Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރުން ނިމުމަކަށް ގެނައުމަށް އެދިއްޖެ

11 ޑިސެމްބަރު 2023 | ހޯމަ 05:15

އެމޯޓައިޒިންގ ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް 2.5 ޕަސަންޓް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޑިސެމްބަރު 2023 | ހޯމަ 05:15
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީޤް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީޤް

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރުން ނިމުމަކަށް ގެނައުމަށް އެދިއްޖެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރުން ނިމުމަކަށް ގެނައުމަށް އެދިވަޑައިގެންފައިވަނީ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ 26 އެޕްރީލް 2020 ވީ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މައްދާގެ (ހ) (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލުކުރުމަށް 1 އަހަރު ދުވަހުގެ އިސްތިސްނާއެއް ދެއްވާފައި ކަމަށެވެ. މި އިސްތިސްނާއަށް އެދިފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގުދުރަތީ ކާރިސާއެއްކަމުގައިވާ ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމުން ކަމަށެވެ.

އަދި ބަލިމަޑުކަމުގެ ހާލަތު ފިލައިގެން ގޮސްފައި ނުވާތީ ދެ ފަހަރެއްގެ މަތިން އިސްތިސްނާގެ މުއްދަތު އިތުރުކޮށްފައިވާ އިރު، މިހާރު ނިންމާފައިވާގޮތުން އިސްތިސްނާގެ މުއްދަތު ހަމަވާނީ 31 ޑިސެމްބަރު 2023ގައި ކަމަށެވެ. އިޤްތިސާދީ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ވަނީ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ހުރި މިންވަރު ފަހަނައަޅައި ގޮސްފައެވެ.

މީގެއިތުރުން 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައި ކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މިހާރު ނެތުމުން 1 ޖެނުއަރީ 2024ން ފެށިގެން އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) (ރ) އަދި (ބ) އިސްތިސްނާކުރުން ނިމުމަކަށް ގެނެސްދެއްވާ، ޤާނޫނަށް ފުރިހަމައަށް އިއާދަކޮށްދެއްވުމަށް ވަނީ އެދިފައެވެ.

އަދި 2024 ވަނަ އަހަރުގެ ބަޖެޓަށް ހުށަހެޅިފައިވާ ފައިނޭންސިންގ ޕްލޭންގައި ރާވާފައިވާ ފަދައިން އިސްތިސްނާގެ މުއްދަތު ހަމަވާއިރު، ދައުލަތުގެ ޕަބްލިކް އެކައުންޓް އޯވަރޑްރޯވި މިންވަރު އެއްކޮށް ސެކިއުރަޓަރައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާކަމަށް މިނިސްޓަރު ވަނީ ސިޓީގައި ވިދާޅުވެފައެވެ.

ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައި ހުންނަ މިންވަރު ސެކިއުރިޓައިޒްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒިންގ ބޮންޑަކަށް ބަދަލުކުރުމަށާއި އަދި މި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް 2.5 ޕަސަންޓް ކަމުގައި ކަނޑައެޅުމަށް މާލިއްޔަތު ކޮމިޓީން 2021 ވަނަ އަހަރު ނިންމާފައިވެއެވެ.

އަދި 2202 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާއި ހަމައަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަށާއި އަދި 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައި ހުންނަ ކޮންމެ ދުވަހަކު، އޯވަޑްރޯވެފައިވާ ބެލަންސުން އަހަރަކަށް 0.1 ޕަސަންޓްގެ ރޭޓުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންޓްރެސްޓް ޗާޖުކުރާގޮތަށް ހަމަޖެއްސުމަށް ކޮމިޓީން ނިންމާފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް