Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާޖިދާއަށް ވަޒީފާ ހަމަޖެއްސި މައްސަލަ

ސާޖިދާ އެ ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރަށް ނުފޫޒު ފޯރުވަން - މެންބަރު ޔައުގޫބް

މިހާރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް ގުޅުއްވާ ކަންބޮޑުވުން ފާޅުކުރައްވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޑިސެމްބަރު 2023 | ބުދަ 07:56
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީއަށް ވަޒީފައަށް އެ ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރަށް ނުފޫޒު ފޯރުވަން ކަމަށާއި، އެ ކަމަކީ މިނިސްޓަރުގެ މައްޗަށް ސުޕަރ މިނިސްޓަރެއް އައުން ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސާޖިދާއަށް ވޭޖް އުސޫލުން ހެލްތު މިނިސްޓްރީގައި ހުންނެވި މަގާމު ދިން މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ޔައުގޫބް ވިދާޅުވީ މިއީ އާދައިގެ މައްސަލައެއް ނޫން ކަމަށާއި މިއުޅެނީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަޒީފާއަކަށް ނަގައިގެން ކަމަށެވެ. މި މައްސަލަ ފެށުނު ހިސާބުން ވެސް މެންބަރުންނަށް ގުޅުއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް ގުޅުއްވާ ހެލްތު މިނިސްޓަރުގެ މައްޗަށް އިތުރު ސުޕަރ މިނިސްޓަރެއް ލާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް މެންބަރު ޔައުގޫބު ވިދާޅުވިއެވެ.

މެންބަރު ޔައުގޫބު ވިދާޅުވީ އެތަނުގެ އެންމެ އާދައިގެ ވަޒީފާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތަސް، އެންމެންނަށް ސާފުކޮށް އެނގޭ ކަމަަކީ އެ ވަޑައިގަންނަވަނީ އެތަނުގައި ހުރި އެންމެ އިސްވެރިއަކަށް ނުފޫޒުފޯރުވަން ކަމަށެވެ. އޭގެ އަލިގަދަ ދަލީލަކީ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވެސް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ވެސް އަދި ހެލްތު މިނިސްޓަރު ވެސް މިކަމާއި ރުހިވަޑައިނުގެންނެވުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ސާޖިދާއަށް ވަޒީފާ ހަވާލުކުރި އިރު، ސިވިލް ސަރވިސް ގަވާއިދުގެ 197 ވަނަ މާއްދާގެ (ހ) ގެ 2 ނަންބަރުގެ ދަށުން މި މަގާމު ހަމަޖައްސާފައިވާ ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ކޮމިޓީއަށް ގަބޫލުކުރެއްވޭ ގޮތުގައި އެއީ ވަޒީފާ ހަމަޖެއްސޭނެ މާއްދާއެއް ނޫން ކަމަށެވެ.

މެންބަރު ވިދާޅުވީ ކޮމިޝަންގެ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ އެ މަގާމުގައި މިއަދާ ހަމައަށް ހުންނެވިއިރު، ލިބުނު ތަމްރީނާއި އަދި އެނގިފައި ހުރި އެއްޗެއް އެނގިފައިހުރީ ހަމައެކަނި އެ ކަމަނާއަށް ކަމަށެވެ. އެ ސެކްޝަންގެ އިސްވެރިއަކަށް ހުންނަވާ އެ ހުރިހާ ދުވަހު އެތަނަށް އައި ލިބުނު ހުރިހާ ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެން އެކަންކަމުގެ އިތުރު ފުރުސަތާއި ތަމްރީނު ހޯއްދަވާފައިވަނީ ވެސް އެކަމަނާ ކަމަށް ސިވިލް ސަރވިސްގެ ރައީސް ވިދާޅުވިކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ އެކަމުން ހާމަކޮށްދެނީ ނުފޫޒު ބޭނުންކޮށްފައި އޮތް ކަންކަމަށާއި، މިއަދު ދެން އުފެދޭ ސުވާލަކީ ރައީސްގެ އަނބިކަނބަލުން ހެލްތު މިނިސްޓްރީއަށް ދެން ވަޑައިގެންފިނަމަ، ހެލްތު މިނިސްޓްރީގެ ވެރިއަކީ ހެލްތު މިނިސްޓަރުތޯ ނުވަތަ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެެރެއިން އެންމެ އިސްވެރިއަކީ ޕަރަމަނަންޓް ސެކްރެޓަރީތޯ ނުވަތަ ރައީސްގެ އަނބިކަނބަލުންތޯ، މި ސުވާލު އުފެދޭ ކަމަށެވެ. އަދި އެތަނުގެ މާހައުލު ބިރުވެރި މާހައުލަކަށް ބަދަލުވެގެންދާނެ ކަމަށާއި، މިއީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ހައްގުގައި ތެދުވެ، އިސްލާހުކޮށް ހުއްޓުވަން ޖެހޭ ކަމެއް ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
11 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު