Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗްޕީއޭ

މަނާކޮށްފައިވާ ބޭހުގެ ސަބަބުން ކުޑަކުއްޖަކަށް ގެއްލުންވެގެން އަދި ރިޕޯޓު ކޮށްފައި ނުވޭ: ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރުމުން ބޭސްތަކެއް ވަނީ ބޭންކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2023 | ހޯމަ 12:25
މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ބޭސް އެތެރެ ކުރާ ފަރާތްތަކާއި އެޗްޕީއޭގެ ބޭފުޅުން

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ބޭސް އެތެރެ ކުރާ ފަރާތްތަކާއި އެޗްޕީއޭގެ ބޭފުޅުން

ނުރައްކާތެރި މާއްދާއެއް ހުރެގެން މަނާކޮށްފައިވާ ބޭހުގެ ސަބަބުން އަދި މިހާތަނަށް ކުޑަކުއްޖަކަށް ގެއްލުމެއް ވެގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީން އުފައްދާ ބޭސް މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނީ ބޭންކޮށްފައެވެ. އެގޮތުން އެ ބޭހުގައި ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި ބޭސް އެތެރެކުރާ ފަރާތްތައް ވަނީ ހާޒިރުކޮށްފައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ ދަށުން ހިންގާ އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އެ ކެމިކަލްއާ ގުޅޭގޮތުން އެލާޓެއް ނެރުނު ކަމަށެވެ. ނަމަވެސް އެއިރު އެ ކެމިކަލްއަށް ޓެސްޓް ކުރުމުގެ ކެޕޭސިޓީއެއް ރާއްޖޭގައި ނެތް ކަމަށާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން އެ ކެމިކަލްގެ އެލާޓް ނެރެން ފެށުމުން ރިސޯސަސް މަދު ގައުމުތަކުގައި ވެސް ޓެސްޓް ކުރެވޭނެ ގޮތެއް ޑަބްލިއުއެޗްއޯއިން ހެދި ކަމަށް އޭނާ ވިދާޅުވިއެވެ،

ޖަލީލާ ވިދާޅުވި ގޮތުގައި އެމްއެފްޑީއޭއިން މިހާރު ޓެސްޓް ކުރާ މެތަޑް ޑަބްލިއުއެޗްއޯއިން އާއްމު ކުރީ މިއަހަރުގެ 31 އޮކްޓޯބަރުގައި ކަމަށެވެ. އެއާއެކު 6 ނޮވެމްބަރުގައި ޓެސްޓުތައް ހަދަން ފަށާފައިވާއިރު އޭގެ ކުރިން ބަލަމުން އައީ އެލާޓުތަކުގައި ހިމެނޭ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް އަޔަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު ޕާކިސްތާނުގެ ފާމިކްސް ބްރޭންޑުގެ ބޭސްތަކުގައި އެ ކެމިކަލް ހުރިކަން ނޭނގޭކަން ވެސް ފާހަގަކުރެއްވިއެވެ.

އެލާގޯ ބްރޭންޑުގެ ބޭހުގައި މި ކެމިކަލް މާއްދާތައް ފެނިފައިވާ ކަމަށާއި 2021 ވަނަ އަހަރު އެ ބޭހުގެ ގިނަ އަދަދެއްގެ ފުޅި ރާއްޖެއަށް އެތެރެކޮށްފައިވާއިރު ބޭހުގެ ސަބަބުން ދިމާވާ އެއްވެސް އަލާމާތެއް ރިޕޯޓް ކޮށްފައިވޭތޯ ބަލާފައިވާ ކަމަށް ވެސް ޖަލީލާ ވިދާޅުވިއެވެ. އެގޮތުން، ބޭރު ގައުމުތަކުގައި މި ކެމިކަލްގެ ސަބަބުން ގިނަ ކުދިން މަރުވެފައިވަނީ ކިޑްނީ ފެއިލްވެގެން ކަމަށާއި އަލާމާތްތަކުގެ ތެރޭގައި 24 ގަޑިއުރު ތެރޭގައި ކުޑަކަމު ނުދެވުމާއި ބަނޑުގައި ރިއްސުމާއި ހޮނޑުލުން ފަދަ އަލާމާތްތައް ހިމެނޭއިރު މިހާތަނަށް އެއްވެސް ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލީލާ ވިދާޅުވި ގޮތުގައި އެ ބޭހަކީ ބޭސް ސިޓީއަކާ ނުލައި ވެސް ގަނެވޭ ބޭހެއްކަމުން ބަލިވެގެން ޑޮކްޓަރަށް ދައްކާ ކުދިން އެ ބޭސް ބޭނުން ކޮށްފައިވޭތޯ ބެލުމުގައި ދަތިތަކެއް ދިމާވާނެ ކަމަށެވެ.

ޖަލީލާ ވިދާޅުވީ ރާއްޖޭގައި ވިއްކާ އެހެނިހެން ބޭސްތަކުގައި "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރިތޯ ބެލުމަށް ޓެސްޓުތައް ކުރާނެ ކަމަށެވެ. އެގޮތުން ރެންޑަމްކޮށް ރާއްޖޭގެ މާކެޓުން ސާމްޕަލް ނަގައިގެން ޓެސްޓް ކުރަމުންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެސީގެ ހުޅުކޮޅު ނުނިވި ވަނީ އެމްޑީޕީގެ ސަބަބުން: އަފީފު

ޑިމޮކްރެސީގެ ހުޅުކޮޅު ނުނިވި ވަނީ އެމްޑީޕީގެ ސަބަބުން: އަފީފު

26 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

14 ޖޫން 2017
އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ

އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ

03 ޖޫން 2017
ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު

ވިއްސާރަވުމުގެ ސަބަބުން ދެ ފްލައިޓަކަށް އެއަރޕޯޓުގައި ނުޖެއްސުނު

21 މެއި 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު