Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލަށް އެމްޑީޕީން ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅައިފި، ދެނީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން

މާލެ ސިޓީ ފެހި ކުރުމާއި ޓްރެފިކް މައްސަލައަކީ ވަރަށް ބޮޑު ދެ މައްސަލަ، ހައްލު ކުރަން ޕްލޭން ވަނީ ހެދިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2023 | އަންގާރަ 08:09
މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ފޯމު ހުށަހަޅުއްވަނީ

މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ފޯމު ހުށަހަޅުއްވަނީ

މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ދާއިރާތަކުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން އެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ހަތަރު ކެންޑިޑޭޓުން މި ފޯމުތައް އީސީއާ ހަވާލުކުރެއްވީ އަންގާރަ ދުވަހު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ފޯމުތަކާ އީސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބުއެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކުގެ ތެރެއިން މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މެދު ހެންވޭރު ދާއިރާއަށް އަހުމަދު ރިޝްވާން ވާދަކުރައްވާއިރު ހެންވޭރު ދެކުނު ދާއިރާއަށް ހައްވާ ނިހުލާ އަދި މާފަންނު ދެކުނު ދާއިރާއަށް އަހުމަދު އިމްރާން ވާދަކުރައްވައެވެ.

ފޯމުތައް ހަވާލުކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހު އޮންނަ މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިންތިޚާބަށް އެއް މަސް ދުވަސް އޮތްއިރު އެމްޑީޕީގެ "ސްޓައިލު" ގެ ކެމްޕޭނެއް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް ކުރިން މެންބަރުން އިންތިޚާބުކޮށްގެން ރައްޔިތުން ބޭނުންވި ބަދަލު ނުފެނުނުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ނުކުންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލީ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީ ފެހި ކުރުމާއި ޓްރެފިކް މައްސަލައަކީ ވަރަށް ބޮޑު ދެ މައްސަލަ ކަމަށާއި އެކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން އެމްޑީޕީން މިހާރު ފައިނަލް ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކޮށް މާލެއަށް ގެންނަން ބޭނުންވާ ބަދަލުތައް ދެނެގަނެ، އެކަންކަން މެނިފެސްޓޯއެއްގެ ގޮތުގައި އެކުލަވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަހަރު މާލޭގެ ރައްޔިތުން ސިޓީ ކައުންސިލް ހޮވުމުގައި ތަޖުރިބާ ހުރި ބޭފުޅުންނަށް ބަލަން ޖެހޭ ކަމަށާއި މޭޔަރު ކަމަށް އެމްޑީޕީން ނުކުންނަވާ އާޒިމް އަކީ އެ ތަޖުރިބާ އަމަލީ ގޮތުން ދައްކަވާފައިވާ ކެންޑިޑޭޓެއް ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލް ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ ބައި އިލެކްޝަން 13 ޖެނުއަރީ 2024 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން، އެ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު އިންތިޚާބުގެ ރަސްމީ ނަތީޖާ 15 ޖެނުއަރީގައި އިއުލާން ކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު