Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިފް ރައޫފް

އިންތިފް ރައޫފް ބަޑި ގެންގުޅުނު ކަމަށް ބުނާ މައްސަލަ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި

ހައިކޯޓުން ވަނީ ދައުލަތުން އެދިފައިވާ ގޮތަށް މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޑިސެމްބަރު 2023 | ހޯމަ 09:24
ހ. ހިލްޓަން، މުހައްމަދު އިންތިފް ރައޫފް

ހ. ހިލްޓަން، މުހައްމަދު އިންތިފް ރައޫފް

ހ. ހިލްޓަން، މުހައްމަދު އިންތިފް ރައޫފްގެ މައްޗަށް ކުރި މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ބެހެއްޓި ކަމުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

އިންތިފްގެ މައްޗަށް ދައުވާކޮށްފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މއ. ގޯލްޑަންބީމް ބަލައި ފާސްކުރުމަށް ދިޔުމުން އެ ގޭގެ ވައި ގޮޅީގެ ތެރެއިން އިންތިފު ފިސްތޯލައެއް އެއްލާލާފައިވާ ކަމަށް ބުުނާ މައްސަލައިގައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ އިންތިފްގެ އަތުން ފެނިފައިވަނީ އޭގެ ޒާތުގައި ނުރައްކާތެރި ހަތިޔާރެއްކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ވުމާއެކު އޭރު އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓުގައި ޙުކުމް އިސްތިއުނާފު ކުރީއެވެ.

އެހެންނަމަވެސް އެ މައްސަލަ މިހާރު އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ ދައުލަތުން ވަނީ 27 ނޮވެމްބަރު 2023ގައި ހައިކޯޓަށް ސިޓީއެއް ހުށައަޅާފައެވެ.

އެ ސިޓީގައި މި މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ސަބަބުތައް ވެސް ޕީޖީ އޮފީހުން ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި އިންތިފް ރައޫފުގެ މައްޗަށް މި މައްސަލައިގެ ފަހުން އިތުރު މައްސަލައެއް ހުށައެޅިފައި ނުވުމާއި، މި މައްސަލައިގެ ފަހުން އޭނާގެ ކުށުގެ ރެކޯޑެއް ނެތުމަކީ އޭގެ ސަބަބެކެވެ.

އަދި ޙާދިސާ ހިނގިތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މި މައްސަލަ ސާބިތުވެއްޖެނަމަ ތަންފީޒު ކުރަންޖެހޭނެ ޖަލު އަދަބަކީ 2 މަސް ދުވަހުގެ މުއްދަތު ކަމަށާއި، މި މައްސައިގެ އިސްތިއުނާފު ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ޚާއްސަ ސަބަބެއްވެސް ނެތްކަމަށް ދައުލަތުން ހައިކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ވުމާއެކު، ހައިކޯޓުން ވަނީ ދައުލަތުން އެދިފައިވާ ގޮތަށް މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
26 މާރިޗު 2017

ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

26 މާރިޗު 2017
ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު