Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ހަރަދުގައި މީހުން ހައްޖަށް ފޮނުވުން

ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ފޮނުވަނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން: މިނިސްޓަރު ޝަހީމް

ރިޒާވްކޮށްފައިވާ ހައްޖު ކޯޓާއަކީ ޚާއްސަ ހާލަތްތަކުގައި މީހުން ފޮނުވުމަށް ކަނޑައަޅާފައިވާ ކޯޓާތަކެއް

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޑިސެމްބަރު 2023 | ހޮނިހިރު 10:54
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ފޮނުވަނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި މިނިސްޓަރު ޝާހިމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް އަބަދުވެސް ހައްޖު ކޯޓާއިން ފަންސާހަކަށް ޖާގަ ރިޒާވްކޮށްފައި އޮންނަ ކަމަށާއި، ބައެއް ފަހަރު މިއަދަދު އިތުރުވާ ކަމަށެވެ. އަދި ވިދާޅުވީ ރިޒާވްކޮށްފައިވާ ހައްޖު ކޯޓާއަކީ ޚާއްސަ ހާލަތްތަކުގައި މީހުން ފޮނުވުމަށް ކަނޑައަޅާފައިވާ ކޯޓާތަކެއްކަމަށެވެ.

Advertisement - newsAdvertisement

ތަރައްގީއާއި ކުރިއެރުން އެއީ ހަމައެކަނި އުމްރާނީ ގޮތުން އަންނަ ކުރިއެރުންނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ އިންސާނާއަށް ފިކުރީ، ރޫހާނީ، މާތްތަރަބަވީ ގޮތުން އިންސާނާއަށް ލިބޭ ކުރިއެރުމަކީ ވެސް ބަލައިގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ރަނގަޅު ވިސްނުން މީހެއްގެ ކިބައިގައި ބިނާކުރުމާއި އޭނާއަކީ ތާހިރު ރަނގަޅު މީހަކަށް ހެދުމާއި، ވަށައިގެންވާ އެމީހާގެ ދިރިއުޅުން އުމްރާނީ ގޮތުން ކުރިއެރުވުމަކީ ދައުލަތަކުން ކޮށްދޭނެ އެންމެ ހިތްގައިމު މަސައްކަތް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ވެސް ދަތިކޮށް އުޅޭ ރައްޔިތުން އުޅޭ ކަމަށާއި، ހައްޖަށް ދާން ބޭނުންވާ މީހުން އުޅޭ ކަމަށެވެ.

ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ދެވޭނެގޮތް ހަމަޖެއްސެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ މި މަސައްކަތް ދާއިމަށް ރާއްޖޭގައި ކަނޑައެޅިގެން ދިއުމަކީ ކުރާ އުންމީދެއް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ހައްޖު ކޯޕޮރޭޝަން ތަރައްގީކުރެވި، އެހެންކަންތައްތަކަށް އިންވެސްޓްމަންޓްތައް ގާއިމްކޮށް، ފައިސާ އިތުރުކޮށް، ފަރުޟު ހައްޖު ކުރަން ދާން ބޭނުންވާ ފަގީރު މީހާއަށް ވެސް އެކަން ކުރެވޭނެ މަގު ރާއްޖޭގައި ގާއިމްކުުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންހައްޖުއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު