Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާޖިދާއަށް ވަޒިފާ ހަމަޖެއްސުން

ސިވިލް ސަރވިސް މުވައްޒަފެއްގެ މެސެޖް: "މެޑަމްކަން ލިބުމަކީ ގަވާއިދުން ހާއްސަ ޝަރުތެއް ކަނޑައަޅަންޖެހޭ ކަމެއް ނޫން"

13 ޑިސެމްބަރު 2023 | ބުދަ 08:25

ނޯޕޭ ލީވްގެ ދަށުން ސާޖިދާއަށް ލުއިދެވޭނެ އެއްވެސް ޖާގައެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޑިސެމްބަރު 2023 | ބުދަ 08:25
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

"މެޑަމްކަން ލިބުމަކީ ގަވާއިދުން ހާއްސަ ޝަރުތެއް ކަނޑައަޅަންޖެހޭ ކަމެއް ނޫން" ކަމަށް ބުނެ ކަންބޮޑުވުންތައް ފާޅުކޮށް، ސިވިލް ސަރވިސްގެ މުވައްޒަފުން މަޖިލީހުގެ މެންބަރުންނަށް މެސެޖްކުރަމުންދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސާޖިދާއަށް ވޭޖް އުސޫލުން ހެލްތު މިނިސްޓްރީގައި ހުންނެވި މަގާމު ދިން މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ މެންބަރުންގެ ޒިންމާ މެންބަރުން ނުއުފުލާކަމުގައިވާނަމަ، ރައްޔިތުން ދެކޭ ހިސާބަށް މި މައްސަލަ މިހާރު ގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުރަތަމަ އައި ހިސާބުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބްރައީސް އަށް، ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެ މެސެޖްކުރެއްވި ކަމަށެވެ. އަދި މެންބަރުން މިކަމުގައި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރެއްވުމަށް ދެންނެވި ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރޮޒައިނާ ވިދާޅުވީ ކޮމިޓީގައި ވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށާއި ސިވިލް ސަރވިސް ގަވާއިދުގެ 197 ވަނަ މާއްދާގެ (ހ) ގެ 2 ގައި އޮތް މަފްހޫމަކީ ވަރަށް ސާފު މަފްހޫމެއް ކަމަށެވެ. އެއީ ދައުލަތުގެ މުވައްޒަފެއް ނުވަތަ ސިވިލް ސަރވިސްގެ މުވައްޒަފެއް ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަން ދާންޖެހުމުން ދޭ ނޯޕޭލީވްގެ ވާހަކަ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ދައުލަތުގެ ވެރިޔާގެ ރާއްޖޭގައި މަސައްކަތްކުރާ އިރު ނޯޕޭލީވް ހަމަޖެއްސޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް އަދި ނައިބްރައީސްގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާ ގާނޫނުގެ 7 ވަނަ މާއްދާގައި، ރައީސްގެ އަނބިކަނބަލުންނަކީ ރައީސްގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ލިބިވަޑައިގަންނަވާ، ދައުލަތުން މުސާރަދޭ ފަރާތެއް ކަމަށެވެ.

އަދި ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އިރުގައި، އޭގައި ރައީސް އައްޔަންކޮށް ވަކިކުރާ ފަރާތްތައް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އޭގައި ރައީސްއާއި ނައިބްރައީސްގެ އަނިބަކަނބަލުން ލިޔެފައި ނޯންނަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސިވިލް ސަރވިސްގައި މަސައްކަތް ކޮށްފާނެ ކަމީ އަންދާޒާކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. މިއީ ގާނޫނު ހަދާއިރު އަންދާޒާ ކުރާ ކަންކަން ނޫން ކަމަށާއި އެފަދަ ހާލަތެއް ކުރިން މެދުވެރިވެފައި ނުވާ ކަމަށް މެންބަރު ރޮޒައިނާ ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީން ގާނޫނަށް ބަދަލު ގެނެސް ރައީސް އަދި ނައިބްރައީސްގެ އަނބި/ފިރިކަލުންނަކީ ސިވިލްސަރވިސްގައި ހިމެނޭނެ ފަރާތެއް ނޫންކަމަށް ހިމަނަން ނިންމަވާފައިވާ ކަމަށް މެންބަރު ރޮޒައިނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް