ޑިސެމްބަރު 2018
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް
20 ނޮވެމްބަރު 2018

ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

20 ނޮވެމްބަރު 2018
ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް
23 އޮކްޓޯބަރު 2018

އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

23 އޮކްޓޯބަރު 2018
އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ
14 މާރިޗު 2018

ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

14 މާރިޗު 2018
ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
26 އޮކްޓޯބަރު 2017

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު