Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައޫދީ ޕްރޯ ލީގު

އަލްފައިޙާ ބަލިކޮށް، އައްތަޢާވުން ތިންވަނައަށް

9 ޑިސެމްބަރު 2023 | ހޮނިހިރު 03:55

އައްތަޢާވުން ތިންވަނާގައި އޮތީ މިހާތަނަށް ކުޅުނު 16 މެޗުން 31 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޑިސެމްބަރު 2023 | ހޮނިހިރު 03:55
ސައޫދީ ލީހުގައި އައްތަޢާވުން ކުޅުނު މެޗުގެ ތެރެއިން

ސައޫދީ ލީހުގައި އައްތަޢާވުން ކުޅުނު މެޗުގެ ތެރެއިން

ސައޫދީ ޕްރޯ ލީގުގައި އަލްފައިޙާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އައްތަޢާވުން ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

އަލްފައިޙާއާ ދެކޮޅަށް ކުޅުނު މެޗުން އައްތަޢާވުންއިން ކާމިޔާބުކުރީ 4-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީވެސް އަލްފައިޙާއިންނެވެ. ނަމަވެސް، އައްތަޢާވުންއިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފައެވެ.

މެޗު ފަށައިގެން ހަވަނަ މިނެޓުގައި އަލްފައިޙާއަށް ލީޑު ނަގައިިދިނީ ފެޝިއޮން ސަކަލާއެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނެޓުގައި އައްތަޢާވުންއަށް ނަތީޖާ ހަމަހަމަކޮށްދިނީ މަތެއުސް ކަސްޓްރޯއެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އައްތަޢާވުންއަށް ލީޑު ނަގައިދިނީ އަޝްރަފް އަލްމަހްދީއެވެ. އައްތަޢާވުނުގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މުސާ ބެރޯއެވެ. އައްތަޢާވުނުގެ ފަހު ލަނޑު 84 ވަނަ މިނެޓުގައި ޖެހީ، ޢަބްދުލް ފައްތާޙު އާދަމް އަޙުމަދު މުޙައްމަދުއެވެ.

މޮޅާއެކު އައްތަޢާވުން ތިންވަނާގައި އޮތީ މިހާތަނަށް ކުޅުނު 16 މެޗުން 31 ޕޮއިންޓާއެކުއެވެ. އެ ޓީމުގެ ކުރިން ދެވަނާގައި އޮތް އައްނަސްރާ ދެމެދު އޮތީ ހަ ޕޮއިންޓުގެ ފަރަޤެކެެވެ. އައްތަޢާވުނުގެ ފަހަތުން ހަތަރުވަނާގައި އަލް އަހްލީ ސަޢޫދީއަށް 30 ޕޮއިންޓު ލިބެނީ، އެއް މެޗު މަދުން ކުޅެގެންނެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށްގެން އެ ޓީމަށް ތިންވަނައަށް ޖެހިލެވޭނެއެވެ.

ސައުދީ ޕްރޯ ލީގުއައްތަޢާވުން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
28 ޖެނުއަރީ 2025

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
07 ޑިސެމްބަރު 2024

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި
23 ނޮވެމްބަރު 2024

ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ

23 ނޮވެމްބަރު 2024
ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ
02 ނޮވެމްބަރު 2024

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

02 ނޮވެމްބަރު 2024
އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު
26 އޮކްޓޯބަރު 2024

އަލް ނަޞްރު ސަލާމަތްވީ ފަހު ވަގުތު ޓަލިސްކާ ޖެހި ލަނޑުން

26 އޮކްޓޯބަރު 2024
އަލް ނަޞްރު ސަލާމަތްވީ ފަހު ވަގުތު ޓަލިސްކާ ޖެހި ލަނޑުން
21 ސެޕްޓެމްބަރު 2024

ޕިއޯލީގެ އިރުޝާދުގެ ދަށުން އަލް ނަސްރު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

21 ސެޕްޓެމްބަރު 2024
ޕިއޯލީގެ އިރުޝާދުގެ ދަށުން އަލް ނަސްރު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ
18 މެއި 2024

ފަހު ވަގުތު އަލް ޙިލާލުން، އަލް ނަޞްރާ އެއްވަރުކޮށްފި

18 މެއި 2024
ފަހު ވަގުތު އަލް ޙިލާލުން، އަލް ނަޞްރާ އެއްވަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް