Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު

ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ ނިންމަންޖެހޭ މުހިންމު މަޝްރޫޢުތައް މިވަގުތަށް އެބަހުރި: ޔާސިރު

އެމަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަނުޖެހޭކަމަށް ކޮމިޓީގައި ފިނޭންސް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 01:46
 ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުލްލަތީފު

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުލްލަތީފު

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު މިވަގުތު ފެށުމަށްވުރެ މިހާރު ފަށާފައިހުރި މުހިންމު މަޝްރޫޢުތައް އެގޮތުގައި ކުރިޔަށްގެންދިޔުން މާމުހިންމު ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުލްލަތީފު ވިދާޅުވެއްޖެއެވެ.

ބަޖެޓް ދިރާސާކުރި ކޮމިޓީން އަންނަ އަހަރުގެ ބަޖެޓް ދިރާސާކޮށް ނިންމާ ބަޖެޓް ފާސްކުރިއިރު ވަނީ ފުށިދިއްގަރުފަޅު މަޝްރޫޢު އުނިކޮށްފައެވެ. އެކަމާއި ގުޅިގެން ފާޑުކިޔުންތައް ވަނީ އެމްޑީޕީއަށް އަމާޒުވެފައެވެ. އެމަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މުހިންމު ވައުދެކެވެ. އެހެންއެކަން އޮއްވާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން އެމަޝްރޫޢު އުނިކުރުމާއި ގުޅިގެން އެކަން ކުރި ސަބަބު ސާފުކޮށްދެއްވަމުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ ބަޖެޓް ދިރާސާކުރި މަރުހަލާގައި މިހާރުގެ ފިނޭންސް މިނިސްޓަރ ކޮމިޓީއަށް ހާޒިރުކުރެވުނުކަމަށެވެ.

Advertisement - newsAdvertisement

އަދި އެމަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަނުޖެހޭކަމަށް ކޮމިޓީގައި ފިނޭންސް މިނިސްޓަރ ވިދާޅުވިކަމަށް ޔާސިރު ވިދާޅުވިއެވެ. އެހެން އެކަން އޮއްވާ ފައިސާ ހަމަނުޖެހި އޮތް މަޝްރޫޢެއް ބަޖެޓްގައި ހިމަނައިގެން ކުރިޔަށްދިޔުމަށްވުރެ މިހާރުވެސް ހިންގަމުން އަންނަ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުން މުހިންމުކަމަށް ޔާސިރު ވިދާޅުވިއެވެ.

އަނެއްކޮޅުން ރަށްރަށުގައި ހިނގާ ޕީއެސްއައިޕީ ހުރިހާ މަޝްރޫޢުތައް ކުރިޔަށް ނުގެންދަވާނެކަމަށް ފިނޭންސް މިނިސްޓަރ ބަޖެޓް ކޮމިޓީގައި ވިދާޅުވެފައިވާކަމަށާއި މިސަރުކާރުން އިސްކަންދޭ މަޝްރޫޢުތައް ކަނޑައަޅުއްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން މިހާރު ހިނގަމުން އަންނަ މަޝްރޫޢުތައް އެގޮތުގައި ކުރިޔަށްގެންދިޔުމަކީ މުހިންމު ކަމެއްކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ އެމްޑީޕީން ތަރައްގީގެ މަޝްރޫޢުތަކަށް ހުރަސްނާޅާނެކަމަށެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތަކަށް އެއްބާރުލުން ދޭނެކަމަށާއި ނަމަވެސް ހިނގަމުންދާ މަޝްރޫޢުތައް ހުއްޓާލުމަށްފަހު އައު މަޝްރޫޢެއް ހިންގުމަށް ތާއީދުނުކުރެވޭކަމަށެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ހުޅުމާލެ ވަރުގެ 3 ތަން ހިއްކުންކަމަށާއި އެތަނުގައި 75،000 އާއިލާއަށް ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުން ވިސްނާފައިވާއިރު އެއީ އަނެއްކާވެސް މާލެ ސަރަހައްދަށް ބޮޑު އާބާދީއެއް ތޮއްޖެއްސުންކަމަށް ޔާސިރު ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅުކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފް2024 ވަނަ އަހަރުގެ ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

02 ނޮވެމްބަރު 2025
ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ

ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ

05 އޮކްޓޯބަރު 2025
ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު

ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު