Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބަލިވުމުން އުނދަގޫވި، ކުޅުން ރަނގަޅު ކުރަން ޖެހޭ: ލެވަންޑޯސްކީ

އޭނާ ބުނީ މެޗުގެ އެކި އެކި ކަންކަމަށް ބަލާއިރު، ބާސެލޯނާ އަށް ވުރެ ރަނގަޅަސް ޖިރޯނާ އިން ކުޅުނު މަންޒަރު ފެންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޑިސެމްބަރު 2023 | އަންގާރަ 01:37
ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން އުނދަގޫވި ކަމަށާއި، ޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޖިރޯނާ އިން ވަނީ ބާސެލޯނާ ބަލިކޮށް، އަލުން އެއް ވަނަ އަށް ޖެހިލައިފަ އެވެ. ޖިރޯނާ އަތުން ބަލިވުމާއެކު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެ މެޗުން ލިބުނު ބައްޔަކީ، މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް ލިބުނު ދެ ވަނަ ބައްޔެވެ.

މެޗުގައި ލަނޑު ވެސް ޖެހި ލެވަންޑޯސްކީ އެ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ، އެއީ މުހިންމު މެޗެއް ކަމަށާއި، އެ މެޗުން ބަލިވުމުން ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ. އޭނާ ބުނީ މެޗުގެ އެކި އެކި ކަންކަމަށް ބަލާއިރު، ބާސެލޯނާ އަށް ވުރެ ރަނގަޅަސް ޖިރޯނާ އިން ކުޅުނު މަންޒަރު ފެންނާނެ ކަމަށެވެ. ނަމަވެސް، ބާސެލޯނާ އިން ވެސް މެޗުގައި ކަންތައްތަކެއް ކުރުމަށް މަސައްކަތް ކުރިކަން ފާހަގަކޮށް އޭނާ ބުނީ، ބާސެލޯނާ އަށް ވުރެ ރަނގަޅަށް ޖިރޯނާ ކުޅުމުން އެ ޓީމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އިތުރަށް އޭނާ ބުނީ ބާސެލޯނާ އިން ހިތްވަރު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ޓީމުގައި ހުރި ރަނގަޅު ކަންތައްތަކާއެކު ވެސް ކުރިއަށް ދާން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ބުނީ ބަލިވުމުން ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެންނަނީ މާޔޫސްކަން ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން އަޒުމަކީ ކުރިއަށް ހުރި މެޗުތައް ފުރިހަމަ އަށް ތައްޔާރުވެ، ޖިރޯނާ މެޗުން ހެދުނު ގޯސްތައް ރަނގަޅު ކުރުން ކަމަށެވެ. އެކަންކަމާއެކު ބާސެލޯނާ އަށް ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ބާސެލޯނާ އަށް ދެން އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޯޔަލް އެންޓްވާޕާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް ނިކުންނައިރު، ބާސެލޮނާ ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. އޭގެ ފަހުން ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް އޮންނާނީ ރަށުން ބޭރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު