Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްބާސް އާދިލް ރިޒާގެ ޝަރީއަތް

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސްއަށް ދައުވާ އިއްވައިފި

12 ޑިސެމްބަރު 2023 | އަންގާރަ 06:28

އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގައި ބޭއްވޭ ފުރަތަމަ އަޑުއެހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޑިސެމްބަރު 2023 | އަންގާރަ 06:28
ކ. މާލެ / ހ. ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޟާ

ކ. މާލެ / ހ. ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޟާ

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ, ކ. މާލެ / ހ. ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޟާއަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގައި ބޭއްވޭ ފުރަތަމަ އަޑުއެހުމެވެ.

Advertisement - newsAdvertisement

ގާޒީ ވަނީ އައްބާސްއަށް ލިޔުންތައް ލިބިފައިވޭތޯ ކަށަވަރު ކުރެއްވުމަށްޓަކައި ސުވާލު ކުރައްވާފައެވެ. އެގޮތުން އެއްވެސް ލިއުމެއް މަދުވާނަމަ، ޝަރީއަތުގެ ސަމާލުކަމަށް ގެނައުމަށް ގާޒީ ދެންނެވިއެވެ.

މި އަޑުއެހުމުގައި އައްބާސް ވަނީ އޭނާ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައެވެ.

އެހެންކަމުން ޝަރީއަތުން ވަނީ ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް އައްބާސްއަށް ދެއްވާފައެވެ. އެއީ އިބްތިދާއީ މަރުޙަލާގައި ދެއްވަން ލާޒިމުކުރާ މުއްދަތެކެވެ.

އެއަށްފަހު ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ, ޑިސެންބަރު 2022ގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން، ޕެޓްރޯލާއި ގާބުރިފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވެ.

އަދި، 23 ޑިސެންބަރު 2022 ދުވަހު، އޭނާ ބޭނުންކުރާ ޓުވިޓަރ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓްވީޓްކޮށްފައިވެސްވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން އައްބާސް ވަނީ ޕީޖީ އޮފީހުން "ސެލެކްޓިވް ޖަސްޓިސް" ގެންގުޅޭކަމަށް ބުނެފައެވެ. އަދި ވަކީލަކާއެކު ދައުވާއަށް ޖަވާބުދާރީވާނެކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

މި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ ރާއްޖެއިން ބޭރަށް ދާކަމުގައިވާނަމަ، ކޯޓަށް އެންގުމަށްފަހު ދިއުމަށް ދަންނަވާފައެވެ.

އައްބާސްއަށް ޗިޓު ރައްދުނުކޮށްދެވިގެން މި މައްސަލަ ނުފެށި ގިނަ ދުވަސްތަކެއް ވެގެންދިޔައެވެ.

އޭނާ ޝަރީއަތަށް ހާޒިރު ނުކުރެވިގެން އެންމެ ފަހުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުން އިއުލާނު ކުރީ 23 މެއި 2023 ގައެވެ. އެއީ މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އެހެންނަމަވެސް އެ ދުވަހުގެ އަޑުއެހުމަށް ފުލުހުންނަށްވެސް އޭނާ ހާޒިރު ކުރެވިފައެއް ނުވެއެވެ.

އޭގެ ދުވަސްތަކެއް ފަހުންވެސް މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް އޭނާއަށް ޗިޓް ރައްދުކޮށް ނުދެވޭތީ އެ އަޑުއެހުންވެސް ކުރިއަކަށް ނުގެންދެވެއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް