Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫ ސިޓީގެ މައްސަލަ

ފިލްޒާ ވިދާޅުވަނީ ގާނޫނު އޮތް ގޮތުން، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވެން ނެތް ކަމަށް

ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އޮގަސްޓު 31 ގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 12 ޑިސެމްބަރު 2023 | އަންގާރަ 12:53
ފާތުމަތު ފިލްޒާ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް

ފާތުމަތު ފިލްޒާ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް

ލާމަރުކަޒީ ގާނޫނުން ތަންނުދޭތީ ހުވަދު އަތޮޅު ދެކުނު ބުރީގެ ތިނަދޫ އަކީ ސިޓީއަކަށް ހެދެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި އޮތް ރަށު ކައުންސިލަށް ސިޓީ ކައުންސިލުތަކަށް ލިބިދޭ ހައިސިއްޔަތާއި ބާރުތައް ވަގުތުން ދިނުމަށް ކުރި އިދާރީ ގޮންޖެހުންތައް ހައްލުކުރުމަށް އެ ރަށު ކައުންސިލުގެ ފަރާތުން ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅާފަ އެވެ. އެ ސިޓީއާ ގުޅިގެން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން އެ މައްސަލަ ބެލުމަށް ފަހު ހޯމަ ދުވަހު ނިންމެވީ ތިނަދޫގެ ކައުންސިލަށް، ސިޓީ ކައުންސިލުގެ ހައިސިއްޔަތު ލިބިދޭ ކަމަށެވެ.

Advertisement - newsAdvertisement

އެ ނިންމުމާއެކު އެ މައްސަލަ ތަޅުމަށް ފޮނުވުމުގެ ކުރިން ކައުންސެލާ ޖެނެރަލް ކޮމެޓީ އަށް ފޮނުއްވި ލަފާގައި ވިދާޅުވީ ކޮމެޓީން ނިންމި ނިންމުމަކީ ގާނޫނުގެ އިމުގެ ތެރެއިން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ކައުންސިލުގެ ދައުރުގެ މެދުތެރެއިން ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް، އެ ސިޓީ ހިންގާނީ ރަށު ކައުންސިލުގެ ބެލުމުގެ ދަށުން ކަމުގައި ފިލްޒާ ވިދާޅުވި އެވެ.

އެހެން ކަމުން އެ ހާލަތުގައި ސިޓީ ކައުންސިލަކަށް ބަދަލުކުރަން ގާނޫނުން ބާރު ނުލިބޭތީ، އެ ރަށުގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް އެ ލަފާގައި ވެއެވެ.

އެއާއެކު، ބުދަ ދުވަހު ބޭއްވި ކޮމެޓީގައި މެންބަރުން ވަނީ ލާމަރުކަޒީ ގާނުނަށް އިސްލާހެއް ގެނައުމަށް ކޮމެޓީގެ މެންބަރުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމެޓީގެ މެންބަރުން ބޭނުންފުޅުވާ ކަމުގައި އެ ކޮމެޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި އެވެ.

އެހެން ކަމުން އެ ކޮމިޓީގެ ރިޕޯޓަށް އެ އިސްލާހު ގެންނާނެ ކަމަށް މުގައްރިރު ވިދާޅުވި އެވެ.

ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އޮގަސްޓު 31 ގައި އެވެ. އެ ނިންމެވުން ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު އިއުލާނު ކުރެއްވީ އެ ރަށަށް ވަޑައިގެން ބޭއްވެވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު