Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް 2024

ބަޖެޓް 2024: ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ޖަލްސާގެ ވަގުތު އިތުރުކޮށްފި

50 މެންބަރުންގެ އިއްތިފާގުން ވަނީ ހަވީރު 5:00 އާ ހަމައަށް ވަގުތު އިތުރުކުރުމަށް ފާސްކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2023 | ހޯމަ 09:09
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށް އެދިފައިވާ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ ވަގުތު އިތުރުކުރުމަށް ފާސްކޮށްފިއެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ތަޅުމަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނާއިބު މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.

Advertisement - newsAdvertisement

ބަޖެޓް ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ރިޔާސަތުން، ރައީސް މުހައްމަދު އަސްލަމް ވަނީ ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތްމިނެޓުގެ އެއް ފުރުސަތު ދިނުމަށް އާންމު ކޮމިޓީން ލަފާދީފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މެންބަރުންނަށް ފުރުސަތު އެރުވުމުގެ ގޮތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ވަގުތު ހަވީރު 5:00ށް އިތުރުކުރުމާ ގުޅޭ ގޮތުން ވޯޓަށް ވަނީ އަހާފައެވެ. ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ހަވީރު 5:00 އާ ހަމައަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކޮށްފައެވެ. ވޯޓުގައި 50 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރި ކޮމިޓީން ބަޖެޓަށް އިތުރު 306 މިލިއަން ރުފިޔާ އިތުރުކުރުމާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓް ފާސްކޮށްފައިވަނީ ބަޖެޓް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓަށް އިތުރުކުރި ބައިތަކުގެ ތެރޭގައި ދައުލަތުގެ އައު އޮނިގަނޑާއި އެއްގޮތަށް އިތުރުވި މިނިސްޓްރީތަކަށް 20.5 މިލިއަން އިތުރުކޮށްފައިވެއެވެ. މީގެއިތުރުން އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލު ޚަރަދަށް ފަންސާސް ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ އިތުރުވެގެންދާނެއެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު 8.9 މިލިއަން ރުފިޔާއަށް ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓް އިތުރުވެގެންދާނެއެވެ.

މި ބަދަލާ ގުޅިގެން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އޯވަރއޯލް ބަޖެޓު ޑެފިސިޓް 13,769.6 (ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް ނުވައެއް ޕޮއިންޓް ހައެއް) މިލިއަން ރުފިޔާއިން 14,075.7 (ސާދަހާސް ހަތްދިހަ ފަހެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

މި ބަދަލާ ގުޅިގެން ދައުލަތުގެ ޖުމުލަ ދަރަނީގެ މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަންނަ އަހަރަށް 114.3 (ސަތޭކަ ސާދަ ޕޮއިންޓް ތިނެއް) އިންސައްތަ އިން 114.6 (ސަތޭކަ ސާދަ ޕޮއިންޓް ހައެއް)އިންސައްތަ އަށް އިތުރުވެގެންދާނެއެވެ. އަދި ނޮމިނަލް ޖ.ީޑ.ީޕީގެ ނިސްބަތުން އޯވަރއޯލް ބެލެންސް ޑެފިސިޓް 12 އިންސައްތައިން 12.3 އިންސައްތައަށް އިތުރުވާނެއެވެ.

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33,547,021,929 (ތިރީސްތިން ބިލިއަން ފަސްސަތޭކަ ސާޅީސް ހަތް މިލިއަން އެކާވީސްހާސް ނުވަސަތޭކަ ނަވާވީސް) ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

26 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު