Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝިއާއުގެ މަރު

ޝިއާއުގެ މަރު: ޝާހިލް އަދިވެސް ހަނު، ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެފި

އެއްބާރުލުން ނުދޭތީ ވަކީލަކު ހަމަޖައްސައިނުދިނުމަށް ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 12:01
ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަވަނަ ދުވަހު މާލޭގެ އެޕާޓްމެންޓެއް ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތުހުމަތުކުރެވޭ އަލީ ޝާހިލްގެ ގައިގައި، ދައުވާއަށް ޖަވާބުދާރީ ނުވެވޭފަދަ ނުކުޅެދުންތެރިކަމެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. މިއަޑުއެހުމުގައި ވެސް ޝާހިލް ވާހަކަދައްކާފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ޝާހިލްގެ ކިބައިގައި ދައުވާއަށް ޖަވާބުދާރީ ނުވެވޭފަދަ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ނުބެލެވޭ ކަމަށެވެ. ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރިފައިވާއިރު، އަމުރުގެ ދަށުން ކޯޓުގައި އެކަނި ބެލޭގޮތަށް ކަނޑައެޅޭ ލިޔުންތައް ބަލަން ޝާހިލަށް އެ ފުރުސަތު އޮތްކަން އަންގާފައިވާ ކަމަށެވެ.

ދެން އޮންނާނީ ޝާހިލް ލިޔުންތައް ދިރާސާކޮށްފައި ދައުވާއަށް ޖަވާބު ދާރީވުމެވެ.

މީގެ އިތުރުން އެޓަރނީ ޖެނަރަލްގެ އޮފީހުން، ދިފާއީ ވަކީލުން ހަމަޖެއްސުމަށް ވެސް އެއްބާރުލުން ނުދޭތީ، ވަކީލަކު ހަމަޖައްސައި ނުދިނުމަށް ވަނީ ނިންމާފައެވެ.

ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ޝިއާއު ފެނުނުއިރު، ހަމަ އެރޭ ކުށުގެ ވެށިން ހައްޔަރުކުރީ ޝާހިލެވެ. އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ.

އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމާއި އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

ޝިއާއުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އެ މައްސަލަ، ދައުވާކުރުމަށް ފޮނުވަންވެސް ގިނަ ދުވަސްތަކެއް ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ ޝިއާއު މަރާލި "މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އޭނާ މަރުވެފައިވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި މަރުވި ފަހުންވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.

ޝިއާއުގެ މަރަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޮތީ ބޮލާއި އަތާއި ފައިވެސް ބުރިކޮށްލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު