Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނީޝިޔާއިން 20 ގައުމަކަށް ވިސާ ފްރީކޮށްދިނުން

އިންޑިޔާ ހިމެނޭހެން، 20 ގައުމަކަށް ވިސާ ފްރީކޮށްދިނުމަށް އިންޑޮނީޝިޔާއިން ނިންމައިފި

2020 ވަނަ އަހަރުގެ އަދަދު 4 މިލިއަނަށް ވެއްޓިފައިވާއިރު، 2021 ވަނަ އަހަރު އެގައުމަށް ޒިޔާރަތްކޮށްފައިވަނީ 1.6 މިލިއަން ފަތުރުވެރިން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 ޑިސެމްބަރު 2023 | އާދީއްތަ 14:01
އިންޑޮނީޝިޔާގެ ތާރީޚީ ބިނާއެއްގެ ކައިރީގައި ފަތުރުވެރިންތަކެއް

އިންޑޮނީޝިޔާގެ ތާރީޚީ ބިނާއެއްގެ ކައިރީގައި ފަތުރުވެރިންތަކެއް

އިންޑިޔާ ހިމެނޭހެން 20 ގައުމަކަށް ފްރީ ވިސާ ދިނުމަށް އިންޑޮނީޝިޔާއިން ނިންމައި، އެކަން އިއުލާންކޮށްފިއެވެ. މިއީ ފަތުރުވެރިކަމުގެ އާމްދަނީގެ ތެރެއިން ގައުމުގެ އިގްތިސާދު ރަގަޅުކުރުމަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅެކެވެ.

ސަރުކާރުގެ ނިންމުން ހޮނިހިރު ދުވަހު އިއުލާން ކުރައްވަމުން އެގައުމުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، މިކަމުގައި ޚިޔާރުކުރީ މިހާރު ވިސާ ފްރީކޮށްދެވިފައިވާ ގައުމުތައް ފިޔަވައި އެންމެ ގިނައިން ފަތުރުވެރިން އަންނަ 20 ގައުމު ކަމުގައެވެ. އަދި މި ނިންމުމުގެ ސަބަބުން އެ ގައުމުތަކުން ފަތުރުވެރިން އިންޑޮނީޝިޔާއަށް ދާ އަދަދު އިތުރުވެގެން ދާނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ ގިނަ ދުވަހު ތިބޭނެ، އަދި ގިނައިން ފައިސާ ޚަރަދުކުރެވޭނެ ފަތުރުވެރިންނަށް އަމާޒުކުރުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އިންޑޮނީޝިޔާއިން ވިސާ ފްރީކޮށްދިން ގައުމުތަކުގެ ތެރޭގައި؛ ޗައިނާ، އޮސްޓްރޭލިޔާ، އިންޑިޔާ، ސައުތު ކޮރިޔާ، އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތް ހިމެނެއެވެ.

ކޮވިޑް 19 އައުމުގެ އެއް އަހަރު ކުރިން، 2019 ވަނަ އަހަރު އިންޑޮނީޝިޔާއަށް 16.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4 މިލިއަނަށް ވެއްޓިފައިވާއިރު، 2021 ވަނަ އަހަރު އެގައުމަށް ޒިޔާރަތްކޮށްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަމްބަރުތައް އަރަމުންގޮސް، މިއަހަރުގެ މިހާތަނަށް 9.49 މިލިއަނަށް އަރާފައިވެއެވެ. މިއީ މިދިޔަ 2022 ވަނަ އަހަރު ޒިޔާރަތްކުރި 5.47 މިލިއަނުގެ ގާތްގަނޑަކަށް ދެގުނައެވެ.

އިންޑޮނީޝިޔާއަށް މިއަހަރުގެ މާޗް މަހާ ހަމަޔަށް އެންމެ ގިނައިން ފަތުރުވެރިން ގޮސްފައިވަނީ އޮސްޓްރޭލިޔާއިންނެވެ. އެއީ 260،000 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ގޮސްފައިވަނީ އިންޑިޔާއިންނެވެ. އެއީ 78،000 ފަތުރުވެރިންނެވެ.

ކޮވިޑް 19އާ ގުޅިގެން ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައެއް ގައުމުތަކަށް ވިސާ ފްރީކޮށްދޭކަން، ދާދި ފަހުން ވަނީ މެލޭޝިޔާއާއި ތައިލަންޑުންވެސް އިއުލާންކޮށްފައެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު