Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނަށް ރުހުން ދިނުން

ވަޒީރުންނަށް ރުހުންދިނުމާ ގުޅޭގޮތުން އެމްޑީޕީ ޕީޖީން އަދި ވަކިގޮތެއް ނުނިންމާ، މަޝްވަރާ ގެންދަނީ ކުރިއަށް

އެމްޑީޕީގެ މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެކަމަށް ވިދާޅުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 12:37
އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަވަނަ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަވަނަ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ)ން ވަކި ގޮތެއް ނުނިންމާކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލު ވިދާޅުވީ، ރައީސް މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން އަދިވެސް މަޝްވަރާ ކުރަމުންދާކަމަށެވެ.

ވަޒީރުންނަށް ރުހުންދިނުމާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީގެ މެމްބަރުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ދަނީ މަޝްވަރާކުރަމުންނެވެ. މި މަޝްވަރާތަކުގައި ވަޒީރުންގެ މަޖިލީހަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް، މެންބަރުން ފާޅުކުރައްވަމުން ގެންދަވާކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު، ސަރުކާރުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ބޭފުޅުންގެ ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށާއި، އެހެންކަމުން މަޖިލީހުގެ ތަޅުމުގައި ވަކިވަކިން އެ ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ. އަދި މިގޮތަށް މިކަން ކުރިއަށް ގެންދިއުމަށް އެމްޑީޕީ ޕީޖީގެ ގިނަ މެންބަރުން ތާއީދުކުރައްވައެވެ.

އިދިކޮޅުގައި އޮތް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން ގެންދަވަނީ، ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އޭގެތެރޭގައި ހައުސިން މިނިސްޓަރު އަލީ ހައިދަރާއި، ފަތުރުވެރިކަމާބެހޭ މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަންފުޅުވެސް ހިމެނެއެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ މަޖިލީހުން ހުރިހާ ވަޒީރުންނަށް ރުހުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު