Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

މި ސީޒަންގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކުރާނީ ސިޓީ: ގާޑިއޯލާ

ޓޮޓެންހަމް އަދި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ފެންވަރުގެ ކުޅުމެއް ކުރިއަށް އޮތް ތަނުގައި ދައްކައިފި ނަމަ، ލީގު ކާމިޔާބު ކުރެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޑިސެމްބަރު 2023 | ބުދަ 00:38
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މި ސީޒަންގެ ވެސް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކަމަށް، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ، ލީގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަގަ އެވެ. ގާޑިއޯލާ ބުނީ އެސްޓަން ވިލާއާ ދެކޮޅަށް ނިކުންނައިރު، އޭނާގެ އިޙުސާސްތައް ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ސިޓީން ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ ކަމަށެވެ. ލީގުގައި އެންމެ ފަހުން ޓޮޓެންހަމް އަދި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ފެންވަރުގެ ކުޅުމެއް ކުރިއަށް އޮތް ތަނުގައި ދައްކައިފި ނަމަ، ލީގު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިހާތަނަށް އައިއިރު، ސިޓީން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް އެއްވަރުވެފައި އޮތުމުން، އެމީހުންނަށް ލީގު ކާމިޔާބު ނުވާނެ ކަމަށް ގިނަ މީހުން ނިންމައިގެން ތިބިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް ސިޓީން މި ސީޒަންގެ ލީގު ކާމިޔާބު ކުރާ ތަން ފެންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އޭނާ ބުނީ އެކަމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި، އެއްވެސް ޓީމަކަށް އަދި ލީގު ކާމިޔާބު ކުރެވޭ ހިސާބަށް ނުދާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އެސްޓަން ވިލާ މެޗަށް ސިޓީން ތައްޔާރުވީ، އެހެން މެޗުތަކަށް ވެސް ތައްޔާރުވާ އުސޫލުން ކަމަށެވެ. އެގޮތުން، ސިޓީ އަށް ކޮންމެ މެޗަކީ ވެސް ވަރަށް ސީރިއަސް މެޗަކަށް ވާނެ ކަމަށާއި، އެ ޓީމުން ކުޅޭނީ އެންމެ ވަރުގަދަޔަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗު އެއްވަރުވެފައި އޮތް ނަމަވެސް، އެސްޓަން ވިލާ ބަލި ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ އަށް އޮވެ އެވެ.

އެސްޓަން ވިލާއާ ދެކޮޅަށް ނިކުންނައިރު، ސިޓީ އޮތީ ވެސް ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 14 މެޗުން 30 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައިއޮތް ލިވަޕޫލަށް ލިބެނީ 31 ޕޮއިންޓެވެ. އެއް ވަނައިގައި އާސެނަލް އޮތީ ސިޓީ އަށް ވުރެ ތިން ޕޮއިންޓު ކުރި ހޯދައިގެންނެވެ. އެއީ 33 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު