Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ޚިދުމަތް ފުޅާކުރުން

ކުރީ ސަރުކާރުގައި ބްލަޑްބޭންކާއި ތެލެސީމިއާ ސެންޓަރު ގާއިމްކޮށް އިތުރު ޚިދުމަތް ހިމެނޭގޮތަށް އިމާރާތެއް އަޅަން ބިން ހަވާލުކޮށްފައިވޭ: އާދިލް

11 ޑިސެމްބަރު 2023 | ހޯމަ 09:05

ތެލެސީމިއާ ސެންޓަރު ވަނީ ވަރަށް ބޮޑަށް ބާވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޑިސެމްބަރު 2023 | ހޯމަ 09:05
ލޭ ހަދިޔާ ކުރަނީ

ލޭ ހަދިޔާ ކުރަނީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނޭޝަނަލް ހެލްތު ލެބޯޓްރީ، ވެކްސިން ސްޓޯރޭޖްގެ 5 ބުރީގެ އިމާރާތް، ނޭޝަނަލް ބްލަޑް ބޭންކް އަދި ތެލެސީމިއާ ސެންޓަރު ގާއިމްކުރުމަށް ހުޅުމާލޭގައި ބިން ކަނޑަޅާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ކުރީ ސަރުކާރުގެ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވެއްޖެއެވެ.

އާދިލް ވިދާޅުވީ މިހާރު މާލޭގައި ހިންގަމުންދާ ތެލެސީމިއާ ސެންޓަރު ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ކަމަށާއި، އެއީ ޚިދުމަތް ފޯރުކޮށްދިނުމަށް އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ. އަދި އެ އިމާރާތުގައި ބްލަޑް ބޭންކްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށް އާދިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާދިލް ވިދާޅުވީ ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދިޔަ މަސައްކަތުގެ ދަށުން ހުޅުމާލެއިން ޚާއްސަ ބިމެއް ކަނޑައަޅައި، އެބިން ހެލްތު މިނިސްޓްރީގެ ދަށަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ ބިމުގައި ނޭޝަނަލް ހެލްތު ލެބޯޓްރީ، ވެކްސިން ސްޓޯރޭޖް 5 ބުރީގެ އިމާރާތް، ނޭޝަނަލް ބްލަޑް ބޭންކް އަދި ތެލެސީމިއާ ސެންޓަރު ގާއިމްކުރުމަށް ނިންމާފައިވާ ކަމަށާއި، ބަޖެޓުގައި ހިމަނާ އެކަން އައު ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ނޭޝަނަލް ހެލްތު ލެބޯޓްރީ ގާއިމްކުރުމަށް ޔޫރަޕިއަން އިވެސްޓްމަންޓް ބޭންކްގެ އެހީ ލިބިފައިވާ ކަމަށާއި، 18.9 މިލިއަން ޔޫރޯ ލިބިފައިވާ ކަމަށެވެ. ވެކްސިން ސްޓޯރޭޖް ގާއިމްކުރުމަށް އޭޑީބީގެ ފަންޑު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބިމުގައި ތެލެސީމިއާގެ ޚާއްސަ ސެންޓަރު ވެސް ގާއިމްކުރެވިގެންދާނެ ކަމަށާއި، ވަކިން ހޮސްޕިޓަލްގެ ނަން ނުދޭ ކަމަށް އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާއާއި ބޭސް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ކުރީ ސަރުކާރުގެ ވެސް އަމާޒު ކަމަށެވެ. އެގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 5 ކުދިން ފޮނުވިކަން އާދިލް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ތެލެސީމިއާގެ ޚިދުމަތްތަކަކީ އާސަންދައިން ލިބޭ ޚިދުމަތްތަކެއް ކަމަށާއި، ބޯންމެރޯގެ ޚިދުމަތަކީ ކުރީ ސަރުކާރުތަކުން ދެމުންދިޔަ ޚިދުމަތެއް ކަމަށެވެ.

ކުރީ ސަރުކާރުން ހުޅުމާލޭގައި ޚާއްސަ ބިމެއް ކަނޑައަޅައި، ފަންޑު ހަމަޖައްސާފައިވާއިރު، އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ, ޕަބްލިކް ޕޮލިސީ, މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ހޮސްޕިޓަލް ގާއިމުކުރާނީ މާލެ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް ހޮސްޕިޓަލް އަޅާނެ ވަކި ތަނެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް