Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ މޭޔަރުގެ އިންތިހާބު

މާލެ ސިޓީއަށް އާޒިމް ވެވަޑައިގެންނެވީ އުއްމީދީ ވައުދުތަކެއް، ވިދާޅުވީ ވާނެ އަދި ކުރާނެ ކަމަށް

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށްދެއްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2023 | އާދީއްތަ 17:45
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް މާލެ ސިޓިއަށް އުއްމީދީ ވައުދުތަކެއް ވެވަޑައިގެން، އެ ވައުދު ފުއްދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

"ފެހި ތަނަވަސް މާލެ" ކެމްޕޭންގެ ތެރެއިން މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި، މާލޭގެ މޭޔަރުކަމަށް ނިކުމެ ހުންނެވީ، މާތްﷲގެ އިރާދަފުޅާއެކު އިންތިޚާބު އެމްޑީޕީއަށް، މާލޭ ރައްޔިތުންނަށް، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، އަދި ހުރިހާ ލޮބުވެތި ދިވެހިންނަށް ކާމިޔާބުކޮށްދެއްވުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހިންގުމާއި ހަވާލުވުމަށްފަހު އެންމެ އިސްކަމެއްދެއްވާނީ އެތަނެއް ޓްރާންސްޕޭރެންޓް ކުރުމަށް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ހިންގަނީ ދައުލަތުގެ ބަޖެޓުން ޓެކްސް ފައިސާ ދީގެން ކަމަށެވެ. ނަމަވެސް އެތަނުގައި ހުރީ ރައްޔިތުންގެ މުދާ ކަމަށާއި، ރައްޔިތުންގެ މުދާ އަދި ފައިސާ ހޭދަކުރާގޮތް ރައްޔިތުންނަށް ސަފުކޮށް އެނގެންޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ބިމާއި ފުލެޓް ލިބުނު ފަރާތްތައް މަގުމަތިވިޔަ ނުދެއްވާނެ ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ބިން އަދި ފުލެޓް ޔަގީންކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށާއި، ފުށިދިއްގަރު ފަޅަކީ އޮތް އޮޕްޝަނެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގެ ޕާކިންއަށް ހައްލު ހޯދުމުގެ އިތުރުން ޕާކުތަކާއި ހިތްފަސޭހަކޮށްލަން ދުވަސްވީ މީހުންނާއި، ތުއްތު ކުދިން އަދި ގޭތެރޭގައި ބަންދުވެފައި ތިބި މީހުން ނުކުމެލާނެ ތަންތަން ތަރައްގީކުރަައްވާނެ ކަމަށެވެ. އަދި ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުން ގަނަތެޅެނީ ކަމަށާއި، މާލޭގެ ބިމުގެ އޮޑިޓެއް ހަދާ ބިން ބޭނުންކުރަނީ އެންމެ ރަނގަލަށްތޯ ބައްލަވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ކުނީގެ މައްސަލަ މާލޭގައި ބޮޑުކަމަށެވެ. މިކަންކަން ދިމާވަނީ ގަވާއިދުތައް ތަންފީޒު ނުކުރެވޭތީ ކަމަށާއި، ރަނގަޅު އުސޫލުތައް ވެސް ނެތްކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާ ހިދުމަތްކުރާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ހިދުމަތް ޑުޕްލިކޭޓްކޮށް ރައްޔިތުންގެ ފައިސާ އިސްރާފްވާ ކަންތައްތަކުގައި ބައިވެރިއެއް ނުވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާގެ ވިސްނުމަކީ ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ ފަދަ ތަންތަނާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށްދެއްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އެއްވެސް މީހަކާ ޒާތީއެއް ނުވާނެ ކަމަށާއި، ހުރިހާ އެންމެނާވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާއަކީ ވިސްނައިގެން ޕްލޭންކޮށްގެން ދެމެހެއްޓެނެވި ގޮތަކަށް މަސައްކަތްކުރާ މީހެއް ކަމަށެވެ. އަދި އޭނާގެ ޓްރެކް ރެކޯޑަށް ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށާއި، އެންމެންނަށް ވެސް އޭނާއަށް ކަންތައްތައް ކުރެވޭނެކަމަށް އިއްތިފާގުވާނެ ކަމަށެވެ.

މާލެ ސިޓީއަކީ ގޮންޖެހުންތައް ގިނަ، އެތައް ޒަމާނެއް ވަންދެން އަޅާނުލެވި އޮތް ސިޓީއެއް ކަމަށާއި، ކަމެއް ނުކުރަން 1 ހާސް އުޒުރު ދެއްކޭނަމަ، ކަމެއް ކުރަންވެސް 1 ހާސް ގޮތް ދެއްކޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު