Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަން ލިބުމުން ގަސްކެނޑުން މައްސަލައަކަށް ނުވި!

އަމީނީ މަގުގެ މަސައްކަތް ކުރުމަށް ގަސްތައް ކަނޑާތީ އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ސަރުކާރަށް ފާޑުކި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2023 | ހޯމަ 02:44
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަހު ސެގްމަންޓުގައި ހުރި ގަސްތައް ކަނޑާލާފައި

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަހު ސެގްމަންޓުގައި ހުރި ގަސްތައް ކަނޑާލާފައި

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ގަސްތައް ކެނޑުމުގެ މަސައްކަތް ފެށުމުން އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއެވެ. މީގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު، ވެސް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ވެސް ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ގަސް ކަނޑާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނު އެ ހުރިހާ ކަންބޮޑުވުމެއްގެ މަތިން ހަނދުމަފުޅު ނެތިއްޖެއެވެ.

ރައީސް މުއިއްޒު އޭރު މާލޭގެ މޭޔަރަކަށް ހުންނަވައިގެން މިއަހަރުގެ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ގަސް އިންދުމައި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ފަރާތުން ފެންނަނީ ގަސްތައް ކަނޑައި ހުސްކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އަމީނީ މަގުގެ ގަސްތައް އެއްކޮށް ނަގަމުންދަނީ، މާލެ ސިޓީ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ނަގަން ޖެހުނު ސަބަބު އޭރު ޕްލޭނިން މިނިސްޓަރަކަށް ހުންނެވި މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައި ވަނިކޮށެވެ. އެގޮތުން އެ ގަސްތަކަކީ ޒަމާންވެފައި ހުރި ބޮޑެތި ބިޔަ ގަސްތަކެއް ކަމަށާއި އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތްކުރުމުގައި ހުރި ޗެލެންޖަކީ، އޮފިއެލޭ ގަސްތައް ހެދެމުންދާއިރު އޭގެ މޫތަކަކީ ވަރަށް ތިލައިގައި ދިގަށް ފެތުރެމުންދާ މޫތަކަށްވުން ކަމަށް ވިދާޅުވިއެވެ. އަދި ގަސްތައް 30 ސެންޓިމީޓަރަށްވުރެ ފަލަވާން ފެށުމުން މަގުތަކުގައި ހުންނަ ކާނުތަކާއި ޕޭވްމަންޓްތައް އަދި މަގަށް އެއިން ގެއްލުންވާކަން ވެސް އޭރު އަސްލަމް ފާހަގަކުރެއްވިއެވެ.

އޭރު ވެސް ސަރުކާރުން ބުނަމުން ގެންދިޔައީ ގަސްތައް ކަނޑަނީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. އޭގެ ބަދަލުގައި އިތުރު ގަސްތައް އިންދާނެ ކަމަށާއި އަމީނީ މަގުން ނަގާ ގަސްތައް ކުޑަގިރިއަށާއި ހުޅުމާލެއަށް ބަދަލުކުރާ ކަމަށް އާރުޑީސީން ވެސް އޭރު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެއިން އެއްވެސް ސަބަބަކަށް ބެއްލެވުމެއްނެތި ރައީސް މުއިއްޒު އާއި އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ފާޑުކީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައިކަން މިއަދު މިވަނީ ސާބިތުވެފައެވެ.

އަމީނީ މަގުގެ މަސައްކަތް އަދިވެސް ނުނިމެއެވެ. ރައިސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި މަޝްރޫއުގެ ފަހު ދެ ސެގްމަންޓުގެ މަސައްކަތް އޮތީ ނުނިމިއެވެ. އެ ދެ ސެގްމަންޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ރައްޔިތުން ހީއްކޮށްގެން ތިބީ އޭރު ވިދާޅުވި ވާހަކަތައް ރައީސް ހަނދުމަފުޅު ހުންނަވާނެ ކަމަށެވެ. ގަސްތަކަށް ގެއްލުން ނުވާގޮތަށް މަޝްރޫއު ހިންގާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ފެށި މަސައްކަތުގައި ވެސް ފެނުނީ ގަސްތައް ކަނޑާލި މަންޒަރެވެ.

އެމަނިކުފާނު އޭރު ދެއްކެވި ވާހަކަފުޅުތަކާއި ވެރިކަން ލިބިވަޑައިގަތުމުން އަމަލުފުޅުތަކާ ދިމާނުވާތީ ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަމިއްލަ ވެރިކަމެއްގައި އަމިއްލަ ބާރު ހިނގާ ކުންފުންޏަކާއި މިނިސްޓްރީއެއްގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއެއްގައި މިހާރު ގަސް ކެނޑުން "އޯކޭ" ވީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އޭރު ސަރުކާރަށް ފާޑުކިޔައި، ތިމާވެށީގެ ދިފާއުގައި ނުކުތް މީހުން މިހާރު ކޮބައިތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކެވި ގިނަ ވާހަކަފުޅުތަކެއް ހަނދުމަފުޅު ނެތުނުގޮތަށް މިވާހަކަތައް ވެސް ހަނދުމަފުޅު ނެތުނީ ކަމަށްވެދާނެއެވެ.

އިތުރަށް ކިޔާލަން

29 ޖުލައި 2017

ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން

29 ޖުލައި 2017
ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން
01 ޖުލައި 2017

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"
30 މެއި 2017

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟
08 މެއި 2017

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

08 މެއި 2017
ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!
23 އެޕްރީލު 2017

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު