Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓް

ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގައި ދެވޭ ގޮތް ހަދައިފި

އެފަދައިން އަމަލު ކުރަން ފެށި ނަމަވެސް، އެ ސަރަހައްދުގައި އެއް ފަހަރާ އެންމެ ގިނައިން މަޑުކުރެވޭނީ 3 ކާރަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 10 ޑިސެމްބަރު 2023 | އާދީއްތަ 08:15
ޑޮމެސްޓިކް ޓާމިނަލުގެ ކައިރީގައި ކާރެއް މަޑުކޮށްލައިގެން

ޑޮމެސްޓިކް ޓާމިނަލުގެ ކައިރީގައި ކާރެއް މަޑުކޮށްލައިގެން

ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގެ އެތެރޭގެ އުދުހުމުގެ ގިމަތަ ނުވަތަ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގައި ދެވޭ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދައިފިއެވެ.

އެމްއޭސީއެލް އިން އެފަދައިން އަމަލުކުރަން ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. އެގޮތުން އެ ފަދައިން އަމަލުކުރަން ފެށުމާ ގުޅިގެން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އާދިއްތަ ދުވަހު އަލަށް އަމަލު ކުރަން ފެށުނު ކަމީ ވެލާނާ އެއާޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަސައްކަތް ފެށުމުގެ މަގްސަދުގައި ފެށި މަސައްކަތެއް ކަމަށެވެ.

އެގޮތުން ޝަރީފް ވިދާޅުވީ އެތެރޭގެ އުދުހުމުގެ ގިމަތައިގެ ކައިރިއަށް ފުރަން އަންނަ މީހުންގެ ކާރުތަކަށް މަޑުކުރެވޭ ގޮތް ހެދުމަކީ ގޮންޖެހުން ބޮޑު ކަމަކަށްވީ ނަމަވެސް، އެ މަސައްކަތް ކުރަނީ އެމްއޭސީއެލްގެ ހުރިހާ ސެކްޝަނަކާއި، އެއާޕޯޓް ސެކިއުރިޓީގެ އިތުރުން ފުލުހުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

އެއާއެކު، ޝަރީފް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ އެ ގިމަތައިގެ ބޭނުންކޮށްގެން އެއާޕޯޓަށް އަންނަ މީހުންނަށް ނުވަތަ އެރައިވަލްސް ވެސް ލުއި ފަސޭހަ ކުރުމަށް ޓެކްސީ އަދި ކާރުތައް އެތަނުން ނެގޭނެ ގޮތެއް ހެދުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރެވޭނީ އެއާޕޯޓަށް ބޭނުންވާ އިތުރު ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމުގައި ޝަރީފު ވިދާޅުވިއެވެ.

ޝަރީފް އެފަދައިން ވިދާޅުވި އިރު، މިހާރު ގެނައި ބަދަލާއެކު ވެސް، އެރައިވަލް ފަސެންޖަރުންނަށް ޓެކްސީ އަދި ލިބޭނީ ބައިނަލްއަގުވާމީ ގިމަތައިގެ ކުރިމަތިންނެވެ. އެހެން ނަމަވެސް، އެތެރޭގެ އުދުހުމުގެ ގިމަތައިން ފުރަން އަންނަ މީހުންގެ ކާރުތައް މީގެ ފަހުން މަޑުކުރާނީ އެތެރޭގެ އުދުހުމުގެ ގިމަތައިގެ ކައިރީގައެވެ.

އެފަދަ ކާރުތައް އެތެރޭގެ އުދުހުމުގެ ގިމަތައިގެ އުތުރަށް ގޮސް، އެނބުރި އައިސް މަޑުކުރާނީ އެ ގިމަތައިގެ އިރުމަތީ ފަރާތުގައެވެ. އެ ފަރާތުގައި އެއްފަހަރާ ޖުމްލަ ތިން ކާރެއް އެއްފަހަރާ މަޑު ކުރެވޭއިރު މަޑުކުރަން ވަކި ވަގުތެއް ލިބޭނެއެވެ.

އެ ސަރަހައްދުގެ ޓްރެފިކް އަދި ކާރުތަކުގެ މޫވްމެންޓް މޮނިޓާ ކުރުމަށް އެމްއޭސީއެލްގެ މުވައްޒަފުން އަދި ފުލުހުން އަބަދުވެސް ތިބޭއިރު، އެ ސަރައްހައްދަށް އާންމުން ބޭލުމަށް ފަހު ކާރަކަށް މަޑެއް ނުކުރެވޭނެއެވެ. އެހެން ކަމުން އެ ސަރަހައްދުގެ ޓްރެފިކް ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
02 ޖުލައި 2024

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި
17 މެއި 2024

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

17 މެއި 2024
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
07 އެޕްރީލު 2024

ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި

07 އެޕްރީލު 2024
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި
15 ޖެނުއަރީ 2024

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި

15 ޖެނުއަރީ 2024
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު