Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީ ޤައުމީ ފުޓުބޯޅަ ޓީމު

އިޓަލީގެ މޮޅު ޑިފެންޑަރު ކިއެލީނީ ކުޅުން ހުއްޓާލަން ނިންމައިފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމިއިރު، ކިއެލީނީގެ އުމުރަކީ 39 އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2023 | ބުދަ 03:20
އިޓަލީ ޤައުމީ ޓީމަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ

އިޓަލީ ޤައުމީ ޓީމަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ

އިޓަލީ ޤައުމީ ފުޓުބޯޅަ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމިއިރު، ކިއެލީނީގެ އުމުރަކީ 39 އަހަރެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައި، ކިއެލީނީ ވަނީ އެކްސް މެދުވެރިކޮށް އެކަން އިއުލާންކޮށްފައެވެ. އޭނާ އެންމެ ފަހުން ކުޅުނީ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އަށެވެ. އެ ކުލަބާ އޭނާ ގުޅުނީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން ކިއެލީނީ ވަނީ އިޓާލިއަން ލީގުގެ ޔުވެންޓަސް އަދި ރޯމާ އަށް ކުޅެފައެވެ. ލިވޯނޯ އިން 2000 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ކިއެލީނީ ވަނީ އޭނާގެ ކުލަބު ކެރިއަރުގައި 716 މެޗު ކުޅެދީ 44 ލަނޑު ޖަހައިފައެވެ. އޭނާ ވަނީ ކުލަބު ކެރިއަރުގައި 23 ތައްޓެއް ކާމިޔާބުކޮށްފައެވެ.

ކިއެލީނީ އަށް އެންމެ ފުރަތަމަ އިޓަލީ ޤައުމީ ޓީމުން ޖާގަ ލިބުނީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ 2022 ވަނަ އަހަރާ ހަމައަށް ޤައުމީ ޓީމަށް 117 މެޗު ކުޅެދީ އަށް ލަނޑު ޖަހައިފައެވެ. އިޓަލީ ޤައުމީ ޓީމާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އިޓަލީން އެ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމުގައި ކިއެލީނީ ވަނީ އިސް ދައުރެއް ވެސް އަދާކޮށްފައެވެ.

ކިއެލީނީ އަކީ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭނެ ކުޅުންތެރިޔެކެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު