Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްމަޓީއަށް ކުރާ ދައުވާ

އައްމަޓީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިއްޖެ

މިއީ އައްމަޓީއަށް ފުރޭނެ ގޮތް ހެދުން އެދި ފޮނުވާފައިވާ ސިޓީއާ ގުޅިގެން ބާއްވާފައިވާ އިޖުރާއީ އަޑުއެހުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2023 | ބުދަ 06:14
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ އައްމަޓީއަށް ފުރޭނެ ގޮތް ހެދުން އެދި ފޮނުވާފައިވާ ސިޓީއާ ގުޅިގެން ބާއްވާފައިވާ އިޖުރާއީ އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި އައްމަޓީގެ ފަރާތުން ވަނީ އޭނާ ބޭސްފަރުވާއަށް ދާން ބޭނުންވާތީ އޭނާގެ ބަލި ޙާލަތަށް ރިއާޔަތްކޮށް، ފުރުން މަނާ ކުރުމުގެ އަމުރަށް މިވަގުތަށް ބާތިލު ކޮށްދިނުމަށް އެދިފައެވެ.

މިއީ ޝަރީއަތުގައި މީގެ ކުރިންވެސް ހިއްސާ ކުރެވި، އެކަމަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމުންތަކެއް ވެސް ނިންމާފައިވާ ޙާލަތެއްކަން ފާހަގަ ކުރައްވައި އޭނާގެ ވަކީލު ވިދާޅުވީ، މިއީ ކުއްލިއަކަށް ދިމާވެފައިވާ ޙާލަތެއް ނޫންކަމަށެވެ.

އައްމަޓީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާ މުއްދަތުގައި ވެސް އޭނާ ޝަރީއަތުގެ އެންގުމަކާ ޚިލާފުވެގެން ކަމެއް ހިންގާފައިނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އޭނާ ބޭނުންވަނީ އޮޕަރޭޝަން ކުރުމަށް އާއިލާ ކައިރިއަށް ދިއުމަށްކަމަށް ވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އައްމަޓީގެ އާއިލާ ވެސް ދިރިއުޅެނީ ސްރިލަންކާގައިކަމަށާއި އޮޕަރޭޝަނެއް ކުރާއިރު އާއިލާއާއެކުގައި ހުންނަން އޭނާ ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.

ދިފާއުން ވަނީ އޭނާ ފަރުވާއަށް ފުރުސަތު ދިނުމަށް ވަކި މުއްދަތަކަށް ނަމަވެސް ފުރުން މަނާ ކުރުމުގެ އަމުރު ބާތިލު ކޮށްދިނުމަށް އެދިފައެވެ.

ދައުލަތުން ވަނީ ފުރުން މަނާ ކުރުމުގެ އަމުރު ބާތިލު ކޮށްދެވެން ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެގޮތަށް އެދެނީ އޭނާ ފިލާފާނެ ކަަމަށް ބެލެވޭތީ ކަމަށެވެ. 

ދައުލަތުން ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅާފައިވާތީ، ވީހާވެސް އަވަހަށް މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނަގަން ފެށުމަށް އެދިފައެވެ.

ކޯޓުގެ ޖާގައިގެ ދަތިކަން ހުރިގޮތަށް ބަލާއިރު، ގާޒީ ވިދާޅުވީ، މި މައްސަލަ އެންމެ އަވަހަށް ވެސް ތާވަލު ކުރެވޭނީ އަންނަ ޖެނުއަރީ މަހުކަމަށެވެ.

ގާޒީ ވިދާޅުވީ، ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ނިންމަވާ ގޮތެއް އަންގަވާނެކަމަށެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު