Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާޖިދާއަށް މަގާމު ހަމަޖެއްސުން

ސާޖިދާއާއެކު ހެދި އެއްބަސްވުން އުވާލަން ކުއްލި މައްސަލައެއް

13 ޑިސެމްބަރު 2023 | ބުދަ 06:23

އެ ނިންމުމާއި ގުޅިގެން ސިވިލް މުވައްޒަފުން ކަންބޮޑުވުން ހިއްސާކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޑިސެމްބަރު 2023 | ބުދަ 06:23
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ނޯޕޭ ހަމަޖައްސާ، އެ މަގާމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ސިވިލްސަރވިސްގެ ގަވާއިދާ ހިލާފަށް މުސާރަ ނުލިބޭގޮތަށް މިނިސްޓްރީ އޮފް ހެލްތުން އެކަމަނާ ވަޒީފާއިން ވީއްލުމަށްފަހު، އެކަމަނާ ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމަށް، އެ މިނިސްޓްރީއާއެކު އެއްބަސްވުމެއް ހަދާފައިވާތީ އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ ސިވިލް ސަރވިސް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ އެއްބަސްވުން ބާތިލްކުރުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ޔައުގޫބް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ގާނޫނު ކުރިމަތީގައި، އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ މީހެއްކަމާއި، ގާނޫނޫން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުފޫޒު ބޭނުންކުރައްވައިގެން ގާނޫނާއި ގަވާއިދާ ހިލާފަށް 4 އަހަރުގެ ނޯޕޭ ލީވް ނަގާ، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެންގެވުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން 28،000ށް ވުރެ ގިނަ މުވައްޒަފުންގެ މައްޗަށް އެކުލެވިގެންވާ ސިވިލްސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން އެކި ގޮތްގޮތުން ކަންބޮޑުވުން ފާޅުކުރަމުންގެންދާ ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

މެންބަރު ޔައުގޫބް ވިދާޅުވީ އެ ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިވިލް މުވައްޒަފުން ކަންބޮޑުވުން ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި މީގެ 2 މަހެއްހާ ދުވަސްކުރިން އެކަމަނާއާއި އެކަމަނާގެ ފިރިކަލުން ދެއްވާފައިވާ އިންޓަރވިއުއެއްގައި، ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިވަޑައިގެންފިނަމަވެސް އެކަމަނާ ވަޒީފާގައި ހުންނަވާނީތޯ ނުވަތަ ނޫންތޯ ނިންމަވާނީ އެކަމަނާ އަމިއްލަފުޅަށް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އަދި މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަކީ ގާނޫނާއި ގަވާއިދުގެ ތަރަހައިގެ ތެރެއިން ފުރިހަމައަށް ތަރުތީބުވެގެން މަަސައްކަތް ކުރަމުން އަންނަ ކޮމިޝަނަކަށްވިނަމަވެސް، އެކަމަނާ މަގާމުގެ ނުޒޫފުގެ ބޭނުންކުރުމުގެ ސަބަބުން، ކޮމިޝަނަށް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި ފަސްޓްލޭޑީއަށް ހާއްސަކުރައްވައިގެން ސިވިލް ސަރވިސް ކޮމިޝަނުން ގަވާއިދުގެ ރޫހާ ހިލާފަށް ސިވިލް ސަރވިސްގެ ގަވާއިދު ވަކިގޮތަކަށް މާނަކުރައްވާ އަދި ވަކި ގޮތަކަށް އަމަލުކުރެއްވުމަކީ ގާނޫނާއި ހިލާފު އަމަލެއްކަމަށެވެ.

އަދި ސިވިލް ސަރވިސްގެ ގާނޫނުގެ 4 ވަނަ މާއްދާގައި ދޭދޭ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ނުގެންގުޅޭ މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިފައި އޮންނަންވާ ކަމަށާއި، މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތަކަށް ރައްކާތެރިވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ، ކުރާ މަސައްކަތުގެ ހެޔޮބަދަލު ލިބިދެވޭނެ އިންތިޒާމްތަކެއް ގާއިމްކޮށް، ހަމަހަމަކަން ކުރިއަރުވައި، ކެރިއަރ ބޭސްޑް ނިޒާމެއް ގާއިމްވެފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ނިންމުމެއް ނިންމުމުގައި މިނިސްޓްރީ އޮފް ހެލްތުން ނުވަތަ ސިވިލްސަރވިސްކޮމިޝަނުން ކަމުގައި ވިޔަސް، މަގާމުގެ ހައިސިއްޔަތަށް ބަލައި، ނިންމާފައިވާ ނިންނުމަކީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސިވިލްސަރވިސް ގަވާއިދުގެ 197 ވަނަ މާއްދާގެ (ހ) ގައި މުސާރަ ނުލިބޭގޮތަށް ވީއްލޭނެ ކަންތައްތަކުގެ ގޮތުގައި 3 ހާލަތެއް ބަޔާންކޮށްފައިވީނަމަވެސް، އެއިން އެއްވެސް ހާލަތަކަށް އެކަމަނާގެ ނޯޕޭލީވް ޝަރުތު ހަމަނުވިނަމަވެސް، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ގަވާއިދާ ހިލާފަށް ނޯޕޭލީވް 4 އަހަރަށް ހަމަޖައްސާފައިވާ ކަމަށް މި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަދި ސިވިލް ސަރވިސް ގަވާއިދުގެ 110 ވަނަ މާއްދާގެ ދަށުން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ސިވިލް ސަރވެންޓެއްގެ ގޮތުގައި މީގެކުރިން އަދާކުރައްވަމުން ގެންދެވި ވަޒީފާ އަދާކުރެވޭ ގޮތަށް، ހެލްތު މިނިސްޓްރީއާއި ސިވިލްސަރވިސްއާއި ދެމެދު ކޮންޓްރެކްޓެއް ހައްދަވާ އެ ކޮންޓްރެކްޓުގައި 7 ޑިސެމްބަރުގައި ސޮއިކުރައްވާފައިވާއިރު، މި މައްސަލައަކީ ސިވިލް ސަރވިސް ވުޖޫދުވިފަހުން ސިވިލް ސަރވިސް މުވައްޒަފެއް މިފަދަ މަގާމަކަށް އައި ފުރަތަމަ ފަހަރުކަމުގައިވިޔަސް، އެ ނިންމުމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް، ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) އަދި 20 ވަނަ މާއްދާއާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

އަދި އެ ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ސިވިލް ސަރވެންޓުންނަށް ނަފްސާނީ އަސަރުކުރާނެކަމަށް ބުނެފައިވެއެވެ. އަދި މީގެ ކުރިން ސިވިލް ސަރވެންޓަކަށް ދިމާވި ކުއްލި ހާލަތަކާއި ގުޅިގެން، ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން މުސާރަނުލިބޭގޮތަށް ވީއްލައިިދިނުމަށް އެދުނު ނަމަވެސް، ގަވާއިދުގައި ބަޔާންކުރާ ލުއި ދެއްވާފައިނުވާ ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން މަޖުބޫރީ ހާލަތުގައި އޭނާ ވަޒީފާއިން ކެނޑެން ޖެހުނު ކަމަށް ބުނެފައިވެއެވެ. އަދި މިފަދައިން މުވައްޒުންނާއި މެދު ތަފާތުނުކުރުމަށް ގާނޫނުގައި ބާރުއަޅާފައިވާ ކަމަށެވެ.

ނަަމަވެސް ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ބެހޭ ގާނޫނުގެ 7 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންވާނެކަމަށާއި، އެ އެލަވަންސަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައިކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މުސާރައަކީ ދައުލަތުންދޭ މުސާރައަކަށްވާއިރު، އެކަމަނާ އަދާކުރައްވަން ޖެހޭ ޒިންމާތަކެއް އޮންނަ އިރު، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ހެލްތު ނުވަތަ އެހެން މިނިސްޓްރީއެއްގައި މަސައްކަތް ކުރައްވާނަމަ މަސްލަހަތު ފުށުއަރާނެ އެތަކެއް ސަބަބުތަކެއް ހުރުމާއެކު ގިނަ އަދަދެއްގެ ސިވިލް ސަރވެންޓުގެ ހައްގުގައި، އެކަމަނާއާއި ސިވިލް ސަރވިސްއާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ވަނީ ކުއްލި މައްސަލައިގައި ގޮވާލާފައެވެ.

މި ގަރާރު މަޖިލީހުން ބަލައިގަނެ ބަހުސް ކުރުމަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ ތެރެއިން 21 މެންބަރުން ވަނީ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. ކުއްލި މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
12 މާރިޗު 2017

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް