Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް

ޔުވެންޓަސްގެ އެއްބަސްވުމާމެދު، ރާބިއޮޓް ވަކި ގޮތެއް ނުނިންމާ

އެންމެ ފަހުން އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޑިސެމްބަރު 2023 | އަންގާރަ 01:34
ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ރާބިއޮޓް

ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ރާބިއޮޓް

އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ އެޑްރިއަން ރާބިއޮޓް، އެ ކުލަބުގެ އެއްބަސްވުން އައު ކުރުމާމެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާގެ މަންމަ ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ޔުވެންޓަސް އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮއްވާ، އޭނާ ވަނީ އެއް އަހަރަށް އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، އެންމެ ފަހުން އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަނެއްކާ ވެސް ޔުވެންޓަސް އިން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެކަމުގައި އެ ކުލަބުން ވަނީ ރާބިއޮޓާއެކު މަޝްވަރާ ވެސް ކޮށްފަ އެވެ.

އިޓަލީގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުންް، ޔުވެންޓަސް އާއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ރާބިއޮޓް ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އޭނާގެ މަންމަ ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. ރާބިއޮޓްގެ މަންމަ ބުނީ، މީޑިއާ ތަކުގައި ދައުރުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރާބިއޮޓް އޭނާގެ މުސްތަޤުބަލާމެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް އޭނާގެ މަންމަ ވަނީ ބުނެފަ އެވެ.

ޔުވެންޓަސްގައި އޭނާ ރަނގަޅު ކުޅުމެއް ދައްކަމުން އަންނާތީ ކުލަބުން ބޭނުންވަނީ އޭނާ އެ ކުލަބުގައި ބެހެއްޓުމަށެވެ. މިހާތަނަށް ރާބިއޮޓް ވަނީ ޔުވެންޓަސް އަށް ކުޅެދިން 190 މެޗުން 19 ލަނޑު ޖަހައިފަ އެވެ. އެކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް އެވެ. ރާބިއޮޓް ހޯދުމުގެ ޝައުޤުވެރިކަން އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނާއިރު، ސައުދީ އަރަބިޔާގެ، ސައުދީ ޕްރޯ ލީގުން ވެސް އޭނާ ހޯދުމުގެ ޝައުޤުވެރިކަން މީގެ ކުރިން ފާޅުކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު