Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް

ސީއެސްސީގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާހުކޮށްފި

މައިއެކައުންޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، ވަޒީފާގެ މަރުހަލާގެ މައުލޫމާތު ވަގުތުން ވަގުތަށް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2023 | ހުކުރު 04:16
ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް، އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އިފްތިތާހް ކޮށްދެއްވަނީ

ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް، އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އިފްތިތާހް ކޮށްދެއްވަނީ

ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމަށް މިހާރު ބޭނުންކުރަމުންދާ "ސީއެސްވިއުގަ" މެދުވެރިކޮށް ވަޒީފާ ހަމަޖެއްސުމުގެ ހުރިހާ މަރުހަލާތަކެއް އޮންލައިންކޮށް ކުރިއަށްގެންދެވޭނެގޮތް ހެދުމަށް ފަރުމާކުރެވުނު "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" އިފްތިތާހުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މޮޑިއުލް އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް އެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުހަލާތަކުގެ ތެރެއިން، މަގާމަކަށް އިއުލާނުކުރުމުން ފެށިގެން، މަގާމަށް އެންމެ ގާބިލް މީހަކު ހޮވައި އައްޔަންކުރުމުގެ މަސައްކަތް މިއަދާ ހަމަޔަށްވެސް ކުރަމުންގެންގޮސްފައިވަނީ މެނުއަލްކޮށް، ހާޑްކޮޕީ ބޭނުންކޮށްގެން ކަމަށެވެ. މިކަމުގެ ސަބަބުން ވަޒީފާއަކަށް އިއުލާންކުރުމާ ހަމައިން ފެށިގެން ވަޒީފާތަކަށް މީހަކު އައްޔަނުކުރުމާ ހަމައަށް އިދާރާތަކުން ބައެއް ފަހަރު އެކިއެކި ލިޔުންތަކުގައި ޖެހޭ ކުށްތަކުގެ ސަބަބުން އިއުލާންތައް ބާތިލްކުރަންޖެހޭ ހާލަތާ ވެސް ގިނަ ފަހަރަށް ކުރިމަތިވާ ކަމަށެވެ. އޭގެ ސަބަބުން މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ބުރަބޮޑުވެ، ގިނަ ވަގުތުތަކެއް މި މަސައްކަތުގައި ހޭދަކުރަންޖެހޭ ކަމަށް ސީއެސްސީން ބުނެއެވެ. އަދި، ވަޒީފާތަކަށް ކުރިމަތިލާ އާންމު ރައްޔިތުން ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ.

ސީއެސްސީން ބުނީ އަލަށް ތައާރަފްކުރެވުނު އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލްގެ ތެރެއިން މައިއެކައުންޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، އެ ފަރާތެއްގެ ވަޒީފާގެ މަރުހަލާތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ވަގުތުން ވަގުތަށް ދުވަހުން ދުވަހަށް ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ވަޒީފާގެ މަރުހަލާ ހިނގަމުންދާ ގޮތާއި، މަރުހަލާ ގޮސްފައި އޮތް ހިސާބު ނޭނގިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިދާރާތަކަށާއި ކޮމިޝަނަށް ކުރަމުންދާ މުއާމަލާތުތައް މަދުވެ، އެ ކަމަށް އެ ފަރާތްތަކުން އުފުލަންޖެހޭ ދަތިއުދަނގޫތައް ހައްލުވާނެ ކަމަށް ސީއެސްސީން ބުނެއެވެ.

ސީއެސްސީން ބުނީ މި މޮޑިއުލްއާއެކު، އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުހަލާތަކުގައި އާންމު ގޮތެއްގައި ހެދޭ ކުށްތައް ވެސް މަދުވާނެ ކަމަށެވެ. އެގޮތުން، އިއުލާނު މެނުއަލްކޮށް ތައްޔާރުކުރުމުގައި މިހާރު އިދާރާތަކުން ހެދޭ ކުށްތައް ހެދުމުގެ ފުރުސަތު ކުޑަވެ، ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ދެނެގަތުމަށް ތައްޔާރުކުރެވޭ އޭ2 ޝީޓްގެ ކަލްކިއުލޭޝަން ހެދުމުގައި އިދާރާތަކުން ހެދޭ ކުށްތަކުގެ ފުރުސަތު ކުޑަވާނެ ކަމަށް ސީއެސްސީން ބުނެއެވެ. މިކަމުގެ ސަބަބުން ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމުގެ ޔަގީންކަން އިތުރުވެ، އިއުލާނުތައް ބާތިލްކުރަންޖެހޭ މިންވަރު މަދުވާނެ ކަމަށް ސީއެސްސީން ބުނެއެވެ. އަދި ހަމައެއާއެކު، ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ތައުލީމީ ސަނަދާއި ތަޖުރިބާގެ ލިޔުންތައް ސިސްޓަމަށް އެޅުމަށް ފަހު، އޭގެ ފަހުން ކުރިމަތިލާ އެހެން ވަޒީފާތަކަށް ކުރިމަތިލުމަށް އަލުން އެ ލިޔުންތައް ސިސްޓަމަށް އަޅަންނުޖެހި، މަސައްކަތް ވަރަށް ބޮޑަށް ލުއިވެ، އެ ކަމަށް ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރެވޭނެ ކަމަށް ސީއެސްސީން ބުނެއެވެ.

ސީއެސްސީން ބުނީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގައި އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. ކުރިމަގުގައި މި މޮޑިއުލް އިތުރަށް ތަރައްގީކުރެވި ސިސްޓަމުގެ ތެރެއިން އިމްތިހާނުކުރެވޭ ގޮތާއި، އިންޓަރވިއު ޕެނެލް އެކުލަވާލުމުގެ ކަންތައްތައް އޮޓޮމެޓިކުން ހަމަޖެހޭނެގޮތާއި އަދިވެސް މި ސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.

ސިވިލް ސަވިރސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު