Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕޫޓިންގެ ޕްރެސް ކޮންފަރެންސް

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ލަނޑުދަނޑިތަކަށް ބަދަލެއް ނާންނާނެ، އެ ލަނޑުދަނޑިތައް ހާސިލްވަންދެން ސުލްހައެއް ނެތް: ޕޫޓިން

2024 ވަނަ އަހަރުގެ މާޗް މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕުޓިން ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 17:00
ރައީސް ލަޑިމިއާ ޕޫޓިން

ރައީސް ލަޑިމިއާ ޕޫޓިން

ޔޫކްރެއިންގައި ރަޝިޔާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، އެ ލަނޑުދަނޑިތައް ހާސިލްވަންދެން ސުލްހައެއް ނޯންނާނެކަމަށް، ހަމަލާތައް ދޭންފެށިފަހުން އަހަރުގެ ފަހުކޮޅު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރައީސް ޕޫޓިންގެ ޚާއްޞަ ޕްރެސް ބުރާސްފަތި ދުވަހު ބާއްވާފައި މިވަނީ  2024 ވަނަ އަހަރުގެ މާޗް މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕޫޓިން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނިކޮށެވެ. ބޮޑުވަޒީރުކަމުގެ މަގާމާއެކު، 24 އަހަރު ވެރިކަމުގައި ހުންނެވިއިރު، އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ 2030 ވަނަ އަހަރާ ހަމައަށް ރައީސްކަމުގައި ޕޫޓިން ދެމިހުންނަވާނެއެވެ.

މޮސްކޯގައި އާންމުންނާއި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރަޝިއާގެ ލީޑަރު ވިދާޅުވީ، ސުލްހަ ގާއިމުކުރެވޭނީ ޔޫކްރެއިންގެ "ޑިނަޒިފިކޭޝަން، ޑިމިލިޓަރައިޒޭޝަން އަދި ނިއުޓްރަލް ސްޓޭޓަސް"އަށްފަހު ކަމަށެވެ.

ރަޝިއާއިން ތުހުމަތުކުރާގޮތުގައި ޔޫކްރެއިންގެ ސަރުކާރަށް ބޮޑަށް ނުފޫޒު ފޯރުވަނީ ކިއެވްއާއި ހުޅަނގުގެ މެދުގައި އުފެދިފައިވާ "ހަރުކަށި ނޭޝަނަލިސްޓް" އަދި ނިއޯ ނާޒީ ޖަމާއަތްތަކުންނެވެ. އަދި ޔޫކްރެއިން ނިއުޓްރަލްކޮށް، ނޭޓޯގެ އަސްކަރީ އިއްތިޙާދުގައި ބައިވެރި ނުވުމަށްވެސް ޕޫޓިން ގެންދަވަނީ އަބަދުވެސް ގޮވާލައްވަމުންނެވެ.

ޕޫޓިން ވިދާޅުވީ ޔޫކްރެއިނުގައި މިވަގުތު ރަޝިއާގެ 617،000 ސިފައިން އެބަތިބިކަމަށާއި، އޭގެތެރޭގައި ރަޝިއާގެ ޕްރޮފެޝަނަލް އަސްކަރީ ފައުޖުތަކާއެކު ހަނގުރާމަގައި ސީދާ ބައިވެރިވާ ގާތްގަނޑަކަށް 244،000 ސިފައިންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މިހާރު ރިޒަރވިސްޓުން އިތުރަށް މޮބިލައިޒް ކުރުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންޓްރެކްޓް ސިފައިންގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 486،000 މީހުން އަމިއްލައަށް ސޮއިކޮށްފައިވާކަމަށާއި، މިދިޔަ އަހަރު ގުޅުނު ތިންލައްކަ މީހުންގެ "ފްލޯ ދަށްނުވާ" ކަމަށެވެ.

މިއީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭ ކޮންފަރެންސް ބޭއްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް އެފަދަ ކޮންފަރެންސެއް ބާއްވަން އުޅެފައިވެސް ޕޫޓިން ވަނީ އެ ޖަލްސާ ކެންސަލް ކުރައްވާފައެވެ.

މިއަހަރުގެ ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި؛ ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމަތަކާއި، ސިފައިންނާއި، އެމީހުންގެ އާއިލާތަކަށް ފައިސާ ދިނުމާއި، ރަޝިއާގެ އިޤްތިޞާދާ ބެހޭގޮތުން ވާހަކަދެއްކުން ހިމެނެއެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، ކޭރްސަން ސަރަހައްދުގެ ޑިނިޕްރޯގެ އިރުމަތީ އައްސޭރީގައި ސާބިތުވެގެންތިބި ޔޫކްރެއިންގެ އެންމެ މޮޅު ސިފައިންގެ ސިފައިންތަކެއް ގެއްލުނު ކަމަށެވެ. އޭނާ ގަބޫލުކުރައްވާގޮތުގައި، އެއީ އެ މީހުންނަށް ލިބުނު ހިތާމައެއްކަމަށް ޕޫޓިން ވިދާޅުވިއެވެ.

ހަނގުރާމައިގެ ދެވަނަ އަހަރު ނިމުމަކާ ގާތްވެފައިވާއިރު، ޖޫން މަހު ފެށުނު ކައުންޓަރ އޮފެންސިވްގެ ސަބަބުން ޔޫކްރެއިންއަށް ލިބިފައިވަނީ ވަރަށް ކުޑަ ފައިދާއެކެވެ. ހަމައެހެންމެ މިދިޔަ މެއި މަހު ބޮޑު ޚަރަދެއް ކޮށްގެން ބަޚްމުތު ސިޓީ ހިފުމަށްފަހު، އޭގެފަހުން ރަޝިޔާއަށްވެސް އެއްވެސް ހަރުދަނާ ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.

ޔޫކްރެއިންގެ ސަރަޙައްދުގެ ގާތްގަނޑަކަށް ހަބައިކުޅަ އެއްބައި ރަޝިއާއިން ކޮންޓްރޯލް ކުރަމުންދާއިރު، ރަޝިޔާގެ ބައެއްގެ ގޮތުގައި އޮތް، އަދި މިދިޔަ އަހަރު ޔޫކްރެއިނުން ދަޢުވާކުރި ޔޫކްރެއިންގެ 4 ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއް މުޅިން ރަޝިއާއަށް ކޮންޓްރޯލެއް ނުކުރެވެއެވެ.

ހުޅަނގާއެކު މިހާރު ހިންގަމުންދާ ހަނގުރާމައާއި ގުޅުންތަކާ ބެހޭގޮތުން ޕޫޓިން ވިދާޅުވީ، ޔޫކްރެއިން، ނޭޓޯގެ ދަށަށް ގެންގޮސް، ރަޝިއާގެ ބޯޑަރުތަކާ ދިމާލަށް އެނބުރި ދިއުމުގެ ސަބަބުން މި ހިތާމަވެރި ހާދިސާއަށް މަގުފަހިވީ ކަމަށެވެ.

ރަޝިޔާއާ ޗައިނާއާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން އޭނާ ވިދާޅުވީ، ޗައިނާއާއެކު އޮންނަ ގުޅުމުގެ ފެންވަރު މިހާރު އޮތީ އެ ގުޅުން ދާންވީ އެންމެ މައްޗަށް ގޮސްފައިކަމަށެވެ.

އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމުތަކުގެ ވީޓޯގެ ބާރުފަދަ، އދ.ގެ މެކޭނިޒަމްތައް ދެމިއޮތުމަކީ މުހިންމު ކަމެއް ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅޭގޮތުން ތުރުކީގެ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، 2024 ވަނަ އަހަރުގެ ކުރީކޮޅު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާ ބައްދަލުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

2024 ވަނަ އަހަރުގެ ޕެރިސް ސަމަރ އޮލިމްޕިކްސްއާ ބެހޭގޮތުން ޕޫޓިން ވިދާޅުވީ، ރަޝިއާ މީހުން ވާދަކުރުމާ ދެކޮޅު ނޫންކަމަށާއި، ނަމަވެސް އެ ޙަރަކާތަކީ ރަޝިއާގެ ކުޅިވަރު މަރާލުމަށް ފަރުމާކޮށްފައިވާ ޙަރަކާތެއްތޯ އެގައުމުން ވިސްނަންޖެހޭ ކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ން މިދިޔަ ހަފުތާގައި ބުނެފައިވަނީ, ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުން މަނާކޮށްފައިވާ، ރަޝިއާއާއި ބެލަރޫސްގެ ކޮލިފައިން އެތުލީޓުންނަށް މި ގޭމްސްގައި ބައިވެރިވެވޭނީ ދިދައާއި ނިޝާން ނުވަތަ ގައުމީ ސަލާމް ނެތް ނިއުޓްރަލް ކުޅުންތެރިންގެ ގޮތުގައި ކަމަށެވެ.

އައިއޯސީން ހުށަހަޅާފައިވާ ޝަރުތުތައް ވަރަށް ރަނގަޅަށް އެނަލައިޒް ކުރަންޖެހޭކަމަށް ޕޫޓިން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2020

ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި

18 ޖުލައި 2020
ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި
14 މާރިޗު 2020

ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

14 މާރިޗު 2020
ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް
03 އޮކްޓޯބަރު 2019

ޖަލުގެ ޙާލަތަށް ބަދަލެއް ނާދޭ!

03 އޮކްޓޯބަރު 2019
ޖަލުގެ ޙާލަތަށް ބަދަލެއް ނާދޭ!
28 މާރިޗު 2019

ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދީފި!

28 މާރިޗު 2019
ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދީފި!
01 ޖެނުއަރީ 2019

2018: އިޤްތިސާދީ ބޮޑު ބަދަލެއް ނުފެނުނު!

01 ޖެނުއަރީ 2019
2018: އިޤްތިސާދީ ބޮޑު ބަދަލެއް ނުފެނުނު!
13 މާރިޗު 2018

ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

13 މާރިޗު 2018
ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.
14 ފެބުރުއަރީ 2018

ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

14 ފެބުރުއަރީ 2018
ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!
01 ސެޕްޓެމްބަރު 2017

ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!

01 ސެޕްޓެމްބަރު 2017
ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!
08 ޖުލައި 2017

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

08 ޖުލައި 2017
ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު